2023 ވަނަ އަހަރަށް ހާއްސަކޮށް އެލައިޑުން ނެރުނު ކަލަންޑަރު (ފޮޓޯ/އެލައިޑް އިންޝުއަރެންސް)

އެންމެން ބޭނުންވެގެން އުޅޭ އެލައިޑުގެ ކަލަންޑަރު ހޯދުމުގެ ފުރުސަތު

ކަސްޓަމަ ސާވިސް އޮފީސް، ހ. އޯކިޑުން އިންޝުއަރެންސް ޕޮލިސީ ގަންނަ ފުރަތަމަ 38 މީހަކަށް މާދަމާ ކަލަންޑަރު ލިބޭނެ

އާ އަހަރާ އެކު އެންމެ ގިނަ ބަޔަކު އުޅެނީ ކުންފުނިތަކުން ތައާރަފުކުރާ ކަލަންޑަރު ހޯދުމަށެވެ. އެންމެ ރީތި، އެންމެ ތަފާތު ކަލަންޑަރު އަތުޖެއްސޭތޯ މަސައްކަތް ކުރެ އެވެ. މި އަހަރު ފެށިގެން މިހާތަނަށް އައި އިރު ފެނުނު އެންމެ ތަފާތު، އެންމެ ގިނަ ބަޔަކު އެ ބޭނުން ވެގެން އުޅޭ އަޑު އިިވެނީ އެލައިޑް އިންޝުއަރެންސްގެ 'ވައިޓް ބޯޑު' ކަލަންޑަރެވެ.

އެލައިޑުން މިވަނީ އެ ކުންފުނީގެ އަހަރީ ދުވަހާ ދިމާކޮށް، މި ކަލަންޑަރު ހޯދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މީގެ ކުރިން އެލައިޑުން ވަނީ ކަލަންޑަރު 'ގިވްއަވޭ'ގެ ދެ ހަރަކާތެއް ކުރިއަށް ގެންގޮސްފަ އެވެ.

މާދަމާ ފާހަގަކުރާ އެލައިޑްގެ 38 ވަނަ އަހަރީ އާ ދިމާކޮށް، އަނެއްކާވެސް 38 މީހަކަށް މި ކަލަންޑަރު ދޭން އެލައިޑުން ވަނީ ނިންމައިފަ އެވެ. ކަލަންޑަރު ހޯދަން ކުރަން ޖެހޭ ކަމަކީ އެލައިޑުން ވިއްކާ އިންޝުއަރެންސް ޕޮލިސީއެއް ގަތުމެވެ. އެ ކުންފުނީގެ ކަސްޓަމަ ސާވިސް އޮފީސް، ހ. އޯކިޑުން، އިންޝުއަރެންސް ޕޮލިސީ ގަންނަ ފުރަތަމަ 38 މީހަކަށް މާދަމާ ކަލަންޑަރު ލިބޭނެ އެވެ.

އެލައިޑް އިންޝުއަރެންސްގެ މިވީ 38 އަހަރުގެ ތެރޭ އެ ކުންފުނިން އެންމެ އިސްކަން ދޭ އެއް ކަމަކީ ރައްޔިތުންނާއި ވިޔަފާރިތަކާއި މުދަލާއި ގެދޮރުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެހީތެރިވެދިނުމެވެ.

  • އިންޝުއަރެންސް އަކީ ނަފްސާއި ގެދޮރަށް، މުދަލަށް ނުވަތަ ވިޔަފާރިއަށް ކުރިމަތިވާ ކަމަކުން ލިބިދާނެ މާލީ ގެއްލުމަކުން ރައްކާތެރިކަން ހޯދޭނެ މަގެެއް

  • ފަހަށް ފައިސާ ރައްކާކުރުމަށް ކުރެވިދާނެ ބައެއް ކަންކަން ވެސް އިންޝުއަރަންސް ޕްލޭންތަކުގައި ހިމެނޭ

ވަރަށް ފަސޭހަައިން ވެސް އިންޝުއަރެންސް ޕްލޭނެއް ގަނެވިދާނެ އެވެ. އެގޮތުން:

  • ކޮންމެ އަހަރަކު ސައިކަލަށް ނަގަން ޖެހޭ ތާޑް ޕާޓީ އިންޝުއަރެންސް އެލައިޑްގެ 'މައި އެލައިޑް' ޕޯޓަލް އިން ވަރަށް ފަސޭހައިން ގަނެވޭނެ - ޕޯޓަލް މެދުވެރިކޮށް، އޮންލައިންކޮށް ފައިސާ ދެއްކޭނެ؛ އެލައިޑްގެ އަހަރީ ދުވަހު ސައިކަލުގެ އިންޝުއަރަންސް އާކޮށްގެން މުޅި އަހަރު ދުވަހަށް ތާޑް ޕާޓީ އިންޝުއަރަންސްގެ ރައްކާތެރިކަމުގެ އިތުރުން އެލައިޑްގެ 2023 ވަނަ އަހަރުގެ މި ރީތި ކަލަންޑަރު ވެސް ލިބިދާނެ

  • ގޭގައި ގެންގުޅޭ ފަރުނީޗަރާއި ބޮކި ފަންކާ އަދި އޭސީ އާއި ބަދިގޭ ސާމާނުގެ ރައްކާތެރިކަން ކަށަވަރުކޮށްދޭ 'ހިޔާވަހި' ޕްލޭނެއް (ނުވަތަ ހިޔާ ފްލެޓުގައި ދިރިއުޅުއްވާ ފަރާތެއް ނަމަ 'އަހަރެންގެ ހިޔާ'ޕްލޭނެއް) ވެސް ގަނެވިދާނެ - މިއީ ގޭގައި ގެންގުޅޭ ފަރުނީޗަރާއި މުދަލަށް، ކުޑަ އަގެއްގައި ވަރަށް ބޮޑު ރައްކާތެރިކަމެއް ހޯދޭނެ ގޮތެއް؛ މި ޕްލޭން ގަނެގެން މާދަމާ ކަލަންޑަރެއް ހޯދިދާނެ

  • ރާއްޖެއިން ބޭރަށް ދަތުރެއް ރާވާފައި ވާނަމަ، ޓްރެވަލް ޕްލޭނެއް އޮންލައިންކޮށް ގަނެގެން ލަގެޖާއި ޕާސްޕޯޓާއި ފައިސާގެ ރައްކާތެރިކަމާ އަދި ދަތުރުމަތީގައި އުޅެނިކޮށް ކުރަންޖެހޭ ސިއްހީ ފަރުވާއަށް ދާ ހަރަދު ވެސް ހޯދޭނެ ގޮތް ގެރެންޓީކޮށްފައި ބެހެއްޓިދާނެ؛ މި ޕްލޭނު ގަނެގެން ވެސް ކަލަންޑަރު ހޯދުމުގެ ފުރުސަތު އެބައޮޮތް 

މީގެ އިތުރުން ވެސް އެލައިޑްގެ އެކި އިންޝުއަރެންސް ޕްލޭންތަކާއި އެލައިޑް އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ޕޮލިސީއެއް ގަނެގެން ކަލަންޑަރެއް ހޯދިދާނެ އެވެ.

އެލައިޑުގެ ކަލަންޑަރު

މި ކަލަންޑަރުގައި ހިމެނޭ ވައިޓްބޯޑަކީ އޮފީހުގައި ނޫނީ ގޭގައި ވެސް  ނޯޓުކުރަން ޖެހޭ މުހިންމު ކަންކަމާއި ގްރޯސަރީ ލިސްޓު ނޫނީ ޑެޑްލައިން ނޯޓުކުރެވޭނެ ފަސޭހަ 'ހޭންޑީ' ޓޫލް އެކެވެ. ކަލަންޑަރާ އެއްކޮށް ލިބޭ މެގްނެޓްތައް ބޭނުންކޮށްގެން ޓާސްކް މެނޭޖުކޮށްލެވެ އެވެ. އަހަރު ނިމުނީމާ ވެސް މި ބޯޑު ބޭނުންކޮށްލެވޭނެ ކަމީ މި ކަލަންޑަރު ގިނަ ބަޔަކަށް ކަމުގޮސްގެން އުޅޭ އަނެއް ސަބަބެވެ.

ކޮމެންޓް (1)

ހަސަނު

29 ޖެނުއަރީ 2023
ކޮން ކަލަންޑަރެއް؟ އަދި އަޑުއެހިތަނުގަ މިހިރީ!! ސަޅި ތަ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް