ރާއްޖެއަށް ލޯނު ދޫކުރުމަށް ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކާ އެކު އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ފިނޭންސް މިނިސްޓްރީ)

ސިއްހަތު

ގައުމީ ލެބޯޓަރީއެއް ހަދަން 300 މިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން ނެގި މި ލޯނުން އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރަން ވެސް ނިންމާފައިވޭ

ސިއްހީ ދާއިރާގެ ކަންކަމަށް ހަރަދު ކުރުމަށް ސަރުކާރުން ޔޫރަޕިއަން އިންވެސްޓްމެންޓް ބޭންކް (އީއައިބީ) އިން 18.4 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 300 މިލިއަން ރުފިޔާ)ގެ ލޯނެއް މިއަދު ނަގައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު ފިނޭންސް މިނިސްޓަރު އަމީރު ވަނީ ސަރުކާރުގެ ފަރާތުން އެ ލޯނު އެއްބަސްވުމުގައި އީއައިބީއާ އެކު ސޮއިކުރައްވައިފަ އެވެ.

ތަފްސީލް - ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި، އެ ލޯނު ބޭނުން ކުރާނީ:

  • ނޭޝަނަލް ހެލްތު ލެބޯޓަރީ ގާއިމް ކުރުމަށް

  • އަތޮޅު ތެރޭގައި އައިސޮލޭޝަން ފެސިލިޓީތައް ގާއިމް ކުރުމަށް

ބުނީ ކީކޭ؟ - ލޯނު އެއްބަސްވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި މިނިސްޓަރު އަމީރަށް ޝުކުރު އަދާކުރައްވަމުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ، އެ ލޯނުގެ ސަބަބުން ސިއްހީ ދާއިރާގައި ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށް ވަރަށް ބޮޑު އެހީއަކަށް ވާނެ ކަމަށެވެ.

އެނގުން މުހިންމު - މީގެ ކުރިން ވެސް މި ސަރުކާރުގައި އީއައިބީން ލޯނެއް ނަގާފައިވެ އެވެ. އެއީ ކޮވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތަށް ބޭނުން ކުރުމަށް 20 މިލިއަން ޔޫރޯ (326.3 މިލިއަން ރުފިޔާ)ގެ ލޯނެކެވެ.

ރާއްޖޭން އެންމެ ފުރަތަމަ އީއައިބީން ލޯނެއް ނަގާފައި ވަނީ 2006ގަ އެވެ. އެއީ ޓޫރިޒަމްގެ ދާއިރާގެ ބޭނުންތަކަށް ދޫކުރި 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ)ގެ ކްރެޑިޓް ލައިނެކެވެ.

ކޮމެންޓް (2)

މުހައްމަދު

23 ޖޫން 2022
ބޮޑު ޖޯކެއް ދެން މިވެސް
0 0

މީރަސ

23 ޖޫން 2022
ނެގުނު ލޯނު މަދުވެގެން ވިއްޔާ މިއުޅެނީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް