މުހައްމަދު ރަޝީދު ހުތުބާ ކިޔަނީ: އޭނާ ބުނެފައިވަނީ އައްޑޫ ބަހުން ހުތުބާ ކީ އިރު ހުތުބާއަށް އުނިއިތުރެއް ގެނެސްފައިނުވާނެ ކަމަށް (ފޮޓޯ/އައްޑޫ ލައިވް)

އައްޑޫ ބަހުން ހުތުބާ ކީ މުދިމުގެ ސަސްޕެންޝަން އުވާލައިފި

އިސްލާމިކް މިނިސްޓްރީން ނިންމީ ނަސޭހަތް ދިނުމަށާއި އެފަދަ ކަމެއް ތަކުރާރު ނުކުރަން އަންގަން
2 ޑިސެމްބަރު 2022

އައްޑޫ ބަހުރުވައިން ހުތުބާ ކިޔުމާ ގުޅިގެން ސަސްޕެންޝަނުގައި ހުރި ސ. މީދޫ މުދިމު، މުހައްމަދު ރަޝީދުގެ ސަސްޕެންޝަން އިސްލާމިކް މިނިސްޓްރީން އުވާލައިފި އެވެ.

މައްސަލައިގެ ފެށުން - ހުތުބާ މައްސަލައިގައި އިސްލާމިކް މިނިސްޓްރީން މިދިޔަ ސެޕްޓެމްބަރު މަހު މުހައްމަދު ރަޝީދު ސަސްޕެންޑުކުރީ:

  • މީދޫ މަސްޖިދުލް މަޖްދުއްދީނުގައި ސެޕްޓެމްބަރު މަހު އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔާފައި ވަނިކޮށް 

  • ރައީސް އޮފީހުން ބުނެފައިވަނީ އޭނާ ސަސްޕެންޑު ކުރީ ހުތުބާއަށް އުނިއިތުރު ގެނައުމުގެ މައްސަލައެއްގައި ކަމަށް

  • އައްޑޫ ބަހުން ހުތުބާ ކީ ނަމަވެސް ހުތުބާއަށް އުނިއިތުރެއް ގެނެސްފައިނުވާނެ ކަމަށް މުހައްމަދު ރަޝީދު ވަނީ ބުނެފައި

  • ހުކުރު ނަމާދާއި އީދު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ހުއްދަ ދިނުމުގެ އުސޫލާ ރަޝީދު ހިލާފުވީ ކަމަށް ބުނެ އިމާމުވެ ނަމާދުކުރުން ވަގުތީގޮތުން މަނާކުރި

ތަފްސީލް - މި މައްސަލައިގައި އިސްލާމިކް މިނިސްޓްްރީން ނިންމީ މުހައްމަދު ރަޝީދަށް ނަސޭހަތް ދިނުމަށެވެ. އަދި އެފަދަ ކަމެއް ތަކުރާރުކޮށްފި ނަމަ ހުއްދަތައް ބާތިލުކުރާނެ ކަމަށް، ސަސްޕެންޝަން އުވާލިކަން އަންގައި މިނިސްޓްރީން އޭނާއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިިވެ އެވެ.

އެނގުން މުހިއްމު - ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުުން ސަސްޕެންޝަން އުވާލުމާ އެކީ ރަޝީދު މިއަދު ވަނީ މަސްޖިދުލް މަޖްދުއްދީނުގައި އިމާމުވެ ހުކުރު ނަމާދުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް