Majlis 2024

ސިދާތު (ކ) ރޯހިތު ޝެޓީ އާއެކު، އޭނާ އަށް ލިބުނު އަނިޔާތައް ދައްކާލަނީ (ފޮޓޯ/ ސިދާތު/އިންސްޓަގްރާމް)

'އިންޑިއަން ޕޮލިސް ފޯސް'ގެ ޝޫޓިންގެ ތެރެއިން ސިދާތަށް އަނިޔާވެއްޖެ

ސިދާތު ބުނީ ރޯހިތުގެ މި އެކްޝަން ސީރީޒްއަކީ ދަލާއި އަސްލު ލޭ އޮހޮރުވަން ޖެހޭ މަސައްކަތެއް ކަމަށް
17 މޭ 2022

ރޯހިތު ޝެޓީ ޑައިރެކްޓު ކުރާ 'އިންޑިއަން ޕޮލިސް ފޯސް'ގެ ޝޫޓިންގެ ތެރެއިން ސިދާތު މަލޯތުރާ އަށް އަނިޔާ ވެއްޖެ އެވެ.

އެމެޒޯން ޕްރައިމް އިން ސްޓްރީމު ކުރާނެ އެ ސީރީޒްގެ ޝޫޓިންތައް ގޯއާގައި މިހާރު ކުރިއަށްދާއިރު، ސިދާތު ވަނީ އޭނާގެ އަތުގެ އެތަންމިތަން މަށައިގެން ގޮސްފައިވާތަން ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ.

ޑައިރެކްޓަރު ރޯހިތާއެކު ނަގާފައިވާ އެ ވީޑިއޯގެ ކެޕްޝަނުގައި ސިދާތު ބުނީ، ރޯހިތުގެ މި އެކްޝަން ސީރީޒްއަކީ ދަލާއި އަސްލު ލޭ އޮހޮރުވަން ޖެހޭ މަސައްކަތެއް ކަމަށެވެ. ސިދާތަށް އަނިޔާވީ އެކްޝަން މަންޒަރެއް ނެގުމުގެ ތެރޭގަ އެވެ.

އަށް އެޕިސޯޑުގެ މި ސީރީޒް އިން ޝިލްޕާ ޝެޓީ އާއި ވިވެކް އޮބިރޯއީ ވެސް ފެންނާނެ އެވެ.

މިއީ އިންޑިއާގައި އުފައްދާ އެންމެ ވަރުގަދަ އެކްޝަން ސީރީޒް އަށް ވާނެ ކަމަށާއި މި ސީރީޒް އިން، އިންޑިއާގެ ފުލުހުން ގައުމަށްޓަކައި ކުރާ ހިދުމަތް ދައްކައިދޭނެ ކަމަށް ޕްރޮޑަކްޝަން ޓީމުން މީގެ ކުރިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް