ބަޔަކު މަޖީދީމަގުގައި ހުރި ފިހާރައަކަށް ވަންނަނީ. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ ޔަޝާއު)

އެމްއެމްއޭ

ކްރެޑިޓް ކާޑާއި ލޯނު ނެގުން މަގުބޫލުވެ، ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ

ކްރެޑިޓް ކާޑާއި އިންސްޓޯލްމަންޓަށް ތަކެތި ނެގުމަކީ އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ވަކި އަދަދެއް ދައްކައިގެން އަގުބޮޑެތި މުދާ ގަނެވޭ ދެ ގޮތް

ދިވެހިން ކްރެޑިޓަށް މުދާ ނެގުމާއި ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.

ތަފްސީލު - އެމްއެމްއޭއިން ނެރުނު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ އިކޮނޮމިކް ބުލެޓިންގައިވާ ގޮތުން، ޕާސަނަލް ލޯނުގެ ގޮތުގައި ދަރަނި ނެގުން ރެކޯޑު މިންވަރެއް ކަމަށްވާ %20 އިން ވަނީ އިތުރުވެފަ އެވެ.

އެ ރިޕޯޓުގައި ބުނާ ގޮތުން، ޕާސަނަލް ލޯނުގެ ބައިން ދަރަނި ނަގާ މިންވަރު އިތުރުވީ:

  • ކްރެޑިޓް ކާޑު ބޭނުންކުރާ މިންވަރު އިތުރުވުމުން

  • ދަރަންޏަށް ނުވަތަ އިންސްޓޯލްމަންޓަށް މުދާ ހޯދުން އިތުރުވުމުން

އެނގުން މުހިންމު - މި ދެ ގޮތަކީ އެއްފަހަރާ ފައިސާ ދެއްކުމުގެ ބަދަލުގައި މަހުން މަހަށް ވަކި އަދަދެއް ދައްކައިގެން އަގުބޮޑެތި މުދާ ގަނެވޭ ދެ ގޮތެވެ. ކޮންމެ މަހަކު ކުޑަ އަދަދެއް ކެނޑުމަކީ ލުއި ގޮތެއް ނަމަވެސް، މުޅި ޖުމުލަކޮށް އަތުން ހަރަދުވާ މިންވަރު ބޮޑުވާނެ އެވެ.

ދިވެހިން އާންމުކޮށް ކްރެޑިޓަށް ނަގައި އުޅޭ މުދަލުގެ ތެރޭގައި:

  • ސައިކަލު

  • ސްމާޓްފޯނު

  • ފަރުނީޗަރު

  • އެ ނޫން ވެސް ގޭތެރޭގެ ސާމާނު

ކޮމެންޓް (1)

އަލީ1

23 ޖުލައި 2022
ހިޔާ ފްލެޓްތަކަށް އެއްފަހަރާ އެތައް ބަޔަކު ބަދަލުވުމުގެ ހިއްސާއެއް މީގަ ވާނެ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް