ޕްރިންސް ލުއީ (ކ) މަންމަ ޑަޗަސް އޮފް ކެމްބްރިޖު ކޭޓް މިޑްލްޓަން ވާހަކަ ދެއްކިޔަ ނުދިނުމަށް އަނގަމަތީ އަތް އަޅުއްވައިގެން

އިނިގރޭސިވިލާތް

ރާނީގެ ޕްލެޓިނަމް ޖުބިލީގައި ވިދާލީ ޕްރިންސް ލުއީ

އުމުރުން 4 އަހަރުގެ ލުއީ އުޅުއްވި ގޮތުން ދުނިޔޭގެ މީޑިއާގެ ސަމާލުކަން ވަނީ ލިބިވަޑައިގެންފައި

މުހިންމު ނުކުތާތައް

ލުއީ މަސަލަސް ކުރަން މަންމަ މަސައްކަތް ކުރައްވާ ތަން ފެނިފައިވޭ

ލުއީ ވަނީ 'ބަސްއަހައިގެން' އިންނަން އިންކާރު ކުރައްވާފައި

ލުއީގެ ފޮޓޯތައް މިހާރު އަންނަނީ މީމްސްގެ ގޮތުގައި ދައުރުވަމުން

އިނގިރޭސި ރާނީ އެލިޒަބަތުގެ ރަނިކަމަށް 70 އަހަރު ފުރުން ފާހަގަކުރުމުގެ 'ޕްލެޓިނަމް ޖުބިލީ ޕެޖަންޓް'ގެ ތެރެއިން އެންމެ ބޮޑު ސަމާލުކަމެއް ހޯއްދެވީ ރާނީގެ މުނި މާމަ ދަރިކަލުން ޕްރިންސް ލުއީ އެވެ. ޝާހީ އާއިލާގެ އުފާފާޅުކުރުމުގެ ހަފްލާތަކުގައި ޕްރިންސް ވިލިއަމްގެ އެންމެ ހަގު ދަރިކަލުންގެ ޝުއޫރުތައް ފެނުނީ މުޅިން ތަފާތުކޮށެވެ. 

ރާނީ އެލިޒަބަތު މުނި މާމާ ދަރިކަލުން ލުއީއާ އެކު

ބަކިންގްހަމް ޕެލެސްގެ ބެލްކަނީގައި 'ޓްރޫޕިން ދަ ކަލާސް ޕެރޭޑް' ކުރިއަށް ދިޔަ އިރު މަތިން ދިޔަ ރޯޔަލް އެއާ ފޯސްގެ ޖެޓުތަކުގެ އަޑުފަށްގަނޑާ މެދު ހިތްހަމަނުޖެހި އަދި އެ އަޑުތަކުގެ ސަބަބުން އުނދަގޫވެވަޑައިގެން ޕްރިންސް ލުއީ ކަންފަތުގައި އަތް އަޅުއްވާ މަންޒަރުތައް ފެނިގެން ގޮސްފައިވެ އެވެ.

ރާނީގެ ރަނިކަން ފާހަގަކުރަން ބޭއްވި ރަސްމިއްޔާތުގައި ޕްރިންސް ވިލިއަމް އާއި އަނބިކަނބަލުން ކޭޓް މިޑްލްޓަން ތިން ބޭފުޅުންނާ އެކު ބައިވެރިވެ ވަޑައިގަންނަވަނީ

ދެ ގަޑި އިރާއި ބަޔަށް ކުރިއަށް ދިޔަ އިހުތިފާލުތަކުގައި ހިމޭނުން ހުންނަވަން އުމުރުން 4 އަހަރުގެ ޕްރިންސް ލުއީ އަށް ތަންކޮޅެއް އުނދަގޫވީ އެވެ.

ތުއްޕުޅު ޕްރިންސްގެ މައިންބަފައިން ކަމަށްވާ ޕްރިންސް ވިލިއަމް އާއި ކޭޓް މިޑްލްޓަން އަދި ބޭބެ ޕްރިންސް ޖޯޖް އާއި ދައްތަ ޕްރިންސެސް ޝާލޮޓްއާ އެކު އިށީނދެވަޑައިގެން އިންނެވި އިރު 'ބަސްއަހައިގެން' ހުންނަވަން އުދަނގޫވެ ވަޑައިގެން އުޅުއްވި މަންޒަރުތައް ފެނުނެވެ.

ރޯޔަލް ޖެޓްތަކުގެ އަޑުތަކުން އުދަނގޫވެ ވަޑައިގެން ޕްރިންސް ލުއީ ކަންފަތުގައި އަތްއަޅުއްވައިގެން

މަންމަ، ޑަޗަސް އޮފް ކެމްބްރިޖް ކޭޓް ލުއީ މަސަލަސް ކުރައްވަން އުޅުއްވާ ތަން ބީބީސީ ވަންގެ ލައިވް ކަވަރޭޖްތަކުން ފެނިފައިވެ އެވެ.

 ޕްރިންސް ލުއީ މަންމައާ އެކު
ޕްރިންސަސް ޝަާލޮޓް (ކ) ގައި ޕްރިންސް ލުއީ އާއި އެކު

ކޭޓްގެ މޫނުމަތީގައި ލުއީ އަތް އަޅުއްވާ ތަނާއި ދޫ ބޭރަށް ނެރެ މަންމަ އަށް އެއްބާރުލުން ނުދޭތަން ފެނިގެން ގޮސްފައިވެ އެވެ.

ޕްރިންސް ލުއީގެ އުޅުން ހުރި ގޮތް ގިނަ ބަޔަކަށް މަޖާވި

ވިލިއަމް އާއި ކޭޓް ވާހަކަ ދައްކަވަން ތިއްބަވަނިކޮށް ލުއީ ދުވެވަޑައިގެން ކާފަ ޕްރިންސް ޗާލްސްގެ އުނގުގައި އިރުކޮޅަކަށް މަސަލަސްވެ އިން ތަން ފެނުނެވެ.

ޕްރިންސް ޗާލްސް ކާފަ ދަރިކަލުން ޕްރިންްސް ލުއީ މަސަލަސް ކުރައްވަނީ
ޕްރިންސް ޗާލްސް ކާފަ ދަރިކަލުން ޕްރިންްސް ލުއީ މަސަލަސް ކުރައްވަނީ

ރާނީގެ 70 އަހަރުގެ ލީޑަޝިޕް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ޕްރިންސް ލުއީ އުޅުއްވި ގޮތަށް ޓުވިޓާގައި އިޝާރާތްކުރައްވައި ވިލިއަމް އާއި ކޭޓް ހޯމަދުވަހު ޓްވިޓާގައި ވިދާޅުވީ އެ ހަފްލާތަކުގައި އެ އާއިލާ އިން ވެސް އެހެން އެންމެންނެކޭ އެއްގޮތަށް ބައިވެރިވެ ހޭދަކުރި ވަގުތު ހާއްސަގޮތެއްގައި ލުއީއަށް އުފާވެރި ކަމަށެވެ.

ޕްރިންސް ލުއީގެ މި ޖަޒުބާތުތައް ފެންނަ ފޮޓޯތައް މިހާރު ވަނީ މީމްސްގެ ގޮތުގައި ސޯޝަލް މީޑިއާގައި މަގުބޫލުވެގެން ގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް