Majlis 2024

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މި މަހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ގުޅިފައިވާ ބަޔާނެއް ދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

އިންޑިއާ

ކޯލިޝަން ޕާޓްނަރު އިދިކޮޅާ ގުޅުމުން މޯދީގެ ޕާޓީއަށް ބިހާރު ގެއްލިއްޖެ

އިންޑިއާގައި ތިން ވަނައަށް އެންމެ އާބާދީ ބޮޑު ބިހާރު ކޮންޓްރޯލް ކުރާ ސަރަހައްދީ ޕާޓީ އިދިކޮޅާ ގުޅުމުން ބޮޑުވަޒީރު ނަރަންދުރަ މޯދީގެ ބަހާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)އަށް އެ ސްޓޭޓުގެ ކޮންޓްރޯލް ގެއްލިއްޖެ އެވެ.

ބިހާރަކީ ރައްޔިތުންގެ މަޖިލީހުގައި ހަތަރު ވަނައަށް އެންމެ މެންބަރުން ގިނަ ސްޓޭޓެވެ. ނަމަވެސް، އެ ސްޓޭޓުގެ ސަރަހައްދީ ޖަނަތަ ދާލް (ޔުނައިޓެޑް) އިދިކޮޅާ ގުޅުމަކުން މުޅި ގައުމުގެ ކޮންޓްރޯލް އޮންނަ ބީޖޭޕީއަށް ގައުމީ ފެންވަރެއްގައި މާ ބޮޑު އަސަރެއް ނުކުރާނެ އެވެ.

ބިހާރު ކޯލިޝަން ރޫޅިފައި މި ވަނީ 2024ގެ އާންމު އިންތިހާބު ކުރިމަތީގައި އޮއްވަ އެވެ. ނަމަވެސް އިދިކޮޅު ފަރާތްތަކުން އެއްގަލަކަށް އަރައި މޯދީއާ ދެކޮޅު ކޯލިޝަނެއް ނުފެއްދޭ ނަމަ، ވިދިވިދިގެން ތިން ވަނަ ފަހަރަށް ބިހާރު ސްޓޭޓް ކާމިޔާބު ކުރުމުގެ ފުރުސަތު ބޮޑީ މޯދީއަށެވެ.

ބިހާރުގެ ޗީފް މިނިސްޓަރަކީ ނިޓިޝް ކުމާރެވެ. އޭނާއަކީ ސަރަހައްދީ ޖަނަތަ ދާލް (ޔުނައިޓެޑް) ޕާޓީއަށް ނިސްބަތްވާ ބޭފުޅެކެވެ. އޭނާ އިއްޔެ ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ ބީޖޭޕީ ކޯލިޝަނުން އެ ޕާޓީ ވަކިވީ އޭނާގެ ގާތް އެކުވެރިން އެކަމަށް އެދުމުން ކަމަށެވެ. އަދި އޭނާ ތުހުމަތު ކުރެއްވީ ބީޖޭޕީން އެ ޕާޓީގެ ބާރުތައް ކަނޑުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ.

ނަމަވެސް ބީޖޭޕީން އެ ވާހަކަ ދޮގު ކުރެ އެވެ.

ކުމާރު ވިދާޅުވީ އޭނާގެ އާ ބައިވެރިއަކީ ސަރަހައްދީ ރަޝްތިރިޔާ ޖަނަތާ ދާލް ކަމަށެވެ. އަދި އެ ޕާޓީއާ އެކު ފުރިހަމަ އަގުލަބިއްޔަތު އެބަ އޮތް ކަމަށާއި ވަރަށް އަވަހަށް ބިހާރުގެ ސަރުކާރު އެކުލަވާލައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބީޖޭޕީން ބުނީ ކުމާރު އެ ޕާޓީއަށް ގައްދާރު ވެފައިވާ ކަމަށާއި އަދި ބިހާރުގެ ރައްޔިތުންނަށް ވެސް ހަރާންކޯރުވެފައިވާ ކަމަށެވެ. އަދި 2020ގައި އޮތް ސްޓޭޓް އިންތިހާބު ކާމިޔާބު ކުރީ ދެ ޕާޓީ ގުޅިގެންކަން ބީޖޭޕީން ފާހަގަކުރި އެވެ.

މިދިޔަ 2019ގައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބިހާރު ތަމްސީލު ކުރާ، 40 ގޮނޑީގެ ތެރެއިން 39 ގޮނޑި ވަނީ އެ ކޯލިޝަނުން ކާމިޔާބުކޮށްފަ އެވެ. އެއާ އެކު މޯދީއަށް ވަނީ މަޖިލީހުގައި ބޮޑު އަގުލަބިއްޔަތެއް ލިބިފަ އެވެ.

ބީޖޭޕީން ބުނީ 2024ގައި އޮންނަ އިންތިހާބުގައި އެ ޕާޓީން ބިހާރުގެ ތިން ބައިކުޅަ ދެ ބައި ހޯދާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް