ޝާކްގެ ފުރަތަމަ ސޯލޯ އެގްޒިބިޝަންގެ ތަޖުރިބާ

ޝާކިރުގެ ފުރަތަމަ ސޯލޯ މައުރަޒުން އޭނާއަށް ލިބުނު ތަޖުރިބާ ކިޔައިދީ، ދިވެހި ފަންނުވެރިން އެކަތިގަނޑަކަށް ވުން މުހިއްމުކަން މި އެޕިސޯޑުގައި ފާހަގަ ކުރި
26 އޯގަސްޓު 2022

މުހައްމަދު ޝާކިރު (ޝާކް) އޭނާގެ ކުރެހުންތަކުން އަބަދުވެސް ދައްކައިދޭން ބޭނުންވަނީ އޭނާގެ އިހުސާސްތަކާއި ތަޖުރިބާތަކެވެ. ޝާކިރުގެ ފުރަތަމަ ސޯލޯ އާޓް އެގްޒިބިޝަން 'ތްރީ ބައި ޝާކް'ގެ ނަމުން ވެސް ދޭހަ ކޮށްދެނީ އޭނާގެ ހަޔާތުގެ މުހިއްމު ތިން ކަމެކެވެ.

ކްރޮސްރޯޑްސް މޯލްޑިވްސްގެ 'ދަ ގެލެރީ'ގައި ބޭއްވި އެ މައުރަޒުގައި ޝާކިރު ދައްކާލި ގިނަ ކުރެހުންތަކުގައި ވަނީ މޫދުގެ އެކި މަންޒަރުތަކެވެ. އެ ކުރެހުންތަކާއި ފުރަތަމަ ސޯލޯ މައުރަޒުގެ ތަޖުރިބާއާ ބެހޭގޮތުން 'ފަންނުވެރި އެކުވެރިން'ގެ މި އެޕިސޯޑުގައި އޭނާ ވާހަކަދެއްކި އެވެ.

އެ މައުރަޒު ހުޅުވާލި ރޭ ޝާކިރުގެ ލައިވް އާޓް ޕާފޯމަންސެއް ކުރިއަށް ގެންދިޔަ އެވެ. އަދި ޒުވާން މިއުޒިކް ގްރޫޕެއްގެ ލައިވް މިއުޒިކާ އެކު، ބެލުންތެރިން ބޭނުން ނަމަ ކުރަހަން ކަރުދާސް ބަހައްޓާފައި ހުއްޓެވެ. ޝާކިރު ބުނިގޮތުގައި އޭނާ ބޭނުންވީ އެއީ ބަލަން އަންނަ މީހުންނަށް 'އިންޓަރެކްޓް' ކުރެވޭނެ މައުރަޒަކަށް ހެދުމެވެ.

ޝާކިރު ގަބޫލުކުރާ ގޮތުގައި ދިވެހި ފަންނުވެރިން އެކަކު އަނެކަކާ ވާދަ ކުރުމުގެ ބަދަލުގައި ދާއިރާގައި އުޅޭ މީހުންނަށް އެހީތެރިވެ އެކަކު އަނެކަކަށް ހިތްވަރުދީ ބާރުވެރި ކުރަންވީ އެވެ. އަދި އަމިއްލަ މީހާއަށް އިތުރު ކުރިއެރުން ލިބޭނެ ގޮތްތައް ހޯދުމަކީ ލަނޑުދަނޑިއަކަށް ހެދުން މުހިއްމުކަން އޭނާ ފާހަގަ ކުރި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް