Majlis 2024

ޔޫއޭއީގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އަލް ނަހްޔާން

ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަނީ

ހަލީފާއަކީ ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފައި

ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ރައީސް ޝެއިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާން އަވަހާރަވުމުން އެކަމުގެ ހިތާމައިގައި ތިން ދުވަސް ވަންދެން ދިވެހި ދިދަ ބައި ދަނޑިއަށް ތިރިކުރަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - އުމުރުފުޅުން 73 އަހަރުގައި ހަލީފާ މިއަދު އަވަހާރަވީ އަހަރުތަކެއް ވަންދެން އާލާސްކަންފުޅާ އުޅުއްވުމަށް ފަހު އެވެ. 

ތަފްސީލް - ރައީސް އޮފީހުން ބުނީ ޔޫއޭއީގެ ރައީސް އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރުމަށް ނިންމާފައިވަނީ މާދަމާއިން ފެށިގެން ހޯމަ ދުވަހުގެ ނިޔަލަށް ކަމަށެވެ.

ހަލީފާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަމުން ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއީ ދުރުވިސްނޭ ލީޑަރެއް ކަމަށާއި އަދި ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށެވެ.

ރައީސް ސޯލިހުގެ ޓްވީޓް

ޝެއިހް ހަލީފާ ބިން ޒައިދު އާލް ނަހްޔާން

  • ވެރިކަމަށް ވަޑައިގެންނެވީ 2004 ވަނަ އަހަރު

  • ވެރިކަމުގައި ޔޫއޭއީއަށް އިންގިލާބީ ބަދަލުތަކެއް ގެންނެވި

  • 2014 ވަނަ އަހަރު ސްޓްރޯކެއް ޖެހުމަށް ފަހު ރައީސް ކަމުގައި ހުންނެވީ ރަމްޒީ ސިފައެއްގައި

  • ހަލީފާގެ މަސްއޫލިއްޔަތުތައް އަދާކުރައްވަނީ ކޮއްކޯފުޅު އަދި ކްރައުން ޕްރިންސް މުހައްމަދު ބިން ޒައިދު އާލް ނަހްޔާން

އިތުރު އާޓިކަލް

އިތުރު އާޓިކަލް