ޕްރިޔަންކާ
ޕްރިޔަންކާގެ އިންސްޓަގްރާމު އެކައުންޓު ފެންނަން ނެތުމުން ފޭނުން ކަންބޮޑުވެގެން އުޅުނެވެ. ޓްވިޓާ އާއި އިންސްޓާގްރާމުގައި ޕްރިޔަންކާގެ ފޭނުން ދިޔައީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އޭގެ އިރުކޮޅެއް ފަހުން ޕްރިޔަންކާގެ ޓީމުން ބުނެފައިވަނީ ކޮންމެވެސް ކަހަލަ ޓެކްނިކަލް މައްސަލައެއް ދިމާވެ ޕްރިޔަންކާގެ އެކައުންޓު "ގެއްލިފައިވާ" ކަމަށެވެ. އަދި އެކައުންޓު އަނބުރާ ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުންޏެވެ. އޭގެ ފަހުން އެ ދުވަހު އެކައުންޓް ވަނީ އަނބުރާ ހޯދައިފަ އެވެ.
ޕްރިޔަންކާގެއިންސްޓަގްރާމު ފޮލޯވަރުންގެ އަދަދު 80 މިލިއަނަށް އަރާއިރު، އޭނާގެ އަމިއްލަ ދިރިއުޅުމާއި މަސައްކަތުގެ ކަންތައް ހުންނަ ގޮތް އަބަދުވެސް ފޭނުންނާ ހިއްސާ ކުރެ އެވެ.
ބޮލީވުޑުގެ އިތުރުން ހޮލީވުޑުގައި ވެސް ކާމިޔާބު ތަރި އެންމެ ފަހުން ނިންމާލީ އެމެޒޯން ޕްރައިމްގެ ސީރީޒް 'ސިޓަޑެލް'ގެ މަސައްކަތެވެ. ހޮލީވުޑްގެ އިތުރު ދެ ފިލްމެއްގެ މަސައްކަތް ވެސް ކުރިއަށް އޮތް އިރު، ފަރުހާން އަހުތަރުގެ 'ޖީލޭ ޒަރާ' އިން ވެސް ޕްރިޔަންކާ ފެންނާނެ އެވެ.
ކޮމެންޓް