Majlis 2024

ޑރ. އިނާޒު: އޭނާ ވަނީ ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ހަމަޖައްސާފައި

ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް ކުރީގެ މިނިސްޓަރު އިނާޒް

ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި ޑރ. އަހުމަދު އިނާޒް އައްޔަންކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް އިނާޒް އައްޔަން ކުރިކަން އެ އޮފީހުން އިއުލާން ކުރީ މިއަދު އެވެ. ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމަށް އާ ބޭފުޅަކު މި ހަމަޖެއްސީ އެ މަގާމުގައި ހުންނެވި އާތިފާ އަލީގެ ތިން އަހަރުގެ ދައުރު އިއްޔެ ހަމަވުމާ އެކު އެވެ.

ޕެންޝަން އޮފީހުގެ ގާނޫނު ބުނާ ގޮތުގައި ޕެންޝަން އޮފީހުގެ ބޯޑްގެ މެންބަރުންގެ ދައުރަކީ މަގާމާ ހަވާލުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަހުގެ މުއްދަތެވެ. 

ތަފްސީލް - ޕެންޝަން އޮފީހުގެ ބޯޑް އެކުލެވިގެން ވަނީ އަށް މެންބަރުންގެ މައްޗަށެވެ. ޗެއާޕާސަންގެ އިތުރުން މިހާރު ބޯޑުގައި ތިއްބަވާ މެންބަރުންނަކީ:

  • 1-

    ޝިފާޒާ ވަޖީހު - ދައުލަތުގެ އިދާރާތަކުގެ ފަރާތުން

  • 2-

    ފާތިމަތު އަބްދުﷲ ކަމާލުއްދީން - ދައުލަތުގެ އިދާރާތަކުން

  • 3-

    މަރިޔަމް އަބްދުއް ނާސިރު - ދައުލަތުގެ އިދާރާތަކުން

  • 4-

    ލައިލާ މަނިކް - އާންމުންގެ ފަރާތްތަކުން

  • 5-

    އަބްދުލް ހަލީމް އަބްދުއް ލަތީފް - އާންމުންގެ ފަރާތްތަކުން

  • 6-

    އަބްދުލް މަޖީދު އަލީ - އާންމުންގެ ފަރާތްތަކުން

  • 7-

    މުހައްމަދު ގާލީ މުރުތަލާ - އާންމުންގެ ފަރާތްތަކުން

އެނގުން މުހިންމު - ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ހަމަޖެއްސި އިނގިރޭސި ރައްޔިތެއް ކަމަށްވާ ޖޯން ގްރިންޑަލް ވަނީ ސްލޫކީ މައްސަލައަކާ ގުޅިގެން މިދިޔަ އަހަރުގެ ފަހުކޮޅު މަގާމުން ވަކިކޮށްފަ އެވެ. އެފަހުން އެ އޮފީހުގެ ސީއީއޯގެ މަގާމު ވެސް އޮތީ ހުސްކޮށެވެ. ވަޒީފާއިން ވަކިކުރި މައްސަލަ އޭނާ ވަޒީފާޔާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް