އާލިޔާ އަދި ރަންބީރު

އާލިއާ ބަޓް

ވަކި ދާއިރާ އަކުން ކުރިއަށްދާން ދަރިފުޅަށް މަޖުބޫރެއް ނުކުރާނަން: އާލިޔާ

ކުއްޖާ އާއްމުންނަށް ދައްކަން ޖެހިލުންވާ ކަމަށް ވެސް އާލިޔާ ބުނި

ދަރިފުޅު ވަކި ދާއިރާ އަކުން ކުރިއަށް ދާން މަޖުބޫރު ނުކުރާނެ ކަމަށާއި ބޮޑުވަމުން އަންނަ އިރު އެ ކުއްޖާގެ ފަރާތުން ވަކި ކަންތައްތަކަކަށް ނޭދޭނެ ކަމަށް އާލިޔާ ބަޓް ބުނެފި އެވެ.

އާލިޔާ އާއި ރަންބީރު ކަޕޫރުގެ އަލަތު ދަރިފުޅުގެ މުސްތަގުބަލާ ގުޅޭގޮތުން އާލިޔާ ބުނީ އޭނާ އަކީ ފިލްމީ ތަރިއަކަށްވީތީ ދަރިފުޅު އެ މަގުން ހިނގަން ބާރު ނާޅާނެ ކަމަށެވެ. ދަރިފުޅުގެ ދިރިއުޅުމުގެ ބޮޑެތި ނިންމުންތައް ނިންމުމުގެ އިހުތިޔާރު ދޭނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އާލިޔާ ބުނީ ދަރިފުޅު ބޮޑުވަމުން އަންނަ އިރު ވަކި ކަމަކަށް އުއްމީދުކޮށް، އެކަން އެކުއްޖާ އަށް ހާސިލް ނުކުރެވިއްޖެ ނަމަ ހިތްހަމަނުޖެހިގެން އުޅެން ބޭނުން ނުވާ ކަމަށެވެ.

މި މަހު 6ގައި އުފަންވި ކުއްޖާއަށް ނަންކީ ކަމެއް ވެސް އާލިޔާގެ ދެމަފިރިން އަދި ހާމައެއް ނުކުރެ އެވެ.

އާންމުންނަށް ކުއްޖާ ދައްކާލުމާ ގުޅޭގޮތުން އާލިއާ ބުނީ އެއީ ޖެހިލުންވާ ކަމެއް ކަމަށާއި ހާއްސަކޮށް، އާންމުންގެ ތެރޭ މަޝްހޫރު މީހަކަށްވާން އެ ކުއްޖާ ބޮޑުވެގެން ބޭނުން ނުވެދާނެތީ ކެމެރާތަކަށް ދަރިފުޅު ދައްކަން ފަސްޖެހޭ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އާއިލާ އާއި ރައްޓެހިންނާއި ރަންބީރާ މަޝްވަރާ ކުރާ ކަމާއި އެމީހުން އަބަދުވެސް އެކަމާ ހިޔާލުކޮށް ފިކުރު ކުރާކަން އާލިޔާ ފާހަގަ ކުރި އެވެ.

ކޮމެންޓް

Placeholder

އާލިއާ ބަޓް

އާލިއާ ބަޓް