(ފޮޓޯ/ ގެޖެޓް360)

ރަޝިޔާގެ ހެކަރުންތަކެއް ލިތުއޭނިއާއަށް ސައިބާ ހަމަލަތާކެއް ދެނީ

މި ހަމަލާތައް ހުއްޓާލާނީ ކަލިނިންގްރެޑަށް މުދާ ފޯރުކޮށްދިނުމަށް ލިތުއޭނިއާ އިން އެޅި ހުރަސްތައް ނެގުމުން ކަމަށް ހެކަރުން ވަނީ ބުނެފައި

ލިތުއޭނިއާގެ ސަރުކާރާއި އަމިއްލަ ވިޔަފާރިތަކާއި ޖަމިއްޔާތަކާ ދެކޮޅަށް ސައިބާ ހަމަލާތަކެއް ދެމުންދާ ކަމަށް ލިތުއޭނިއާގެ ނޭޝަނަލް ސައިބާ ސެކިއުރިޓީ ސެންޓަރުން އިއްޔެ ބުނެފި އެވެ.

"މި ސައިބާ ހަމަލާތައް މި މިންވަރަށް ނުވަތަ މިއަށް ވުރެ ގިނައިން ކުރިއަށް އޮތް ދުވަސްތަކުގައި ލިބެމުންދާނެ ކަމަށް ބެލެވޭ. ވަކިން ހާއްސަކޮށް، ހަމަލާތައް ދެމުން ދަނީ ދަތުރުފަތުރާއި ހަކަތައާ އަދި މާލީ ސިނާއަތްތަކަށް އަމާޒުކޮށް،" އެ ސެންޓަރުން ބުންޏެވެ.

ސިސްޓަމްތަކަށް ވަނުމަށް ކޮންމެވެސް ބަޔަކު މަސައްކަތް ކުރަމުން ދިއުމުގެ ސަބަބުން ހުރިހާ މަސައްކަތްތަކެއް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ލިތުއޭނިއާގެ ޓެކްސްއާ ބެހޭ ވުޒާރާ އިން ވެސް ވަނީ ބުނެފަ އެވެ.

"ހަމަލާތައް ބޮޑަށް އަމާޒުވަނީ ސަރުކާރާއި ދަތުރުފަތުރާ އަދި މީޑިއާގެ ސިނާއަތާ ގުޅޭ ވެބްސައިޓުތަކަށް،" ލިތުއޭނިއާގެ ދިފާއީ ވަޒީރުގެ ނައިބު މާގިރިސް އަބޫކެވިޗި ވިދާޅުވި އެވެ.

ރަޝިޔާއަށް ނިސްބަތްވާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ 'ކިލްނެޓް' އިން ވަނީ ލިތުއޭނިއާއަށް ދެމުންދާ ސައިބަ ހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. މިއީ އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ރަޝިޔާގެ ކަލިނިންގްރެޑަށް މުދާ ފޯރުކޮށްދިނުމަށް ލިތުއޭނިއާ އިން ހުރަސް އެޅުމާ ގުޅިގެން ދެމުންދާ ހަމަލާތަކެއް ކަމަށް އެ ގްރޫޕުން ބުންޏެވެ.

"މި ހުރަސްތައް ނައްތާލަން ދެން މި ހަމަލާތައް ކުރިއަށް ގެންދާނަން،" ކިލްނެޓް ގްރޫޕުގެ މެމްބަރަކު ރޮއިޓާސްއަށް ބުންޏެވެ.

ލިތުއޭނިއާ ތެރެއިން ލާފައި ކަލިނިންގްރެޑަށް މުދާ ގެންދިއުމާ ދެކޮޅަށް އެޅި ފިޔަވަޅުތަކާ ގުޅޭ. (ވީޑިއޯ/ ސްކައި ނިއުސް)

ރަޝިޔާއާ ވަކިން އޮންނަ ކަލިނިންގްރެޑު ސަރަހައްދު އޮންނަނީ އީޔޫ އާއި ނޭޓޯގެ ދެ މެމްބަރު ގައުމު ކަމަށްވާ ލިތުއޭނިއާ އާއި ޕޯލެންޑާ ދޭތެރެ މެދުގައި ބޯލްޓިކް ކަނޑަށްވާ ގޮތަކަށެވެ. މި ސަރަހައްދަށް ރަޝިޔާ އިން މިހާތަނަށް މުދާ ފޯރުކޮށް ދެމުން ދިޔައީ ރޭލު މެދުވެރިކޮށް ލިތުއޭނިއާ ސަރަހައްދުގެ ތެރެއިން ލާފަ އެވެ.

އީޔޫގެ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން ލިތުއޭނިއާ ތެރެއިން ލާފައި ކަލިނިންގްރެޑަށް ގެންދާ މުދަލަށް އެޅި ފިޔަވަޅުތަކާ ގުޅިގެން ލިތުއޭނިއާގެ ރައްޔިތުންނަށް ބޮޑެތި އަސަރުތަކެއް ކުރާނެ ފަދަ ވަރުގަދަ ރައްދެއް ދޭނެކަމުގެ އިންޒާރު ރަޝިޔާގެ ސެކިއުރިޓީ ކައުންސިލުގެ ތަރުޖަމާނު ވަނީ މިދިޔަ ހަފްތާގައި ދެއްވާފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް