Majlis 2024

ދީޕިކާ

ދީޕިކާ ޕަޑުކޯން

ވޯލްޑް ކަޕްގެ ފައިނަލް މެޗަށްް ދީޕިކާ ވެސް ދާނެ

ފައިނަލް މެޗު ބަލާލުމަށް ގަތަރަށް ގޮސް އިންޑިއާ ތަމްސީލްކުރުމަށް ރަންވީރަށް ވެސް ވަނީ ދައުވަތު ދީފައި
6 ޑިސެމްބަރު 2022

ގަތަރުގައި ކުރިއަށް ދާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ބޮލީވުޑްގެ ތަރި ދީޕިކާ ޕަދުކޯން ވެސް ބައިވެރިވާނެ ކަމަށް ބުނެފި އެވެ.

ދީޕިކާގެ ފިރިމީހާ، ރަންވީރު ސިންގަށް ފައިނަލް މެޗު ބަލަން ދިޔުމަށް ވަނީ ދައުވަތު ދީފަ އެވެ. ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެ މެޗު ބަލާލުމަށް ގަތަރަށް ގޮސް އިންޑިއާ ތަމްސީލްކުރުމަށް ރަންވީރަށް ވަނީ ދައުވަތު ދީފަ އެވެ. އެ ދަތުރުގައި ފުޓްބޯޅައިގެ މަޝްހޫރު ތަރިންނާ އޭނާ ބައްދަލު ކުރާނެ ކަމަށް ވެސް ވެ އެވެ.

ރަންވީރުގެ އިތުރުން ދީޕިކާ އަށް ފައިނަލް މެޗުގެ ދައުވަތު ދީފައިވާއިރު މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވޯލްޑް ކަޕްގެ ޝަރަފްވެރި ތަށި ދައްކާލާނީ ދީޕިކާ ކަމަށްވެ އެވެ. މިއީ މިފަދަ ފަހުރެއް އިންޑިއާ މީހަކަށް ލިބޭ ފުރަތަމަ ފަހަރެވެ.

ދީޕިކާ ވަނީ މި އަހަރުގެ ކާން ފިލްމު ފެސްޓިވަލުގައި އިންޑިއާ ތަމްސީލު ކޮށްފަ އެވެ. 

ލުއީ ވިޓޯން، އެޑިޑާސް، ލީވައިސް އަދި ކާޓިއޭ ފަދަ ބޮޑެތި ބްރޭންޑުތަކުގެ އެމްބެސެޑަރުކަން ވެސް ކުރާ ދީޕިކާ އަށް މި ލިބުނު ފުރުސަތާއެކު ގިނަ ބަޔަކު ދަނީ އޭނާ އަށް މަރުހަބާ ކިޔަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް