ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް: އެ މަނިކުފާނު ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ތަސްދީގު ކުރައްވާފައި. (ފޮޓޯ/ ރައީސް އޮފީސް)

މިނިމަމް ވޭޖާ ގުޅުވައި އާންމު ވިޔަފާރިތަކަށް ލުއި ދޭން ފާސްކުރި ބިލު ތަސްދީގުކޮށްފި

ވިޔަފާރިތައް ގިންތިކުރާ ގޮތަށް ބަދަލު ގެނައުމުން، ބައެއް ވިޔަފާރިތަކުން ދޭން ޖެހޭ މިނިމަމް ވޭޖުގެ އަދަދު ކުޑަވާނެ

ރާއްޖޭގައި ހިންގާ ވިޔަފާރިތައް ގިންތިކުރާ ގޮތަށް ބަދަލު ގެނެސް، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަސްދީގު އިއްޔެ ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ރައީސް އޮފީހުން އިއްޔެ ބުނީ، މިދިޔަ މަހުގެ 25ގައި މަޖިލީހުން ފާސްކުރި ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު އިއްޔެ ރައީސް ސޯލިހް ތަސްދީގުކުރައްވާފައިވާ ކަމަށެވެ.

ބިލުގެ މަގްސަދުތައް:

  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި ޕެންޝަން އޮފީހުން ބަލަހައްޓާ މައުލޫމާތު ހިމެނުން

  • ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކުރުން

  • މިނިވަން ވޭޖު ދިނުމަށް ވިޔަފާރިތައް ގިންތިކުރުމަށް މަގުފަހިކުރުން

ތަފްސީލު - ގިންތިތަކަށް ބަދަލު ގެނައުމާ އެކު، ކުރިން ކުދި ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ބެލެވޭނީ އެންމެ ކުދި ވިޔަފާރިތަކުގެ ގޮތުގަ އެވެ. އަދި ކުރިން މެދު ފަންތީގެ ވިޔަފާރިތަކުގެ ގޮތުގައި ގިންތިކުރި ބައެއް ވިޔަފާރިތައް މިހާރު ކުދި ވިޔަފާރީގެ ގޮތުގައި ބެލެވޭނެ އެވެ.

އެއާ އެކު، ބައެއް ވިޔަފާރިތަކުން ދޭން ޖެހޭ މިނިމަމް ވޭޖުގެ އަދަދު ކުޑަވާނެ އެވެ.

ވިޔަފާރިތައް ގިންތިކުރާ ގޮތަށް ގެނައި ބަދަލު:

އެންމެ ކުދި ވިޔަފާރި

  • މުވައްޒަފުންގެ އަދަދު: 0-5 މުވައްޒަފުން

  • ޖުމްލަ އާމްދަނީ: ގިނަވެގެން 1 މިލިއަން ރުފިޔާ

  • ސާފު ފައިދާ: ގިނަވެގެން 250،000ރ.

ކުދި ވިޔަފާރި

  • މުވައްޒަފުންގެ އަދަދު: 30-6 މުވައްޒަފުން

  • ޖުމްލަ އާމްދަނީ: 1-10 މިލިއަން ރުފިޔާއާ ދެމެދު

  • ސާފު ފައިދާ: 250،000ރ. އާއި 2.5 މިލިއަން ރުފިޔާއާ ދެމެދު

މެދު ފަންތީގެ ވިޔަފާރި

  • މުވައްޒަފުންގެ އަދަދު: 31-100 މުވައްޒަފުން

  • ޖުމްލަ އާމްދަނީ: 10-30 މިލިއަން ރުފިޔާއާ ދެމެދު

  • ސާފު ފައިދާ: 2.5-5 މިލިއަން ރުފިޔާއާ ދެމެދު

މިނިމަމް ވޭޖު ދޭ މިންގަނޑުތައް:

ކުދި ވިޔަފާރިތައް

  • ގަޑިއަކަށް: 21.60ރ.

  • މަހަކަށް: 4،500ރ.

މެދު ފަންތީގެ ވިޔަފާރި

  • ގަޑިއަކަށް: 33.65ރ.

  • މަހަކަށް: 7،000ރ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް