އިނގިރޭސި ޕްރިމިއަ ލީގުގައި ކުރިން ކުޅުނު މެޗެއްގެ ތެރެއިން. (ފޮޓޯ/ރޮއިޓާސް)

މީޑިއާނެޓް

އިނގިރޭސި ޕްރިމިއާ ލީގު ފެށެނީ؛ މީޑިއާނެޓުން ފުރަތަމަ މެޗު ހިލޭ ބަލާލެވޭނެ

މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު ކުޅޭ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އާސެނަލް އާއި ކްރިސްޓަލް ޕެލަސް
5 އޯގަސްޓު 2022

ދުނިޔޭގެ އެންމެ ފޯރިގަދަ ކުލަބް ފުޓުބޯޅަ މުބާރާތް ކަމަށްވާ އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަންގެ ކުޅުން މިރޭ ފަށާނެ އެވެ. ފުޓުބޯޅައަށް ލޯބިކުރާ މީހުންނަށް މި ފެށެނީ ފުޓުބޯޅައިގެ އީދެކެވެ. މިއީ ރާއްޖޭގެ އާބާދީ ކިތަންމެ ކުޑަ ނަމަވެސް ހުރިހާ އުމުރުފުރައަކާއި ދެ ޖިންސުގެ މީހުން ވެސް އެހާމެ ޝައުގުވެރިކަމާ އެކު ބަލާ މުބާރާތެކެވެ.

ކުރީގެ ސީޒަންތަކޭ އެއްފަދައިން މި ފެށޭ 22/23 ސީޒަން ވެސް މީޑިއާނެޓުގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް މި މުބާރާތުގައި ކުޅޭ ހުރިހާ މެޗުތައް ވެސް ވަގުތުން ބަލައިލެވޭނެ އެވެ.

މިރޭ ފަށާ އާ ސީޒަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުރިސްޓަލް ޕެލެސް އާއި އާސެނަލް އެވެ. އެ މެޗު މީޑިއާނެޓުގެ ހުރިހާ ކަސްޓަމަރުންނަށް އައިސް ސްޕޯޓްސް (ޗެނަލް 102) އިން ހިލޭ ބަލައިލެވޭނެ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިރޭ ރާއްޖެ ގަޑިން މެންދަމު 12 ޖަހާއިރު އެވެ.

މުޅި ރާއްޖެއަށް ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތް ދެމުން އަންނަ މީޑިއާނެޓަކީ އެހެން ގައުމުތަކުގައި ކުޅޭ މިފަދަ ބޮޑެތި ކުޅިވަރު މުބާރާތްތައް ބެލުންތެރިންނާ ހަމަޔަށް ގެނެސްދޭ ކުންފުންޏެކެވެ.

އެގޮތުން ސްޕެނިޝް ލަ ލީގާ (ސްޕެއިން)، ލީގް 1 (ފުރާންސް)، ސެރި އާ (އިޓަލީ) އަދި އިނގިރޭސި ޕްރިމިއާ ލީގް (އިންގްލެންޑް) މީޑިއާނުގެ ކަސްޓަމަރުންނަށް އައިސް ނެޓުވޯކުގެ ޗެނަލްތަކުން ބަލައިލެވޭނެ އެވެ.

މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް މޯބައިލް އެޕް މެދުވެރިކޮށް ޑީކޯޑަރަކާ ނުލައި ކޮންމެ ވަގުތަކު، ކޮންމެ ތާކު ހުރެގެން ވެސް މީޑިއާނެޓުގެ ޗެނަލްތައް ބަލައިލެވޭނެ އެވެ. އެމްއެސް ޑިޖިޓަލް އެޕްގެ ވައުޗާ ކޯޑު، މީޑިއާނެޓުގެ ކުއިކްޕޭއިން ގަނެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް