އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ

ބިޔޯންސޭ

ބިޔޯންސޭ އާއިލާ ގޮވައިގެން ރާއްޖެ އައިސް އިތާފުށީގައި

ބިޔޯންސޭ މިދިޔަ އަހަރު ވެސް ރާއްޖެ އައިސް ވޮލްޑޯފް އެސްޓޯރިއާ އިތާފުށިގައި ޗުއްޓީ ހޭދަކުރި
26 ޖެނުއަރީ 2023

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބިޔޯންސޭ، އޭނާގެ އާއިލާއާ އެކު ޗުއްޓީ ހޭދަކޮށްލަން ރާއްޖެ އަތުވެއްޖެ އެވެ.

ތަފްސީލު - ބިޔޯންސޭ ރާއްޖޭގައި މިފަހަރު ވެސް ޗުއްޓީ ހޭދަކުރަނީ މާލެ އަތޮޅު ވޮލްޑޯފް އެސްޓޯރިއާ އިތާފުށީގަ އެވެ. އޭނާ ނޮވެމްބަރު 2021 ގައި ރާއްޖެއަށް އައިސް ވެސް ހުރީ ހަމަ އެ ރިސޯޓުގަ އެވެ.

ބިޔޯންސޭގެ މި ދަތުރާ ބެހޭގޮތުން އެނގިފައިވާ ގޮތުގައި:

  • ޗުއްޓީއަށް އައީ ފިރިމީހާ ޖޭޒީ އާއި ތިން ކުދިން ގޮވައިގެން

  • އެކުގައި 14 ބޮޑީގާޑުން ވެސް އައި

ވޮލްޑޯފް އެސްޓޯރިއާ އިތާފުށި ރިސޯޓް: ބިޔޯންސޭ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަނީ މި ރިސޯޓުގައި

ގުޅުންހުރި ކަމެއް - އާއިލާއާ އެކު ބިޔޯންސޭ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލަން މި އައީ ދުބާއީއަށް ޒިޔާރަތްކުރުމަށް ފަހު އެވެ. ދުބާއީގައި އަލަށް ހުޅުވި ލަގްޒަރީ ހޮޓެލް، އެޓްލާންޓިސް ދަ ރޯޔަލް އިފްތިތާހުކުރަން އެއް ގަޑިއިރުގެ ކޮންސަޓެއް ބިޔޯންސޭ ވަނީ ދީފަ އެވެ. އެ ކޮންސެޓުން އޭނާއަށް 24 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެވެ. ބިޔޯންސޭ ދުބާއީގައި ހުރި ކޮޓަރީގެ އަގު، ރެއަކަށް 1 ލައްކަ ޑޮލަރަށް އަރަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް