Majlis 2024

(ފޮޓޯ/ އީޕީއޭ)

ރަޝިޔާ

މެކްޑޮނަލްޑްސްގެ ބަދަލުގައި ރަޝިޔާގައި ހުޅުވި ރެސްޓޯރަންޓުތަކުން ފްރައިސް ހުސްވެއްޖެ

ބޭނުންވާ ވައްތަރުގެ އަލުވި ހޯދުމަށް އެތެރެ އާއި ބޭރުން ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކުުންފުނިން ވަނީ ބުނެފައި

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން މަޝްހޫރު މެކްޑޮނަލްޑްސް ކުންފުނިން ރަޝިޔާގައި ހުރި އެތަނުގެ 847 ރެސްޓޯރަންޓެއް ބަންދުކޮށް ރަޝިޔާގެ ވިޔަފާރިވެރިއަކަށް ވިއްކާލީ މިދިއަ މޭމަހު އެވެ.

މި ވިޔަފާރި ބައްލަވައިގަތް އެލެގްޒޭންޑާ ގޯވޯރް ވަނީ ރަޝިޔާ ބަހުން 'ޓޭސްޓީ އެންޑް ދެޓްސް އިޓް' ގެ ނަމަށް ވިޔަފާރި ރީ-ބްރޭންޑުކޮށް، މީގެ ތެރެއިން ބައެއް ރެސްޓޯރަންޓުތައް މިދިޔަ މަހު ހުޅުވަން ފަށައިފަ އެވެ. 

ނަމަވެސް ބޭނުންވާ ވައްތަރުގެ އަލުވި ލިބުމުގައި ދަތިތަކެއް ހުރުމުން މި ރެސްޓޯރަންޓުތަކުން ކަސްޓަމަރުންނަށް ފްރެންޗް ފްރައިސް ދިނުން ވަގުތީ ގޮތުން މިހާރު ވަނީ ހުއްޓާލައިފަ އެވެ.

މިހެން މިކަން ދިމާވީ ބޭނުންވާ ވައްތަރުގެ އަލުވީގެ ދަނޑުވެރިކަން މިދިޔަ އަހަރު ދަށްވުމުގެ ސަބަބުން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި އެތެރޭގެ ސަޕްލަޔަރުން އަތުން އަލުވި ނުލިބުމުން ގައުމުން ބޭރުން އެކަން ހައްލުކުރަން މަސައްކަތް ކުރި ކަމަށާއި، ނަމަވެސް ބޭނުންވާ ވައްތަރުގެ އަލުވި ލިބެން ހުރި މާކެޓުތަކުން ރަޝިޔާއަށް އެއްޗެހި އެތެރެކުރެވެން ނެތް ކަމަށް ވެސް އެކުންފުނިން އެންމެ ފަހުން މިވަނީ ބުނެފަ އެވެ.

ކުންފުނިން މިހާރު އުއްމީދުކުރަނީ ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އެކަމަށް ހައްލެއް ގެނެވޭނެ ކަމަށެވެ.

މެކްޑޮނަލްޑްސްގެ ބަދަލުގައި ރަޝިޔާގައި އަލަށް ހުޅުވި ރެސްޓޯރަންޓުތަކާ ގުޅޭ. (ވީޑިއޯ/ އިންސައިޑް އެޑިޝަން)

އަލުވީގެ ތަދުކަމެއް އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ރައްދު ދެމުން ރަޝިޔާގެ އެގްރިކަލްޗާ މިނިސްޓްރީގެ ރަސްމީ ޓެލެގްރާމް ޗެނަލުގައި ބުރާސްފަތި ދުވަހު ލިޔުމެއް ނެރުނެވެ.

"އަލުވި އެބަހުރި - އެ ނިމުނީ އެ ވާހަކަ. ރަޝިޔާގެ މާކެޓަށް ބޭނުންވާ ވަރަށް އަލުވި ވަނީ ސަޕްލައި ކުރެވިފައި. މީގެ ތެރޭގައި ޕްރޮސެސް ކުރެވިފައިވާ އަލުވި ވެސް ހިމެނޭ. އަދި މި އަހަރު ހެއްދުނު ސްޓޮކު ވެސް މިހާރު އެދަނީ އަންނަމުން. އެހެންކަމުން ތަދުކަމެއް ކުރިމަވިވާނެކަމަކަށް ނުބެލެވޭ،" އެ ބަޔާނުގައި ބުންޏެވެ.

ހުޅަނގުން ރަޝިޔާގެ މައްޗަށް ބިންދާލާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ސަޕްލައިތަކަށް ބުރޫއަރާ ވަޒީފާ ގެއްލެމުންދާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށައިފަ އެވެ. މި އަހަރު ރަޝިޔާގެ އިގްތިސާދު %10 ފަހަތަށް ދާނެކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

ކޮމެންޓް (1)

ހުސްވީ

9 ޖުލައި 2022
މިގެންނަނީ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް