Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ކައުންސިލުތަކަށް ދައުލަތް ތަމްސީލު ނުކުރެވޭ ގޮތް ހައި ކޯޓުން ހެދި މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގައި މިއަދު ބޭއްވި އަޑުއެހުން

ހައި ކޯޓު

ބަންޑާރަ ބިންތަކުގައި ކައުންސިލުތަކަށް ދައުލަތް ތަމްސީލު ނުކުރެވޭ ގޮތް ހެދި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފި

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ފާހަގަ ކުރި އެއް ކަމަކީ އޭޖީ އޮފީހުން ކައުންސިލުތައް ތަމްސީލު ކުރާ ނަމަ މަސްލަހަތު ފުށޫ އަރާނެކަން
9 ފެބްރުއަރީ 2022

ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ ލޯކަލް ކައުންސިލްތަކަށް އެފަދަ މައްސަލަތަކުގައި ދައުލަތް ތަމްސީލު ނުކުރެވޭނެ ކަމަށާއި އެކަން ކުރަންޖެހޭނީ އެޓާނީ ޖެނެރަލް އޮފީހުން ކަމަށް ކަނޑައަޅައި ހައިކޯޓުން ކުރި ހުކުމުގެ އިސްތިއުނާފު ޝަރީއަތުގެ އަޑުއެހުންތައް މިއަދު ސުޕްރީމް ކޯޓުން ނިންމާލައިފި އެވެ.

ވީ ކިހިނެއް؟ - މި މައްސަލައަކީ އދ. ފެންފުށީ ބަންޑާރަ ގޯއްޗަކުން ބައެއް ގާނޫނާ ހިލާފަށް އުނިކޮށްފައިވާ ކަމަށް ބުނެ އެ ބައި އިތުރުކޮށްދިނުމަށް އެދި، މ. އުމާން، އައްބާސް އަލީކަލޭފާނުގެ ދައުވާކުރި މައްސަލައެކެވެ. ތިރީހަކަށް އަހަރުވެފައިވާ މި މައްސަލައިގައި ފެންފުށީ ކައުންސިލުން ހައި ކޯޓުގައި ވަކާލާތު ކުރާނެ މާލީ އަދި ފަންނީ ގާބިލުކަން ވެސް ނެތުމުން އެ މައްސަލައިގައި އޭޖީ އޮފީހުން ކައުންސިލް ތަމްސީލު ކުރަން ކައުންސިލުން ބޭނުންވި އެވެ. އެކަމަކު، ކައުންސިލް ތަމްސީލު ކުރެވިދާނެ ކަމަށް އޭޖީ އޮފީހުން ގަބޫލެއް ނުކުރެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބަލައި ކުރި ހުކުމުގައި ކަނޑައެޅީ ބަންޑާރަބިން ހިމެނޭ މައްސަލަތަކުގައި ގާނޫނީ ލަފާ ދިނުމާ ތަމްސީލު ކުރުމަކީ އޭޖީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެކަމަކު، މިއީ ލާމަރުކަޒީކޮށް ރާއްޖެ ހިންގުމަށް އޮތް ހުރަހެއް ކަމަށް އޭޖީއިން ދެކެ އެވެ. ހައި ކޯޓުގެ ހުކުމުގައި އެގޮތަށް ކަނޑައެޅި ބައި އެ އޮފީހުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

މިއަދު ސުޕްރީމް ކޯޓުގައި އޮތް އެ މައްސަލައިގެ ފުރަތަމަ އިސްތިއުނާފީ އަޑުއެހުމުގައި އޭޖީ އޮފީހުގެ ވަކީލު ހައްމާދު ވާފިރު ވިދާޅުވީ، ހައި ކޯޓުން އެގޮތަށް ކަނޑައަޅާފައި ވަނީ އޭޖީ އޮފީހުގެ މަސައްކަތްތަކަށާއި ކައުންސިލުތައް ތަމްސީލު ކުރުމުގެ ސަބަބުން އަންނާނެ މަސްލަހަތު ފުށޫއެރުންތަކަށް ވިސްނުމެއް ނެތި ކަމަށެވެ.

ކައުންސިލުތަކާއި ސަރުކާރުގެ އިދާރާތަކާ ދެބަސްވުން އުފެދޭ ހާލަތްތައް ވެސް އަންނާނެކަން ހައްމާދު ފާހަގަ ކުރެއްވި އެވެ. އަދި އޭޖީ އޮފީހުން ސަރުކާރުގެ އިދާރާތައް ވެސް ތަމްސީލު ކުރަން ޖެހޭ އިރު އެފަދަ ހާލަތެއްގައި ދެ ފަރާތަށް ވެސް ލަފާ ދޭން ޖެހި މަސްލަހަތު ފުށޫ އަރާނެކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޕީޖީގެ މަސްއޫލިއްޔަތު ކަމަށް ކަނޑައަޅާފައިވާ ކަންކަން ފިޔަވައި ދެން ދައުލަތް ތަމްސީލު ކުރާނީ އޭޖީއިން ކަމަށް ގާނޫނުއަސާސީގައި އޮތަސް، މަޖިލީހުން ހަދާފައިވާ ގާނޫނުތަކުގައި މުސްތަގިއްލު ކޮމިޝަންތަކާއި ގާނޫނަކުން އުފައްދާ އެހެން ގާނޫނީ ޝަހްސުތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބުމުުގެ ބާރު ދީފައިވާއިރު، އެ ގާނޫނީ ޝަހްސުތަކުގެ ބާރު ކެނޑޭ ގޮތަށް އަމަލު ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ހައްމާދު ވިދާޅުވި އެވެ.

ކައުންސިލުތަކަކީ ލާމަރުކަޒީ ގާނޫނުގެ ދަށޫން ދައުވާ ކުރުމާއި ދައުވާ ލިބުމުގެ ބާރު ދީފައިވާ ޝަހްސުތަކެއްކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި ހައި ކޯޓުން މާނަ ކުރި ގޮތަށް އަމަލު ކުރާ ނަމަ ލާމަރުކަޒީ ގާނޫނުގެ މަގްސަދު ވެސް ގެއްލޭނެ ކަމަށް ވިދާޅުވި އެވެ.

އޭޖީގެ ފަރާތުން އެދުނީ ހައި ކޯޓުގެ ނިންމުން ބާތިލުކޮށް، ބަންޑާރަބިން ހިމެނޭ މައްސަލަތަކުގައި ދައުލަތް ތަމްސީލު ކުރާނީ ކައުންސިލުކަމަށް ކަނޑައަޅައިދިނުމަށެވެ.

މިއަދުގެ އަޑުއެހުމުގައި ފެންފުށީ ކައުންސިލުގެ ވެސް ބައިވެރިވިއިރު، އެ ކައުންސިލުން ބުނެފައި ވަނީ އެފަދަ މައްސަލަތަކުގައި ވަކާލާތު ކުރުމުގެ ފަންނީ ގާބިލުކަމެއް އެ ކައުންސިލުގައި ނެތް ކަމަށެވެ.

މިއަދު މި މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައިވާއިރު، ވަރަށް އަވަހަށް ހުކުމް ކުރައްވާނެ ކަމަށް މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ. އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު އަލީ ރަޝީދެވެ.

އެނގުން މުހިންމު - ހައި ކޯޓުން މި މައްސަލައިގައި ކުރި ހުކުމުގައި ފާހަގަ ކުރީ، ކައުންސިލްތަކަކީ ގާނޫނުން އުފައްދާ ވަކިވަކި ސަރުކާރުތަކެއް ނޫން ކަމާއި ދިވެހި ދައުލަތަކީ ޔުނިޓަރީ ދައުލަތެއް ކަމެވެ. އެހެންވެ، ބަންޑާރަ ބިން ހިމެނޭ މައްސަލަތަކުގައި ދައުލަތުގެ މަސްލަހަތު އޮންނާނެތީ، ދައުލަތުގެ މަސްލަހަތު ހިމެނޭ މިބާވަތުގެ މައްސަލަތަކުގައި ގާނޫނީ ލަފާދިނުމާއި އަދި ދައުލަތް ތަމްސީލުކުރުމަކީ ބަންޑާރަ ނައިބުގެ ވާޖިބުތަކުގެ ތެރޭގައި ނުހިމަނައި ދޫކޮށްލެވޭނެ ކަންތައްތަކެއް ނޫން ކަމަށް ހައި ކޯޓުން ނިންމާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް