ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރެއްވި އިރު އިބްރާހިމް ދީދީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ (ފޮޓޯ/ރައްޔިތުންގެ މަޖިލީސް)

ސްޓެލްކޯ

ސްޓެލްކޯގެ ޗެއާމަނަކަށް ކުރީގެ މެންބަރު އިބްރާހިމް ދީދީ ހަމަޖައްސައިފި

ހުސްވެފައިވާ ގައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ ޗެއާމަން ކަމަށް ރައްޔިތުން މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރު ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ މިއަދު އައްޔަންކޮށްފި އެވެ.

އެނގުން މުހިންމު - ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި މުހައްމަދު ރަޝީދު މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި އަވަހާރަވުމާ ގުޅިގެންނެވެ. އެފަހުން އެ މަގާމަށް މީހަކު ހަމަޖައްސާފައެއް ނުވެ އެވެ.

ތަފްސީލް - ސަރުކާރުގެ ކުންފުނިތަކުގެ ކަންކަަން ބަލަހައްޓާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން މިއަދު ބުނީ ސްޓެލްކޯގެ ޗެއާމަން ކަމާއި ބޯޑް މެންބަރު ކަމަށް އިބްރާހިމް  ދީދީ އައްޔަން ކުރީ މިއަދުގެ ވަގުތެއްގައި ކަމަށެވެ.

ފާހަގަކޮށްލެވޭ ކަމެއް - އިބްރާހިމް ދީދީ ވަނީ މަޖިލީހުގެ މެންބަރުކަން ކުރެއްވުމުގެ އިތުރަށް ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އިސް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. މިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް އިބްރާހިމް ދީދީ ވާދަކުރެއްވި ނަމަވެސް އޭނާއަށް ވަނީ ނާކާމިޔާބާ ކުރިމަތިވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް