Majlis 2024

(ފޮޓޯ/ރޮއިޓާސް)

ޗައިނާގެ ޖަންޖައުގައި ހުންނަ އައިފޯން ފެކްޓަރީގައި ބޮޑެތި މުޒާހަރާތަކެއް

މުޒާހަރާތައް ފެށީ ފޮކްސްކޮން އިން ވައުދުވި ގޮތަށް ބޯނަސްތައް ނުދިނުމުން ކަމަށް ބައެއް މުވައްޒަފުން ވަނީ ބުނެފައި
23 ނޮވެމްބަރު 2022

ޗައިނާގެ ޖަންގްޖައުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު އައިފޯން އުފައްދާ ކާރުހާނާގައި ބޮޑެތި މުޒާހަރާތަކެއް ކުރިއަށްދަމުން އަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް އިންޓަނެޓުގައި ދައުރުވާން ފަށައިފި އެވެ. 

މި ވީޑިއޯތަކުގައި އެ ކާރުހާނާގައި މަސައްކަތް ކުރާ އެތައް ސަތޭކަ މަސައްކަތްތެރިންތަކެއް މުޒާހަރާ ކުރަމުން އަންނަ މަންޒަރާއި ސަލާމަތީ ޔުނިފޯމުގައި ތިބޭ ބަޔަކާއި ރަޔަޓް ފުލުހުން މުޒާހަރާ ކުރާ މަސައްކަތްތެރިންނާ ކުރިމަތިލަމުން އަންނަ މަންޒަރު ފެނިގެންދެ އެވެ. 

މި ކާރުހާނާގައި ހިނގަމުން އަންނަ މުޒާހަރާގެ ވީޑިއޯތައް އިންޓަނެޓަށް ލަމުން އަންނަ ފަރާތްތަކުން ވަނީ ފުލުހުން މަސައްކަތްތެރިންނަށް އަނިޔާކޮށްފައިވާ ކަމަށް ތުހުމަތު ކޮށްފަ އެވެ. 

ކޮވިޑު ފެތުރުން އިތުރުވުމާ ގުޅިގެން މި ކާރުހާނާ ހިންގާ ކުންްފުނިން ވަނީ މި ކާރުހާނާ މިދިޔަ މަހު ލޮކްޑައުން ކޮށްފަ އެވެ. އަދި މިފިޔަވަޅާ ގުޅިގެން ބަޔެއް މަސައްކަތްތެރިން ވަނީ ގަވާއިދާ ހިލާފަށް ކާރުހާނާއިން ގެޔަށް ގޮސްފަ އެވެ. އަދި އެފަހުން މި ކާރުހާނާ ހިންގާ ކުންފުނިން ވަނީ ބޯނަސް ދޭނެކަމަށް ބުނެ އާ މަސައްކަތްތެރީން ހޯދާ މި ކާރުހާނާގައި ވަޒީފާއަށް ނެރެފަ އެވެ. 

މިހާރު އިންޓަނެޓުގައި ދައުރުވަމުންދާ ވީޑިއޯތަކުގައި މުޒާހަރާ ކުރާ މަސައްކަތްތެރީން "އަހަރުންގެ ހައްގުތައް ދިފާއު ކުރޭ. އަހަރުމެންގެ ހައްގުތައް ދިފާއު ކުރޭ،" ގޮވަމުން ދާ މަންޒަރު ފެނިގެންދެ އެވެ. އަދި އަނެއް ބަޔަކު ސަވެއިލެންސް ކެމެރާތައް ހަލާކުކޮށްލައި ކުޑަދޮރުތަކުގައި ދަނޑިބުރިތަކުން ތަޅާ މަންޒަރު ފެނިގެންދެ އެވެ. އަދި މި ކާރުހާނާގައި މަސައްކަތްތެރީންނަށް ދޭ ކެއުންތަކާ މެދު ޝަކުވާކޮށް، މެނޭޖްމަންޓުން ދޭނެކަމަށް ބުނި ބޯނަސްތައް ވެސް ދީފައި ނުވާކަމަށް މުޒާހަރާކުރާ މަސައްކަތްތެރީޏް ޝަކުވާ ކުރާ މަންޒަރު ފެނިގެންދެ އެވެ. 

"ވައުދުވި ބޯނަސްތައް ނުދިނުމަށް އެމީހުން ވަނީ ކޮންޓްރެކްޓުތައް ބަދަލުކޮށްފައި. ކަރަންޓީނު ކުރޭ އެކަމު ކާކަށް ނުދޭ،" ލައިވްކޮށް ވީޑިއޯ ހިއްސާ ކުރަމުން ދިޔަ ފޮކްސްކޮންގެ މުވައްޒަފަކު ކިޔާދިނެވެ. 

"އަހަރުމެންގެ މި އެދުންތަކަށް އަޅާނުލާ ނަމަ، އަހަރުމެން މުޒާހަރާ ކުރިއަށް ގެންދާނަން."

އަދި މީގެ އިތުރުން ފުލުހުން އެކަކު ގައިގައި "ވަރަށް ގިނައިން ތަޅާހަދާފައިވޭ، އޭނާ މަރުވެދާނެ" ކަމަށް ވެސް މި މީހާ ވަނީ ކިޔާދީފަ އެވެ. 

ޖަންގްޖައުގައި ހުންނަ ފޮކްސްކޮން އިން ހިންގަމުން އަންނަ މި އައިފޯނު ކާރުހާނާއާ މިފަހުން ގުޅުނު މަސައްކަތްތެރި އަކު ބީބީސީ ނޫހަށް މައުލޫމާތު ދިން ގޮތުގައި އެމީހުން މުޒާހަރާ ކުރަމުން މިދަނީ ފޮކްސްކޮން އިން "ވައުދުވި ކޮންޓްރެކްޓު ބަދަލުކުރުމުން" ނެވެ. އަދި އަލަށް މަސައްކަތާ ގުޅުނު މުވައްޒަފުންނާއި ކުރިން ކާރުހާނާގައި ތިބި މުވައްޒަފުން އެއްތަނަކު މަސައްކަތް ކުރަން ޖެހުމުން ކޮވިޑު ޖެހިދާނެތީ ވެސް ބަޔެއް އާ މުވައްޒަފުން ތިބީ ކަންބޮޑުވެފައި ކަމަށް އޭނާ ކިޔާދިނެވެ. 

އަދި މުޒާހަރާ ކުރާ ސަރަހައްދަށް މިއަދު ދިޔުމުން "ބޮލުން ލޭ އަންނަމުންދާ މީހަކު ބިންމަތީގައި އޮއްވައި" ފެނިފައިވާ ކަމަށް ބީބީސީއާ މައުލޫމާތު ހިއްސާކުރި އެހެން މުވައްޒަފަކު ވަނީ ކިޔާދީފަ އެވެ. 

ފޮކްސްކޮންގެ ކާރުހާނާގައި ހިނގަމުން އަންނަ މުޒާހަރާތަކާ ގުޅޭ (ވީޑިއޯ/ ބްލޫމްބާގް)

މި ކާރުހާނާގައި މިހާރު ހިނގަމުން އަންނަ މުޒާހަރާތަކާ ބެހޭ ގޮތުން ފޮކްސްކޮން އިން އަދި ވަކި އެއްޗެއް ބުނެފައެއްނުވެ އެވެ. ފޮކްސްކޮން އަކީ ޖަންގްޖައުގައި ހުންނަ ކާރުހާނާގައި ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް އައިފޯނު ތައްޔާރު ކުރަމުން އަންނަ ކުންފުންޏެވެ. 

ޖަންގްޖައުގައި ހުންނަ ކާރުހާނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ހެދި އައިފޯނު 14ގެ ޝިޕްމަންޓުތައް މިއަަހަރުގެ ފަހު ކުއާޓަރުގައި ދަށްވާނެކަމަށް އެޕަލް އިން ވަނީ މިމަހު ކުރީކޮޅު ބުނެފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް