ފަންނުވެރިން

ގެލެރީ 350 ހުޅުވުން

13 ނޮވެމްބަރު 2022

ރާއްޖޭގެ ފުންނާބުއުސް ފައިން އާޓިސްޓުންގެ ގްރޫޕަކުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަނީ 'ގެލެރީ 350'ގެ ނަމުގައި މާލޭގައި ގެލެރީއެއް ހުޅުވައިފަ އެވެ. އާޓިސްޓުންގެ ޖަމްއިއްޔާއެއް ކަމަށްވާ ފައިން އާޓް މޯލްޑިވްސްގައި ހަރަކާތްތެރިވާ އާޓިސްޓުން އުފެއްދި މި ގެލެރީގެ ފުރަތަމަ މައުރަޒު ވެސް އާއްމުންނަށް މިހާރު ވަނީ ހުޅުވާލައިފަ އެވެ. ހުނަރުވެރި 12 ދިވެހި އާޓިސްޓުންގެ މަސައްކަތްތައް ދައްކާލާ 'ތިންކް ވީ މަސްޓް' މައުރަޒު ތިން މަސް ދުވަހަށް ކުރިއަށް ގެންދާނެ އެވެ. 

"ގެލެރީ 350 އުފެދުނީ ހާއްސަކޮށް ފައިން އާޓިސްޓުންގެ ޑިމާންޑަށް ފައިން އާޓް އެގްޒިބިޓު ކުރަންވެގެން. އަދި ރާއްޖޭގައި ވެސް، މާލޭގައި ވެސް އޮންގޮއިން އާޓް އެގްޒިބިޝަނެއް ނޯވޭ. މިކަހަލަ އޮންގޮއިން އާޓް އެގްޒިބިޝަނަކުން އާޓިސްޓުން ވެސް އިންސްޕަޔާވެ، ރިފްރެޝްވެ އަދި ސެލްފް ޑިވެލޮޕް ވެސް ވޭ،" ފައިން އާޓް މޯލްޑިވްސްގެ މެމްބަރު އަދި ރާއްޖޭގެ ފުންނާބުއުސް އާޓިސްޓް އަހްމަދު ޝުޖާއު ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް