އޭޑީކޭ ހޮސްޕިޓަލް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ގިނަ ހިދުމަތްތަކެއް ހިމެނޭ އޭޑީކޭގެ ހިތާނީ ޕެކޭޖު ތައާރަފްކޮށްފި

މި ޕެކޭޖުގައި ޑޮކްޓަރަށް ދެއްކުމާއި ބޭސްފަރުވާގެ އިތުރުން ޑިސްޗާޖު ކުރުމަށް ފަހު ބޭނުންކުރަން ބޭސް ވެސް ލިބޭނެ

ގިނަ ހިދުމަތްތައް ހިމެނޭ އޭޑީކޭ ހޮސްޕިޓަލުގެ 'ހިތާނީ ޕެކޭޖު 2022'ގައި އާންމުކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ތަފްސީލު - މި ޕެކޭޖުގެ ދަށުން ހިތާނުކޮށްދޭން ހަމަޖެހިފައި ވަނީ 2 ޖުލައިން 4 އޮގަސްޓާ ހަމައަށެވެ.

އޭޑީކޭ އިން މިއަދު އިއުލާނު ކުރި އެ ހޮސްޕިޓަލުގެ ހިތާނީ ޕެކޭޖުގެ އަގަކަކީ:

  • ޖުމްލަ: 5،000ރ.

  • އާސަންދަ އިން ކަވަރުކޮށްދޭ ވަރު: 1،000ރ.

  • ދައްކަން ޖެހޭ އަގު: 4،000ރ.

އޭޑީކޭގެ ހިތާނީ ޕެކޭޖު

މި ޕެކޭޖުގެ ދަށުން ލިބޭ ހިދުމަތްތަކަކީ:

  • ޑޮކްޓަރަށް ދެއްކުމުގެ އެޕޮއިންޓްމަންޓް ހަމަޖެއްސުމާއި ޑޮކްޓަރަށް ދެއްކުން

  • ހިތާނުކުރަން އެޑްމިޝަން ހެދުމަށް ފަހު (ކުއްޖާ ކުޑަކަމުދިޔުމުން) ގެއަށް ފޮނުވާލުމާ ދެމެދު ކުރާ ބޭސްފަރުވާ

  • ކުއްޖާ ގެއަށް ފޮޮނުވާލާއިރު ދޭން ޖެހޭ ބޭސް

  • ގެއަށް ދޫކޮށްލުމަށް ފަހު ޑޮކްޓަރަށް ދައްކަން ހަދާ އެއް ކޮންސަލްޓޭޝަން (ފޮލޯއަޕް)

މި ޕެކޭޖުގައި ކެއިންބުއިމަށް ހިނގާ ހަރަދާއި ސާޖަރީއަށް ފަހު އެއްވެސް ކޮމްޕްލިކޭޝަނެއް ދިމާވެއްޖެ ނަމަ އެކަމަށް ހިނގާ ހަރަދު ކަވަރެއް ނުކުރާނެ އެވެ.

މި ފޮޓޯގައިވާ ކިއުއާރު ކޯޑު ސްކޭން ކޮށްގެން އޭޑީކޭގެ ހިތާނީ ޕެކޭޖަށް ރަޖިސްޓްރީ ކުރެވޭނެ.

އެނގުން މުހިންމު - ކިއުއާރު ކޯޑު ސްކޭން ކުރުމުގެެ އިތުރުން އޭޑީކޭ ހޮސްޕިޓަލުގެ ވެބްސައިޓުން ވެސް މި ޕެކޭޖަށް ރަޖިސްޓްރީ ކުރެވޭނެ އެވެ. އަދި އިތުރު މައުލޫމާތު 1440 ނަންބަރަށް ގުޅައިގެން ހޯދޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް