Majlis 2024

މިދިޔަ އަހަރު ބޭއްވި އެމްއެންޔޫގެ 'ފަހި ސުފުރާ' މައުރަޒުގެ ސްޓޯލްއެއް. (ފޮޓޯ/އެމްއެންޔޫ)

އެމްއެންޔޫގެ 'ފަހި ސުފުރާ' ކާބޯތަކެތީގެ މައުރަޒުގައި ބައިވެރިވާން ހުޅުވާލައިފި

މައުރަޒުގައި ބައިވެރިވާން އެއްވެސް ފީއެއް ނުނަގާނެ

ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ ކާބޯތަކެތީގެ މައުރަޒު، 'ފަހި ސުފުރާ'ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ތަފްސީލް - މިއީ ކާބޯތަކެތި އުފައްދައި ވިއްކާ މީހުންނަށް އެ މީހުން އުފައްދާ ތަކެތި ވިއްކުމަށް ލިބޭ ފުރުސަތެކެވެ. އެގޮތުން:

  • މައުރަޒުގެ މައިގަނޑު މަގުސަދަކީ ދިވެހިންގެ ތެރޭގައި ތިބި ކާބޯތަކެތި އުފައްދާ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނެ ފުރުސަތު ތަނަވަސްކޮށްދިނުން

  • އާންމުންނާއި ހިސާބަށް ބޮޑަށް ފޯރުކޮށް ނުދެވި ހުރި ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާހައުލެއް ތަނަވަސްކޮށްދިނުން

މި އަހަރުގެ މައުރަޒު އޮންނާނީ:

  • މާޗު 1 އަދި 2ގައި

  • އެ ދެ ދުވަހުގެ ހެނދުނު 10 އިން ރޭގަނޑު 10އަށް އެމްއެންޔޫގެ އިދާރީ މަރުކަޒުގައި

ބުނީ ކީކޭ؟ - އެމްއެންޔޫން ބުނީ މި މައުރަޒުގައި  ބައިވެރިވާން އެއްވެސް ފީއެއް ނުނަގާނެ ކަމަށެވެ.

ބައިވެރިވުމަށް އެދޭ ފަރާތްތަކުން އަންނަ މަހުގެ 18ގެ ކުރިން އެ ކަމަށް ހާއްސަ ފޯމު ފުރިހަމަ ކުރަން ޖެހޭނެ ކަމަށާއި ސްޓޯލުތައް ހަމަޖެހޭނީ ފޯމު ފުރާ ތަރުތީބުން ކަމަށް ވެސް އެމްއެންޔޫން ބުންޏެވެ.

ގައުމީ ޔުނިވާސިޓީ

ޕްރޮފައިލް ޕޭޖް
admin@mnu.edu.mv
3345101

އިތުރު އާޓިކަލް

އިތުރު އާޓިކަލް