މީޑިއާނެޓް

ޔޫރަޕުގެ ބޮޑު 4 ލީގުގެ މެޗުތައް މީޑިއާނެޓުން ބަލައިލެވޭނެ

ދިވެހިންގެ މެދުގައި މަގުބޫލު އިނގިރޭސި، ސްޕެއިން، އިޓަލީ އަދި ފްރެންޗު ލީގުގެ މެޗުތައް މީޑިއާނެޓުގައި ހިމެނޭ އައިސްގެ ޗެނަލްތަކުން ވަގުތުން ދައްކާނެ
4 އޯގަސްޓު 2022

ޔޫރަޕުގެ ފުޓުބޯޅަ ބޮޑެތި ލީގުތަކުގެ މެޗުތަކަކީ ގިނަ އަދަދެއްގެ ދިވެހިން ފޯރިއާ އެކު ބަލާ މެޗުތަކެކެވެ. އާ ސީޒަން ފަށަން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ޔޫރަޕުގެ އެންމެ ބޮޑެތި ލީގުތަކުގެ މެޗުތައް މީޑިއާނެޓުގެ އައިސް ޗެނަލްތަކުން ވަގުތުން ދައްކަން ވަނީ ހަމަޖެހިފަ އެވެ.

ދިވެހިންގެ މެދުގައި މަގުބޫލު ހަތަރު ލީގެއްގެ މެޗުތައް އައިސްއިން ދައްކާނެ އެވެ. އެ ލީގުތަކަކީ:

  • އިންގްލިޝް ޕްރިމިއާ ލީގު

  • އިޓާލިއަން ސެރީ އޭ

  • ސްޕެނިޝް ލަ ލީގާ

  • ފްރެންޗް ލީގް 1

އެ ހަތަރު ލީގުގެ މެޗުތައް މީޑިއާނެޓުގައި ހިމެނޭ އައިސްގެ ތިން ޗެނަލްއިން ދައްކާނެ އެވެ. އެ ޗެނަލްތަކަކީ:

  • އައިސް ޓީވީ (ޗެނަލް 100)

  • އައިސް ސްޕޯޓްސް (ޗެނަލް 102)

  • އައިސް ޕްލަސް (ޗެނަލް 888)

މީޑިއާނެޓުގެ އެމްއެސްޓިވީ ނުވަތަ އެމްއެސް ލައިޓްއަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް، އެއްވެސް މެޗެއް ގެއްލުވާނުލައި ބެލުމުގެ ފުރުސަތު ވެސް ލިބޭނެ އެވެ. އެގޮތުން އެމްއެސްޓީވީ އާއި އެމްއެސް ލައިޓްގައި ހިމެނޭ 'ކެޗްއަޕް' ފީޗާގެ ބޭނުންކޮށްގެން، އެއް ވަގުތެއްގައި ދެ މެޗު ކުޅުނަސް، ރިވައިންޑް ކޮށްގެން ބޭނުން ވަގުތަކު މެޗުތައް ބަލައިލެވޭނެ އެވެ.

މީޑިއާނެޓުގެ އެމްއެސް ޑިޖިޓަލް މޮބައިލް އެޕްލިކޭޝަންއަށް ސަބްސްކްރައިބް ކުރުމުން ނުވަތަ މީޑިއާނެޓުގެ ކުއިކްޕޭއިން ވައުޗާއެއް ގަނެގެން ބޭނުން ތަނެއްގައި ބޭނުން ވަގުތެއްގައި ވެސް މެޗުތައް ބަލައިލެވޭނެ އެވެ.

ޔޫރަޕުގެ ފުޓުބޯޅަ އަލުން ފަށާއިރު، ނިމުނު ސީޒަނަށްވުރެ މި ސީޒަން ފޯރިގަދަވާނެ ކަމަށް ބެލެވެ އެވެ. ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ އާ ސީޒަން ފަށާނީ:

  • އިންގްލިޝް ޕްރިމިއާ ލީގު: 6 އޮގަސްޓް

  • ފްރެންޗް ލީގު 1: 7 އޮގަސްޓް

  • ސްޕެނިޝް ލަ ލީގާ އާއި އިޓާލިއަން ސެރީ އޭ: 13 އޮގަސްޓް

އިތުރު އާޓިކަލް

އިތުރު އާޓިކަލް