މޫސުން ގޯސްވެ ކަނޑުގަދަ ދުވަހެއްގައި މާލެއަށް ރާޅު އަޅަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދަ އަރާނެ ކަމަށް ލަފާކޮށްފި

ރާޅުތަކުގެ އުސްމިނުގައި 5-8 ފޫޓު ހުންނާނެ؛ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވާނެ ކަމަށް މެޓުން ލަފާކުރޭ

ރާއްޖޭގެ ހުރިހާ ހިސާބަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް މެޓް އޮފީހުން މިއަދު އިލްތިމާސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދު ވަޔާއި ކަނޑު ގަދަވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ ވައިޓް އެލާޓް ނެރެފަ އެވެ.

ބުނީ ކީކޭ؟ - މެޓް އޮފީހުން ބުނީ:

  • ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާއްޖޭގެ ހުރިހާ ހިސާބުތަކަށް ވެސް އުދަ އެރުމުގެ ފުރުސަތު އޮތް ކަމަށް ލަފާކުރެވޭ 

  • ހާއްސަކޮށް ކަނޑުދަތުރު ކުރާ މީހުން މޫސުމަށް ސަމާލުވާން ޖެހޭނެ

  • ހުރިހާ ހިސާބަކަށް އުދަ އަރާނެ ކަމަށް ލަފާކުރި ނަމަވެސް، ވައި އެންމެ ގަދައީ އުތުރާއި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް

ތަފްސީލު - މެޓް އޮފީހުން މިއަދު ވައިޓް އެލާޓް ނެރުނީ ހއ. އިން ތ. އަތޮޅާ ހަމައަށެވެ. އެއީ މެންދުރު 11 އިން ހަވީރު 5އާ ޖެހެންދެނެވެ.

އެ އެލާޓުގައި ރާއްޖޭގެ އެކި ހިސާބަށް ވިއްސާރަ ކުރުމާ އެކު ގުގުރައި، ބައެއް ރަށްތަކަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައިވެ އެވެ.

މޫސުން ކުރިއަށް ލަފާކުރާ ގޮތް:

  • ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ

  • ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 50 މޭލަށް ވައި ގަދަވުން އެކަށީގެންވޭ

  • ކަނޑު އާންމު ގޮތެއްގައި ގަދަވާނެ

  • ރާޅުގެ އުސްމިން: 5-8 ފޫޓު

އިތުރު އާޓިކަލް

އިތުރު އާޓިކަލް