ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ މިއަދު ރާއްޖެ އައިސް އެއާޕޯޓުގައި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

'ޗަނާޗާ' ޝޯ

ޗަނާޗާގައި ބައިވެރިވާން ޔޮހާނީ ރާއްޖެ އަތުވެއްޖެ؛ ހޫނު މަރުހަބާއެއް

ޔޮހާނީ ބައިވެރިވާ 'ޗަނާޗާ' ޝޯ އޮތީ ހޮނިހިރު ދުވަހު ރޭގަނޑު
27 އޮކްޓޯބަރު 2022
3

މުހިންމު ނުކުތާތައް

ބައިސްކޯފުން ވަނީ ޔޮހާނީ އަށް ހޫނު މަރުހަބާއެއް ކިޔާފައި

ޔޮހާނީ ހުށަހަޅާ ޝޯގައި ދިވެހި އެހެން ފަންނާނުން ވެސް ލަވަ ކިޔާނެ

ޔޮހާނީއާ ބައްދަލުކޮށްލަން ފުރުސަތު ލިބޭ ހާއްސަ ޓިކެޓެއް އެބަ ވިއްކާ

ވީޑިއޯ ސްޓްރީމިން ޕްލެޓްފޯމް، ބައިސްކޯފުން އިންތިޒާމްކޮށްގެން ހޮނިހިރު ދުވަހު ބާއްވާ ޗަނާޗާ ޝޯގައި ޕާފޯމް ކުރުމަށް، ދިވެހިންގެ މެދުގައި ވެސް މަޝްހޫރު، ސްރީ ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ ޑިލޯކާ ޑިސިލްވާ މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޔޮހާނީ އަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އެއާޕޯޓަށް ދިޔަ ޓީމް އޭނާއާ އެކު ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/އިފާޒް)

ވީ ކިހިނެއް؟ - 'މަނިކޭ މަގޭ ހިތޭ' ލަވައިން ދިވެހިންގެ މެދުގައި ވެސް މަގުބޫލުކަން ހޯދާފައިވާ ޔޮހާނީ، 28، ރާއްޖެ އައިސްފައި ވަނީ މިއަދުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ބައިސްކޯފާއި ޔޫތު މިނިސްޓްރީއިން ވަނީ އެއާޕޯޓުުން އޭނާއަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

ޔޮހާނީ ވަނީ ރާއްޖެއިން ދިން ހޫނު މަރުހަބާ އަށް އިންސްޓަގްރާމްގައި ޝުކުރު އަދާކޮށްފަ އެވެ. 

ލަންކާގެ އާޓިސްޓް ޔޮހާނީ (ކ) އާއި ބައިސްކޯފުގެ ސީއިއޯ މުހައްމަދު މިރުޝާން އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓި (ދައުރު ފޮޓޯ/އިބްރާހިމް އިފާޒް)

ދުނިޔޭގެ އެކި ކަންކޮޅުތަކުން އޭނާގެ އަޑަށް މީހުންގެ ހިތްޖައްސައި، ކުޑަ ދުވަސްކޮޅެއްގެ ތެރޭ ބޮޑު މަޝްހޫރުކަމެއް ޔޮހާނީ ވަނީ ހޯދައިފަ އެވެ.

ހުޅުމާލޭ ދުވާ ޓްރެކްގައި ބާއްވާ ޝޯގެ ޓިކެޓް އާއްމު ޓިކެޓުތައް ބައިސްކޯފުން ވިއްކަނީ 150ރ. އަށެވެ. ނަމަވެސް ވީއަޕީ ޓިކެޓެއް 999ރ. އަށް ނަގައިގެން ޔޮހާނީއާ ބައްދަލުކޮށްލައި އޭނާ އެކު ސެލްފީ ނެގުމުގެ ފުރުސަތު ބައިސްކޯފުން ވަނީ ހުޅުވާލަފަ އެވެ.

ލަންކާގެ އާޓިސްޓް ޔޮހާނީ އަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އެއާޕޯޓަށް ދިޔަ ޓީމް އޭނާއާ އެކު ފޮޓޯއަކަށް ހުއްޓިގެން (ދައުރު ފޮޓޯ/އިފާޒް)

ބައިސްކޯފުން ބުނީ ވީއައިޕީ ޓިކެޓު ގަނެގެން ޝޯ ބަލަން ދާ މީހުންނަށް ދަނޑުގައި ހާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފައި ހުންނާނެ ކަމަށެވެ.

ވެލާނާ އެއާޕޯޓުގައި ލަންކާގެ ލަވަކިޔުންތެރިޔާ ޔޮހާނީ

މި ޝޯގައި ލަވަ ހުށަހަޅާ ދިވެހި ފަންނާނުން އަންނަނީ ޝޯ އަށް ފޯރިއާ އެކު ތައްޔާރުވަމުންނެވެ.

ކޮމެންޓް (3)

ރަޝީދު

29 އޮކްޓޯބަރު 2022
ޔޮހާނީ ހާދަ ރީއްޗޭ. ހިތް ފުރިއްޖެ. ޝުކުރިއްޔާ ބައިސްކޯފް.
0 0

އަސްލަމް

28 އޮކްޓޯބަރު 2022
ޔޮހާނީ އަކީ ކާކު؟
1 0

ހަސަނު

27 އޮކްޓޯބަރު 2022
ވެލްކަމް ޓު ދަ މޯލްޑިވްސް
2 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް