ކަންގަނާ (ވ)، ޖާންވީ (މ)

އަލަށް ތައާރަފުުވާ ތަރިންނާ ވެސް ކަންގަނާ ދިމާކޮށްލައިފި

ކަންގަނާ ބުނީ އިނގިރޭސި ބަހުން ވާހަކަ ދައްކާ، ހޮލީވުޑް ފިލްމު ބަލާ އެ ތަރިންނަށް އުލާއި ސަމްސަލުން ނޫނީ ކާއެއްޗެއް ވެސް ނުކެވޭ ކަމަށް
17 މޭ 2022

ބޮލީވުޑުގައި އެކުވެރިން ނުތިބޭ ކަމަށް ބުނެ ކަންގަނާ ރަނާވަތު ޝަކުވާ ކުރެ އެވެ. އަނެއްކޮޅުން، ދެން ތިބޭ މީހުންނާ ދިމާކޮށް އެކި ވާހަކަ ދެއްކުން ނޫން ކަމެއް ވެސް އޭނާ ނުކުރެ އެވެ. 

ބޮލީވުޑްގެ އޭ ލިސްޓު ތަރިންނަށް ފަހު މިހާރު ކަންގަނާގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނީ އަލަށް ތައާރަފުވާން އުޅޭ ތަރިންނަށާއި ބޮލީވުޑަށް އަލަށް ނުކުމެގެން އުޅޭ ޒުވާން ތަރިންނަށެވެ.

ޒޯޔާ އަހުތަރުގެ 'ދަ އާޗީސް' އަކީ ބޮލީވުޑްގެ އޭ ލިސްޓު މީހުންގެ ދަރިން ފެނިގެންދާ ފިލްމެކެވެ. މިދިޔަ ހަފްތާގައި އެ ފިލްމުގެ ފަސްޓް ލުކް ދައްކާލުމުން އެ މީހުންނާ މެދު ވެސް ކަންގަނާގެ ހިތެއް ނުރުހުނެވެ.

ސުހާނާ ހާނާއި ޖާންވީ ކަޕޫރު އަދި އަނަންޔާ ޕާންޑޭއާ ދިމާކޮށްލައި ކަންގަނާ ބުނެފައިވަނީ "މި ސްޓާ ކިޑުންނަކީ އިނގިރޭސި ފިލްމު ބަލާ އުޅޭ މީހުން" ކަމަށާއި އޯޑިއަންސްއާ ކަނެކްޓުވާން އެމީހުންނަށް އުނދަގޫވާނެ ކަމަށެވެ.

ކަންގަނާ ބުނީ މި ތަރިން ތައުލީމު ހާސިލް ކުރަނީ އިންޑިއާ އިން ބޭރުން ކަމަށާއި އިނގިރޭސި ބަހުން ވާހަކަ ދައްކާ، ހޮލީވުޑް ފިލްމު ބަލާ އުޅޭ އެ މީހުންނަށް އުލާއި ސަމްސަލުން ނޫނީ ކާއެއްޗެއް ވެސް ނުކެވޭ ކަމަށެވެ. މީގެ އިތުރުން ކަންގަނާ ބުނެފައިވަނީ އެ ތަރިންގެ އުޅުމާއި ސިފަައަށް ވެސް އޯޑިއަންސަށް ރިލޭޓު ނުކުރެވޭނެ ކަމަށެވެ.

'ދަ އާޗީސް'ގެ ފަސްޓް ލުކް އަށް އިޝާރާތްކޮށް ކަންގަނާ ބުނީ ތަރިންގެ ދަރިން ހީވަނީ ކެއްކި ބިސްތަކެއް ހެން ކަމަށެވެ. އެއަށް ފަހު ބުނީ އެއްވެސް މީހަކަށް މަލާމާތްކޮށް އެއްޗެހި ކިޔުމަކީ އޭނާގެ ގަސްތެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް