Majlis 2024

ރޭޕުގެ ހާދިސާއަކާ ގުޅިގެން މިދިޔަ އަހަރު އިންޑިއާގައި ކުރި މުޒާހަރާއެއްގެ ތެރެއިން. (ފޮޓޯ/ ރޮއިޓާސް)

އިންޑިއާ

އިންޑިއާގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕުކުރުމުން ހާލު ސީރިއަސްވެއްޖެ

މި ކުއްޖާ ރޭޕުކޮށްފައި ވަނީ އަވަށްޓެރި ކުޑަ ތިން ފިރިހެން ކުދިން
27 ސެޕްޓެމްބަރު 2022

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި 12 އަހަރުގެ ފިރިހެން ކުއްޖަކު ރޭޕުކޮށް އޭނާއަށް ކޮށްފައިވާ އަނިޔާތަކާ ގުޅިގެން އެ ކުއްޖާގެ ހާލު ސީރިއަސް ވެފައިވާ ކަމަށް ދިއްލީގެ ފުލުހުން އިއްޔެ ބުނެފި އެވެ.

މި ހަމަލާ ދީފައި ވަނީ އެ ކުއްޖާ ދަންނަ ތިން ފިރިހެން ކުދިން ކަމަށް ދިއްލީ ފުލުހުންގެ ޑެޕިއުޓީ ކޮމިޝަނަރު ސަންޖޭ ސައިން ވަނީ ވީޑިއޯ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ވިދާޅުވެފަ އެވެ.

ދިއްލީގެ އިރުއުތުރުގައި އޮންނަ ސީލަމްޕަރު ސަރަހައްދުގައި މި ހާދިސާގައި ހިނގާފައި ވަނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށް ވިޔަސް، މިކަން ރިޕޯޓުކޮށްފައި ވަނީ މި މަހުގެ 22ގައި ކަމަށް ފުލުހުންގެ ބަޔާނުގައިވެ އެވެ.

އެ ކުއްޖާގެ އާއިލާ އިން ވަނީ މި މައްސަލަ ދިއްލީ ކޮމިޝަން ފޮ ވިމެން (ޑީސީޑަބްލިއު)އަށް ހުށައަޅާފަ އެވެ. ޑީސީޑަބްލިއު އަކީ އަންހެނުންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ގާނޫނީ މުއައްސަސާ އެކެވެ.

މި މައްސަލަ މިހާރު ތަހްގީގު ކުރަމުން އަންނައިރު، މިިކަން ކުރިމަކަމަށް ތުހުމަތު ކުރެވޭ ދެ ކުއްޖަކު ހައްޔަރުކޮށްފައިވާ ކަމަށް ޑެޕިއުޓީ ކޮމިޝަނަރު ސައިން ވަނީ ވިދާޅުވެފަ އެވެ. 

"ތުހުމަތު ކުރެވޭ ތިން ކުދިންނަކީ ވެސް ހަމަ އެ ސަރަހައްދުގައި އުޅޭ އޭނާގެ އަވަށްޓެރިން،" އެ ތަނުން އެއް ކުޖަކީ ރޭޕުގެ ޝިކާރައަކަށްވި ކުއްޖާއާ އާއިލީ ގޮތުން ގުޅުން އޮންނަ ކުއްޖެއްކަން ފާހަގަކުރައްވަމުން ސައިން ވިދާޅުވި އެވެ.

ރޭޕުކުރުމަށް ފަހު ދަނގަޑު ބުރިއަކުން ހަމަލާދީ އަދި ގަލުން ތަޅާހަދާފައި ވުމުގެ ސަބަބުން އެ ކުއްޖާގެ ހާލު "ކްރިޓިކަލް" ކަމަށް އާއިލާ އިން ބުނެފައިވާ ކަމަށް ޑީސީޑަބްލިއު އިން އިއްޔެ ނެރެފައިވާ ބަޔާނެއްގައިވެ އެވެ. 

"ކުއްޖާ އޮތީ ރަނގަޅު ހާލެއްގައެއް ނޫން. މަރު ވެސް ވެދާނެ،" ޑީސީޑަބްލިއުގެ ޗެއާޕާސަން ސްވަތީ މަލީވާލް ނޫސްވެރިންނަށް ވިދާޅުވި އެވެ.

އަންހެނުންނާއި އަންހެނުން ކުދިން ރޭޕުކުރުން ގިނަވުމާ ގުޅިގެން އިންޑިއާގައި ފާއިތުވެދިޔަ އަހަރުތަކުގައި ގިނަ މުޒާހަރާތަކެއް ވަނީ ކޮށްފަ އެވެ.

އަނެއް ކޮޅުން، މީގެ ގާތްގަނޑަކަށް 20 އަހަރު ކުރިން ހިނގި ގުޖުރާތު ހަމަނުޖެހުންތަކުގައި އަންހެނަކު ގޭންގު ރޭޕޮކޮށް، އޭނާގެ ތިން އަހަރުގެ އަންހެން ދަރިފުޅު މަރާލި 11 މީހަކު އިންޑިއާގެ ސަރުކާރުން ވަނީ މިދިޔަ މަހު ޖަލުން ދޫކޮށްލާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް