Majlis 2024

އެއާ އިންޑިއާގެ މަތިންދާބޯޓެއް ވީއައިއޭ އަށް ޖައްސަނީ (ފޮޓޯ/އެމްއޭސީއެލް)

އެއާ އިންޑިއާގެ ފްލީޓަށް އެއާބަސް އޭ350ގެ ބޯޓު ގަންނަނީ

މިއީ 2006ގެ ފަހުން އެ އެއާލައިނުން އާ މަތިންދާބޯޓު ގަންނަ ފުރަތަމަ ފަހަރު
20 ޖޫން 2022

އެއާ އިންޑިއާ ހިންގުމާ ޓާޓާ އިން ހަވާލުވުމަށް ފަހު ގެންނަ މުހިއްމު ބަދަލުތަކުގެ ތެރެއިން އެއާލައިނުގެ ފްލީޓަށް އާ ބޯޓު އިތުރުކުރަން ނިންމާފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެއާ އިންޑިއާގެ ފްލީޓަށް އެއާބަސް އޭ350 މަރުކާގެ ބޯޓު ގަންނަން އުޅޭ ކަމަށް އަޑުތައް ފެތުރިފައިވާއިރު، އެ މަރުކާގެ ބޯޓު ދުއްވުމަށް ބޭނުންވާ ތަމްރީން ހަދަން ޝައުގުވެރިވާ އެ އެއާލައިނުގެ ޕައިލެޓުންނަށް އެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެއާ އިންޑިއާގެ މުވައްޒަފުންނަށް ފޮނުވާފައިވާ އެތެރޭގެ ސާކިއުލާއެއްގައި އެ ފުރުސަތު ހުޅުވާލި ނަމަވެސް ޓާޓާ އިން އެކަމާ ގުޅޭގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

އެއާބަސް ކުންފުނިން ވަނީ އެއާ އިންޑިއާ އިން އެއާބަސް އޭ350 އަށް އޯޑަރު ދީފައިވާކަމުގެ އިޝާރާތެއް ދީފަ އެވެ. އެ ކުންފުނީގެ އިސް އޮފިޝަލަކު އެފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، އެކަން އެހެން ވެއްޖެ ނަމަ އެއާ އިންޑިއާ ވާނީ އިންޑިއާގައި އެއާބަސް އޭ350 މަރުކާގެ މަތިންދާބޯޓު ފްލީޓުގައި ހިމަނާ ފުރަތަމަ އެއާލައިނަށެވެ. މީގެ އިތުރުން މިއީ 2006 ވަނަ އަހަރުގެ ފަހުން އެ އެއާލައިނުގެ ފްލީޓަށް އާ މަތިންދާބޯޓު ގަންނަ ފުރަތަމަ ފަހަރެވެ.

އިންޑިއާގެ އޭވިއޭޝަން ދާއިރާގައި ވާދަވެރިކަން ބޮޑުއިރު އެއާ އިންޑިއާ އަށް ލިބެނީ މާކެޓު ޝެއާގެ ފަސްވަނަ އެވެ. އެއްވަނާގައި އޮތީ ލޯކޮސްޓު ކެރިއަރު އިންޑިގޯ އެވެ. ދެވަނަ ގޯފަސްޓް އަށް ލިބޭއިރު ދެން މާކެޓުގައި އެންމެ ބޮޑު ހިއްސާއެއް އޮތީ ސްޕައިސް ޖެޓު އަދި ވިސްޓާރާ އަތުގަ އެވެ.

މީގެ 90 އަހަރު ކުރިން އެއާ އިންޑިއާ ހިންގަން ފެއްޓި ކުންފުނި، ޓާޓާއިން އަލުން އިންޑިއާގެ ގައުމީ އެއާލައިން ހިންގުމާ ހަވާލުވީ، އެ އެއާލައިނުގެ ދަރަނި ބޮޑުވެ، އެއާލައިން އަލުން ޕްރައިވެޓައިޒް ކުރުމަށް ނިންމައި އިންޑިއާ ސަރުކާރުން ހުޅުވާލި ބިޑު ކާމިޔާބުކޮށްގެންނެވެ.

އެ ބިޑު ޓާޓާއިން ކާމިޔާބު ކުރީ މިދިޔަ އޮކްޓޯބަރު މަހު އެވެ.

އެއާ އިންޑިއާ އަކީ އެންމެ ފުރަތަމަ ޓާޓާ ގްރޫޕުގެ ދަށުން ހިންގި އެއާލައިނެކެވެ. ޖޭއާރުޑީ ޓާޓާގެ ބެއްލެވުމުގެ ދަށުން 1932 ވަނަ އަހަރު އުފެއްދި އެ އެއާލައިން ގައުމީ އެއާލައިނުގެ ގޮތުގައި ހަމަޖެއްސީ 1953 ވަނަ އަހަރު އެވެ.  

އިތުރު އާޓިކަލް

އިތުރު އާޓިކަލް