ޓޭލާ ސްވިފްޓް

ޓޭލާ ސްވިފްޓް

ޓޭލާ ސްވިފްޓުގެ 'ދިސް ލަވް'ގެ އާ ވާޝަން ނެރެފި

ޓޭލާގެ ކުރީގެ އަލްބަމުތަކުގައި ހިމެނޭ ލަވަތައް އަލުން ރެކޯޑު ކޮށްގެން ނެރެން ފަށާފައިވަނީ އޭނާގެ އަލްބަމްތަކުގެ މާސްޓާ ރިކޯޑިންތަކުގެ މިލްކުވެރިކަން ނުލިބުމުން
8 މޭ 2022

ޓޭލާ ސްވިފްޓުގެ ލަވަ 'ދިސް ލަވް'ގެ އާ ވާޝަން ނެރެފި އެވެ.

ޓޭލާގެ ކުރީގެ އަލްބަމުތަކުގައި ހިމެނޭ ލަވަތައް އަލުން ރެކޯޑު ކޮށްގެން ނެރެން ފަށާފައިވަނީ އޭނާގެ އަލްބަމްތަކުގެ މާސްޓާ ރިކޯޑިންތަކުގެ މިލްކުވެރިކަން ނުލިބުމުން، އެ ލަވަތައް އަމިއްލަ ކުރުމުގެ ބޭނުމުގަ އެވެ. ޓޭލާ 2019ގެ ކުރިން ރިލީޒް ކުރި އެއްވެސް ލަވައެއް ނުވަތަ އަލްބަމެއްގެ މާސްޓާ އޯނަޝިޕް އޭނާގެ އަތުގައެއް ނެތެވެ.

ޓޭލާ 2014 ގައި ނެރުނު އަލްބަމް '1989' ގައި ހިމެނޭ 'ދިސް ލަވް-ޓޭލާސް ވާޝަން' އަކީ އެމެޒޯން ޕްރައިމްގެ ސީރީޒް 'ދަ ސަމާ އައި ޓާންޑް ޕްރިޓީ' ގައި ފީޗާ ކޮށްފައިވާ ލަވައެކެވެ.

ޓޭލާ ވަނީ 2012 ވަނަ އަހަރު އޭނާ ނެރުނު އަލްބަލް 'ރެޑް' ވެސް އަލުން ރެކޯޑުކޮށްގެން ނެރެފަ އެވެ. މީގެ އިތުރުން އޭނާގެ އަލްބަމް 'ފިއާލެސް' ވެސް އަލުން ރެކޯޑުކޮށްގެން 'ޓޭލާސް ވާޝަން'ގެ ގޮތުގައި ވަނީ ރިލީޒް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް