ގައުމީ ޔުނިވާސިޓީގެ މައި މަރުކަޒު. (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

އެމްއެންޔޫގެ ފަހި ދުވަސް ބުރާސްފަތި ދުވަހު

އެ ހަރަކާތުގެެ ތެރެއިން އެ ޔުނިވާސިޓީގެ ކޯސްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)ގެ ފެކަލްޓީތަކާއި އެ ތަން ތަނުން ހިންގާ ކޯސްތަކުގެ މައުލޫމާތު ދިނުމަށް ބާއްވާ 'ފަހި ދުވަސް' އަންނަ ބުރާސްފަތި ދުވަހު ބާއްވަން އެ ޔުނިވާސިޓީން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޔޫން މިއަދު ބުނި ގޮތުގައި، އެ ޔުނިވާސިޓީގެ މައި މަރުކަޒުގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ހަރަކާތް ކުރިއަށްދާނީ ބުރާސްފަތި ދުވަހު:

  • ހަވީރު 4 އިން 6އަށް

  • ރޭގަނޑު 8 އިން 10އަށް 

ތަފްސީލް - އެމްއެންޔޫން ބުނީ އެ ހަރަކާތުގެެ ތެރެއިން އެ ޔުނިވާސިޓީގެ ކޯސްތަކަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ކަމަށެވެ.

'ފަހި ދުވަސް' ހަރަކާތުގެ ތެރެއިން ޔުނިވާސިޓީގެ ފަންނީ ދާއިރާތަކުގެ ލެކްޗަރާ އިން އެ ބޭފުޅުންގެ ދާއިރާތަކުން މަތީ ތައުލީމު ހާސިލުކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ މައުލޫމާތާއި މަތީ ތައުލީމު ހާސިލުކުރުމަށް ވާން ޖެހޭ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވާނެ ކަމަށް އެ ޔުނިވާސިޓީން ބުންޏެވެ.

ފަހި ދުވަހުގައި މައުލޫމާތު ފޯރުކޮށްދޭނެ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ:

  • ބަހާއި އިންސާނީ އިލްމުތަކުގެ ދާއިރާ

  • ތައުލީމީ ދާއިރާ

  • އިންޖިނިއަރިން ދާއިރާ

  • ސިއްހީ ދާއިރާ

  • ފަތުރުވެރިކަމާއި މެހެމާންދާރީގެ ދާއިރާ

  • ދީނީ އިލްމުގެ ދާއިރާ

  • ސައިންސްގެ ދާއިރާ

  • ޝަރީއަތާއި ގާނޫނީ ދާއިރާ

  • ވިޔަފާރީގެ ދާއިރާ

  • ނިޔެމިކަމުގެ ދާއިރާ

  • ފައުންޑޭޝަން ކޯސްތައް

އެނގުން މުހިއްމު - ގައުމީ ޔުނިވާސިޓީގެ ކޯސްތަކުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ ސުންގަޑި މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2 ޖަހާއިރު ހަމަވާނެ އެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް

އިތުރު އާޓިކަލް

އިތުރު އާޓިކަލް