ރޯދަ 2022

ރަހަމީރު: ފްލެޓް ބްރެޑް ޕިއްޒާ

8 މޭ 2022

ރޯދަމަހަކީ މީރު ރަހަތަކުގެ މައްސަރެވެ. މުޅި ދުވަހު ނުކައި ތިބެފައި ރޯދަ ވީއްލާ ވަގުތަށް ތަފާތު މީރު ކެއުންތައް ތައްޔާރުކުރުމަކީ ދިވެހީންގެ ޒަމާންވީ ސަގާފަތެކެވެ. ރޯދަމަހާ އެކު ގިނަ ބަޔަކު އެންމެ ސަމާލުކަންދޭ އެއް ކަންތަކަކީ ވެސް ތަފާތު ރެސިޕީތައް އެއްކޮށް އާ ވައްތަރު ވައްތަރުގެ ކެއުންތައް ތައްޔާރުކުރުމެވެ.

އެހެންވެ 'ދައުރު' އިން މި ރޯދަ މަހު މި ގެނެސްދެނީ ތަފާތު ކެއުންތައް ތައްޔާރުކުރާނެ ގޮތް ދައްކުވައިދޭ ވީޑިއޯ ޝޯ އެކެވެ. 'ރަހަމީރު'ގެ ނަން ދީފައިވާ މި ޝޯ 'ދައުރު'ގެ ސޯޝަލް މީޑިއާ އިން ކޮންމެ ދެ ދުވަހުން އެއް ދުވަހު ލައިވްކުރާނެ އެވެ.

މި ޝޯގެ އެކްސްކްލޫސިވް ސްޕޮންސަރަކީ 'ހެޕީ މާކެޓް' އެވެ. އަދި 'ސީ ހައުސް' އިން ވެސް ޕާޓްނާވެ އެވެ.

މިއަދުގެ ރެސިޕީއަކީ ފްލެޓް ބްރެޑް ޕިއްޒާ އެވެ.

ބޭނުންވާނެ ތަކެތި:

  •   50 ގްރާމްބޯޑޮން ކޯންބީފް

  •   100 ގްރާމް ޓިއުލިޕް ޕެޕަރޯނީ ބީފް

  • 100 އެމްއެލް ސެންރީމޯ ނަޕޮލިޓާނޯ ސޯސް

  • 200 ގްރާމް އޯލްޑެންބާގާ މޮޒަރެލާ ޗީޒް

  • 1 ޖޯޑު ޓޮމާޓޯ ތުނިކޮށް ކޮށާފައި އަދި ޗޮޕްކޮށްފައި

  • 1 ޖޯޑު ޗެރީ ޓޮމާޓޯ

  • 1 ޖޯޑު ފިޔާ ޑައިސްކޮށްފައި އަދި ރިންގްސް

  • 1 ސްޕްރިންގް އަނިއަން ކޮށާފައި

  • 1 ސަމުސާ ލޮނުމެދު

  • 1 ކެޕްސިކަމް

  • 3 ބެލްޕެޕާ ކޮށާފައި

  • 6 ފޮތި ބަށި

  • 2 މިރުސް

  • 1 ސަމުސާ މިކްސް ހާބްސް

  • 1 ސަމުސާ ލޮނު އަދި އަސޭމިރުސް

  • 1 ފްލެޓް ބްރެޑް

އިތުރު އާޓިކަލް

އިތުރު އާޓިކަލް