Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ތިލަފުށި ތަރައްގީކުރާ މަޝްރޫއަށް ފަހު އޮންނާނެ ގޮތުގެ ކުރެހުމެއް. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތިލަފުށި

ސިނާއީ މައި މަރުކަޒަށް ތިލަފުށި ބަދަލުކޮށްލާނެ ގޮތް ދައްކާލައިފި

މި މަޝްރޫއުގެ އަމާޒަކީ މާލެ ސަރަހައްދުގައި ކުރާ ސިނާއީ މަސައްކަތްތައް ތިލަފުއްޓަށް ބަދަލުކުރުމާ އެކު، ބިމުގެ ދަތިކަމާއި ބިމު ކުލި އުފުލޭ މައްސަލައަށް ހައްލެއް ގެނައުން
15 ޑިސެމްބަރު 2022

ރާއްޖޭގެ ސިނާއީ އެންމެ ބޮޑު އަދި މައި މަރުކަޒަށް ތިލަފުށި ބަދަލުކޮށްލާނެ ގޮތުގެ މާސްޓަ ޕްލޭން މިއަދު ދައްކާލައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ދަރުބާރުގޭގައި ފެށި މޯލްޑިވްސް ލިވިން އެކްސްޕޯގެ ތެރެއިން އެ މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ތިލަފުށި ތަރައްގީކުރާނެ ގޮތުގެ މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ބުނީ ކީކޭ؟ - މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު ފައްޔާޒު ވިދާޅުވީ ރާއްޖެ އަދި ހާއްސަކޮށް މާލެ ސަރަހައްދުގައި ވިޔަފާރިތަކަށް ދިމާވެފައިވާ ބިމުގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން އަންނަތާ އަހަރުތަކެއް ވެފައިވާ ކަމަށެވެ.

ފައްޔާޒު ވިދާޅުވީ މިއަދު އިފްތިތާހުކުރި މާސްޓަ ޕްލޭނާ އެއްގޮތަށް ވަރަށް އަވަހަށް ތިލަފުށި ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށެވެ. ނަމަވެސް، އެއީ ކިހާ ދުވަހެއްގެ ތެރޭގައިކަން އޭނާ ވިދާޅެއްނުވެ އެވެ.

"އެއާ އެއްކޮށް އަޅުގަނޑުމެން އުންމީދުކުރަނީ، ވިޔަފާރިތަކަށް މިހާރު އޮތް ބިމުގެ ދަތިކަމާއި އޭގެ އިތުރުން ބިމަށް ކުއްޔަށް ދައްކަން ޖެހޭ ބޮޑު އަދަދު އެތައް ގުނައަކުން ކުޑަވާނެ ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

"ބިން އަމިއްލަ ކުރުމުގެ ފުރުސަތު ވެސް މި ތަނުން ލިބިގެންދާނެ. އަދި އޭގެ އިތުރުން އަގުހެޔޮކޮށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތާއި ރެޑީމޭޑް ސްޓޯރޭޖް ފެސިލިޓީތަކާއި ވޯކިން ސްޕޭސްތަކާއި އޮފީސްތައް މީގެ ތެރޭގައި ހިމެނިގެން ގޮސް، މާލެ ސަރަހައްދުގެ ފުރިހަމަ އިންޑަސްޓްރިއަލް ހަބަކަށް ތިލަފުށި ވެގެންދާނެ."

ތިލަފުށީގެ މާސްޓަ ޕްލޭން އިފްތިތާހުކޮށްދެއްވުމަށް ފަހު އިކޮނޮމިކް މިނިސްޓަރު ފައްޔާޒު ވާހަކަ ދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ތަފްސީލު - އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް ވިދާޅުވީ މި މަޝްރޫއަކީ މުޅި މާލެ ސަރަހައްދަށް ޖުމްލަ ގޮތެއްގައި މަރުކަޒުވެފައިހުރި އެކި މައްސަލަތަކަށް ވަރަށް ބޮޑު ހައްލެއް ލިބޭނެ މަޝްރޫއެއް ކަމަށެވެ.

އޭނާ ވިދާޅުވީ ޒަމާނުއްސުރެ މާލޭގައި ސިނާއީ މަސައްކަތް ކުރަމުން އަންނަނީ ބިމުގެ ދަތިކަން އޮތުމުން ކަމަށާއި މި މަޝްރޫއުގެ ތެރެއިން އިތުރަށް 151 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ.

ތިލަފުށީގެ މާސްޓަ ޕްލޭނާ ބެހޭ ގޮތުން އެޗުޑީސީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް މައުލޫމާތު ދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އިތުރަށް ހިއްކާ ބިމާއި މާލެ އާއި ތިލަފުށި ގުޅުވާލާ ބްރިޖާ އެކު މާލޭގައި މިހާރު ކުރަމުން އަންނަ ގިނަ މަސައްކަތްތައް އެ ތަނަށް ބަދަލުކުރެވޭނެ ކަމަށް އާތިފް ވިދާޅުވި އެވެ. އޭގެ އިތުރުން، އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ބިމު ކުލި އުފުލެމުންދާ މައްސަލައަށް ވެސް މި މަޝްރޫއުގެ ސަބަބުން ހައްލެއް ލިބޭނެ ކަމަށެވެ.

"މުޅި ސަރުކާރުގެ ސިޔާސަތެއް، މާލެ ސަރަހައްދުގައި އުފުލެމުން އަންނަ ބިމު ކުލި އެއް ހަމައެއްގައި ހިފެހެއްޓުމަކީ. އަދި ވަކިން ހާއްސަކޮށް ކުއްޔަކީ ސީދާ ގޮތެއްގައި މުދަލުގެ އަގަށް ރިފްލެކްޓްވާ ހަރަދެއް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންނަށް ބިން އިތުރުކުރެވިގެން ދާއިރު ދެމެހެއްޓެނިވި ކުއްޔެއްގައި މިހާރު ކުރެވެމުން އަންނަ މަސައްކަތްތަކާއި އަދި އިތުރަށް އެކިއެކި ވިޔަފާރިތަކަށް ބިން ދެވޭނެ." 

އާތިފް ވިދާޅުވީ ބިން ވިއްކުމާއި ލީސް މޮޑެލްތަކުގެ ތަފްސީލު ކައިރި މުސްތަގްބަލެއްގައި އާންމުކުރާނެ ކަމަށެވެ.

ތިލަފުށި ތަރައްގީކުރާ މަޝްރޫއު

  • ޒަމާނީ އިންޑަސްޓްރިއަލް ޒޯނުތަކެއް ތަރައްގީކުރާނެ

  • ކަނޑު އުޅަނދުފަހަރުތަކަށް ފަސޭހައިން ކައިރިކޮށްލެވޭ ޖެޓީ ސަރަހައްދެއް ތަރައްގީކުރާނެ

  • ރެޑީމޭޑް އޮފީސް ޖާގަތަކާއި ގުދަންތަކާއި މަސައްކަތް ކުރާނެ ޖާގަ ލިބޭނެ

  • ސިނާއީ އެކި ބޭނުންތަކަށް ބޭނުންވާ ފަރާތްތަކަށް ބިން ގަތުމަށާއި ބިން ކުއްޔަށް ދޫކުރުމަށް ފުރުސަތު ހުޅުވާލާނެ

  • ބިމުގެ ބޮޑުމިނުގައި 5،000-35،000އާ ދެމެދުގެ އަކަފޫޓުގެ ބިންތައް ހުންނާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް