އެކްޓްރެސް ބްލޭކް ލައިވްލީގެ މެޓް ގާލާ ކޮސްޓިއުމް: މީހުން ސިއްސުވާލައި ތައުރީފް ހޯދި ހެދުމެއް.

ފެޝަން

ފެޝަން ދުނިޔޭގެ އެންމެ ބޮޑު ހަފްލާ މެޓް ގާލާގެ އެންމެ ރީތި އަދި އެންމެ ހުތުރު ލުކްސް

މަޝްހޫރު ތަރިން މެޓް ގާލާގެ ރެޑް ކާޕެޓް މަތީ އެމީހުންގެ ޑިޒައިނާ ހެދުންތައް ދައްކާލި

ފެޝަން ދުނިޔޭގެ އެންމެ ބޮޑެތި ތަރިން އެއް ތަނަކުން ފެންނަ ހަފްލާ އަކީ މެޓް ގާލާ އެވެ. ނިޔު ޔޯކް ސިޓީގެ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓްސްގެ ކޮސްޓިއުމް އިންސްޓިޓޫޓްގައި މިދިޔަ ހޯމަ ދުވަހު ބޭއްވި ގާލާ އިވެންޓުގައި ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީންނާއި ފެޝަން ދާއިރާގެ އިސް މީހުން ބައިވެރިވި އެވެ.

މި އަހަރުގެ ހަފްލާގައި ދަމާލައިފައި އޮތް ރަތް ދޫލަ މަތިން ބިލީ އައިލިޝް، ކާޑީ-ބީ، ނިކީ މިނާޖް، ކިމް ކާޑޭޝިއަން އަދި ރޮޒާލިއާ ފަދަ ތަރިން އެމީހުންގެ ހިތްގައިމު ހެދުންތައް ބެލުންތެރިންނަށް ދައްކާލި އެވެ. ކޮންމެ ތަރިއެއް ވެސް ލައިގެން ހުރީ ޑިޒައިނާ ހެދުމެކެވެ. އެކަމަކު އެ ހެދުންތަކަށް އިންސާފުކުރީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ހަފްލާ ބެލި އާއްމު މީހުންނެވެ. 

ކޮންމެ އަހަރެއްގެ މެޓް ގާލާގައި ވެސް ހާއްސަ އެކި ކަންކަން ހިމެނެ އެވެ. މިފަހަރު ފާހަގަވި މައިގަނޑު ކަންތައްތަކަށް ބަލައިލަން ހިނގާށެވެ.

މި އަހަރުގެ ތީމް އަކީ 'އިން އެމެރިކާ: އެން އެންތޮލޮޖީ އޮފް ފެޝަން'

މެޓް ދާރުލްއާސާރުގެ އަހަރީ ބޮޑު ފެޝަން މައުރަޒު އިފްތިތާހު ކުރުމަށް ކޮންމެ އަހަރަކު ވެސް ގާލާ އިވެންޓެއް ބާއްވަ އެވެ. އަދި މި އިވެންޓަށް ކޮންމެ އަހަރަކު ވެސް އާ ތީމަކާއި 'ޑްރެސް ކޯޑެއް' ދީފައި އޮވެ އެވެ. އިވެންޓުގެ މެހުމާނުން އެއާ އެއްގޮތަށް ހެދުން އަޅަން ޖެހެ އެވެ.

މި އަހަރުގެ ތީމަކީ 'އިން އެމެރިކާ: އެން އެންތޮލޮޖީ އޮފް ފެޝަން' އެވެ. އަދި 'ޑްރެސް ކޯޑް' އަކަށް މެހުމާނުންނަށް ދީފައިވަނީ 'ގިލްޑެޑް ގްލެމާ' އާއި 'ވައިޓް ޓައި' އެވެ. މެހުމާނުން ތީމް އާއި ޑްރެސް ކޯޑުގެ މައުލޫމާތު ހޯދައިގެން އެއާ ގުޅޭ ހެދުމެއް ލާން އޮތީ ޖެހިފަ އެވެ.

މިފަހަރުގެ ތީމުގައި ހިމަނާފައިވަނީ އެމެރިކާގެ ފެޝަން އާއި އޭގެ މައިގަނޑު ބައިތަކާއި އެމެރިކާގެ އެންމެ މޮޅެތި އެކަމަކު ފޮރުވިފައިވާ ފަންނުވެރިން ފާހަގަ ކުރުމެވެ. މި ތީމަކީ މިދިޔަ އަހަރުގެ ތީމް 'އިން އެމެރިކާ: އަ ލެކްސިކޮން އޮފް ފެޝަން'އާ ގުޅުވާލާފައިވާ ދެވަނަ ބަ އެވެ.

މި އަހަރުގެ މައުރަޒުގެ ކިއުރޭޓަރު އެންޑްރޫ ބޯލްޓަން ބުނިގޮތުގައި 13 ކޮޓަރިއެއްގައި އެމެރިކާގެ އެކި ޒަމާންތައް ދައްކާލައި އެ ގައުމުގެ ސްޓައިލް އުފެދި ތަރައްގީވި ގޮތް ކިޔައިދޭނެ އެވެ. މީގެ އިތުރުން އާއްމުކޮށް މީހުންނަށް އެނގިފައި ނުވާ ހުނަރުވެރި ފެހުންތެރިންނާއި ޑިޒައިނަރުންނާއި އެކި ފަންނުވެރިންގެ މަސައްކަތް ވެސް މި މައުރަޒުގައި ދައްކާލާނެ އެވެ.

"ޗާލްސް ޖޭމްސް، ހޯލްސްޓަން، އޮސްކާ ޑެ ލަ ރެންޓާ ފަދަ ނަންތަކަކީ ފެޝަން ކިޔަވާ ދަރިވަރުންނަށް އާއްމުކޮށް އިވޭ ނަންތަކެއް. އެމީހުންގެ މަސައްކަތް ވެސް މި މައުރަޒުގައި ފެންނާނެ. އެކަމަކު ވަރަށް ގިނަ އެހެން ނަންތަކަކީ ތާރީހުން ހަނދާން ނެތިފައިވާ ނަންތަކެއް. އެހެންވީމަ އަހަރެމެންގެ މައިގަނޑު އެއް މަގުސަދަކީ އެ ނަންތަކާއި އެމީހުންގެ ހުނަރުތައް ފާހަގަ ކުރުން،" ބޯލްޓަން ބުންޏެވެ.

އެންމެ ރީތި އަދި އާއްމުންނަށް ކަމުދިޔަ ހެދުންތައް

މެޓް ގާލާ ވަގުތުން އެކި ޗެނެލްތަކުން އަދި ވޯގްއިން ބަލައިލުމުގެ ފުރުސަތު އާއްމުންނަށް ލިބުނެވެ. އަދި މިހާރު ގިނަ ބަޔަކަށް އެ އިވެންޓުގެ ހެދުންތައް ފެނި، މަލާމާތާއި ތައުރީފުގެ ޕޯސްޓުތަކުން އިންޓަނެޓު ފުރާލައިފި އެވެ. 

އިވެންޓުން ފެނުނު ގިނަ ލުކްތަކަކީ އާފުރޭ ކަހަލަ، އާދައިގެ ބަހުރުވައިން ބުނާ ނަމަ، "ވައި" ލުކްސްއޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ގިނަ ހެދުންތައް ސްޓައިލުކޮށްފައި ހުރީ މެޓް ގާލާގެ ތީމާ އެއްގޮތަކަށެއް ވެސް ނޫނެވެ. އަދި ގިނަ މީހުން ތީމާ އެއްގޮތަށް ހެދުން ލައިގެން ތިބީ އެ ސެލެބްރިޓީއެއްގެ ޝަހުސިއްޔަތާ ނުބައްދަލު، އެހާމެ ދެރަވަރުކޮށެވެ. އެކަމަކު އަތުން ގުނާލެވޭހާ މަދު އަދަދެއްގެ ތަރިންގެ ސްޓައިލް ފުރިހަމަ އެވެ.

  • ބްލޭކް ލައިވްލީ
  • ބްލޭކް ލައިވްލީގެ ހެދުން ނޫކުލައަށް ބަދަލުކޮށްލައިގެން
  • ބްލޭކް ލައިވްލީ މެޓް ގާލާގައި

އިވެންޓުން އެންމެ ބޮޑަށް ވިދާލި އެއް ތަރިއަކީ އެކްޓްރެސް ބްލޭކް ލައިވްލީ އެވެ. އޭނާގެ ބޮޑު ގައުން ފަރުމާކޮށްފައިވަނީ އެޓެލިއޭ ވަސާޗޭ އެވެ. އޭނަގެ ރޯޒް ގޯލްޑް، ކަބީލާ ހެދުމަށް ހިޔާލު ހޯދާފައިވަނީ ނިއު ޔޯކް ސިޓީގެ ގްރޭންޑް ސެންޓްރަލްގެ މެޕް އާއި އެމްޕަޔާ ސްޓޭޓް ބިލްޑިން އިންނެވެ. މެންހެޓަންގެ އުސް އިމާރާތްތަކުންނާއި އެ ތަންތަން ފަރުމާކުރުމުގެ ސްޓައިލުންނެވެ. 

ގިނަ ބަޔަކު ހައިރާންކޮށްލީ ބްލޭކް ލައިވްލީގެ ހެދުން އެހެން ކުލަޔަކަށް ބަދަލު ކޮށްލުމުންނެވެ. އޭނާ ފުރަތަމަ ރެޑް ކާޕެޓު މައްޗަށް އެރި އިރު ހެދުން ހުރީ ކަބީލާ ކުލައެއްގަ އެވެ. ދެން ހިނދުކޮޅަކުން އޭނަގެ ހެދުން ނިއުޅުވާލައި ބަދަލު ކޮށްލީ ނޫ ކުލައިގެ ހެދުމަކަށެވެ. މިކަން ފެނި އޭނާގެ ފިރިމީހާ ރަޔަން ރޭނޯލްޑްސް ވެސް ސިއްސައިގެން ދިޔަ އެވެ. ބްލޭކްގެ ދެ އަތަށް އަރުވައިގެން ހުރި ރޯޒް ގޯލްޑް އަންގި ޖޯޑު ވެސް ނޫ ކުލައަށް ބަދަލު ކޮށްލި އެވެ.

  • ބިލީ އައިލިޝް މެޓް ގާލާގައި
  • ބިލީ އައިލިޝް މެޓް ގާލާގައި
  • ބިލީ އައިލިޝް މެޓް ގާލާގައި
  • ބިލީ އައިލިޝް މެޓް ގާލާގައި
  • ބިލީ އައިލިޝް މެޓް ގާލާގައި
  •  ބިލީގެ ހެދުން ވައްތަރީ 1885ގައި އާޓިސްޓު ސާޖަންޓް ސިންގާ ކުރަހައިފައިވާ 'މެޑަމް ޕޯލް ޕޮއިރްސޮން'ގެ މި ކުރެހުމާ ކަމަށް ބައެއް މީހުން ބުނޭ

އެންމެންގެ ފޭވަރިޓް ލަވަކިއުންތެރިއާ ބިލީ އައިލިޝް ލައިގެން ހުރި ކަސްޓަމް ގޫޗީ ހެދުމަކީ އޭނާގެ ހަށިގަނޑާއި ރޫފައާ ގުޅޭ ހެދުމެކޭ ބުނުން ދޮގަކަށް ނުވާނެ އެވެ. މަޑު ފެއްސާއި ކްރީމް ކުލަ ގުޅުވާލައިފައި ހުރި މި ހެދުން އޭނާގެ ކަޅު އިސްތަށިގަނޑާއި ޝަހުސިއްޔަތާ ވެސް ގުޅެ އެވެ. ހެދުން ސްޓައިލްކޮށްފައި ހުރީ ތީމާ އެއްގޮތަށް، އެކަމަކު ވަރަށް ޒަމާނީ ގޮތަކަށެވެ. ބައެއް މީހުން ބުނިގޮތުގައި އެ ހެދުމުގައި ބިލީ ހީވަނީ 1885ގައި އާޓިސްޓު ސާޖަންޓް ސިންގާ ކުރަހައިފައިވާ 'މެޑަމް ޕޯލް ޕޮއިރްސޮން' ހެނެވެ.

  • ސާރާ ޖެސިކާ ޕާކާ
  • ސާރާ ޖެސިކާ ޕާކާ
  • ސާރާ ޖެސިކާ ޕާކާ
  • ސާރާ ޖެސިކާ ޕާކާ
  • ސާރާ ޖެސިކާ ޕާކާ

އެކްޓްރެސް ސާރާ ޖެސިކާ ޕާކާ ވެސް މިފަހަރު ލައިގެން ހުރީ ތީމާ ގުޅޭ ޒަމާނީ ހެދުމެކެވެ. އެމެރިކާގެ މިފަހުގެ މަގުބޫލު ޑިޒައިނަރު ކްރިސްޓޮފާ ޖޯން ރޮޖާސްގެ ކަޅާއި ހުދު ކުލައިގެ ހެދުމެއް ލައި ބޮލުގައި ސާރާ ޖެސިކާ ޕާކާގެ ސިގްނޭޗާ ފެސިނޭޓާއެއް ހަރުކޮށްފައި ހުއްޓެވެ.

ކްރިސްޓޮފާ ޖޯން ރޮޖާސް އަކީ އާއްމުކޮށް ވަރުގަދަ ކުލަތައް ބޭނުންކޮށްގެން ހެދުން ފަރުމާ ކުރާ ޑިޒައިނަރެކެވެ. އެކަމަކު މިފަހަރު އޭނާ ތަފާތު ކޮށްލި އެވެ. ހެދުމަށް ހިޔާލު ހޯދައިފައި ވަނީ 1860ގެ އަހަރުތަކުގައި އުޅުނު، ކަޅު ނަސްލަށް ނިސްބަތްވާ ޑިޒައިނަރު އެލިޒަބެތު ހޮބްސް ކެކްލީގެ ސްޓައިލުންނެވެ. އޭނާ އަކީ ފެހުންތެރިއެއް އަދި ލިޔުންތެރިއެއް ވެސް މެ އެވެ. މި ހެދުމަށް ގިނަ ފެޝަން ކްރިޓިކުންގެ ތައުރީފު ލިބިފައިވެ އެވެ.

  • ނަތާޝާ ޕޫނަވައްލާ
  • ނަތާޝާ ޕޫނަވައްލާ
  • ނަތާޝާ ޕޫނަވައްލާ
  • ނަތާޝާ ޕޫނަވައްލާ
  • ނަތާޝާ ޕޫނަވައްލާ

އިންޑިއާގެ މަޝްހޫރު ސޯޝަލައިޓު އަދި ވިޔަފާރިވެރިޔާ ނަތާޝާ ޕޫނަވައްލާ އަކީ ހޮލީވުޑްގެ އޭ-ލިސްޓު ތަރިންނާ އެކު ގިނަގިނައިން ފެންނަ މީހެކެވެ. އޭނާ މެޓް ގާލާ އިވެންޓަށް ލައިގެން ހުރި ހެދުމަށް އިންޑިއާގެ ފިލްމީ ތަރިންނާއި އާއްމުންގެ ތަރުހީބު ލިބުނެވެ.

އޭނާގެ ހެދުމަށް ތައުރީފު ހައްގުވަނީ އެ ހެދުން ފަރުމާ ކުރަން ކޮށްފައިވާ މަސައްކަތުގެ ސަބަބުންނެވެ. އިންޑިއާގެ މަގުބޫލު ޑިޒައިނަރު ސަބްޔަސަޗީ ފަރުމާ ކޮށްފައިވާ، ސާޅިއަކާ ވައްތަރު އެ ހެދުން ހުރީ އަތުން އެމްބްރޮއިޑާކޮށް، މިނާ ޖަހައި، މަހުމާ ފޮތިކޮޅުތައް ވަކިވަކިން ޕްރިންޓުކޮށް، ކްރިސްޓަލް އަދި ސެމީ-ޕްރެޝަސް ސްޓޯން ހަރުކޮށްފަ އެވެ. ސަބްޔަސަޗީ ބުނިގޮތުގައި ނަތާޝާ ބޭނުންވީ 'ގިލްޑެޑް ގްލެމާ' އިންޑިއާގެ ނަޒަރަކުން ދައްކައިދޭށެވެ. ހެދުމާ ގުޅުވާލާފައި ހުރީ މަޝްހޫރު ޑިޒައިނާ ސްކިއަޕަރެއްލީ ޑިޒައިން ކޮށްފައިވާ ބައެކެވެ.

އެންމެ ހުތުރު ހެދުންތައް

  • ކަމިލާ ކަބެއްލޯ
  • ކަމިލާ ކަބެއްލޯ
  • ކަމިލާ ކަބެއްލޯގެ ހެދުމަށް މަލާމާތްކޮށްފައިވާ މީމްއެއް
  • ކަމިލާ ކަބެއްލޯ

މި އަހަރުގެ މެޓް ގާލާގެ ގިނަ ހެދުންތައް ފާހަގަވަނީ ފަނޑުކަމާއި އުނިކަމުގެ ގޮތުންނެވެ. އޭގެ ތެރެއިން ވެސް އެންމެ ހުތުރު ހެދުންތަކުގެ ތެރޭގައި ހިމެނޭ ފުރަތަމަ ނަމަކީ ކަމިލާ ކަބެއްލޯ އެވެ. އޭނާގެ ހެދުން ފަރުމާކޮށްފައިވަނީ ނޭޕާލްއަށް ނިސްބަތްވާ ޑިޒައިނަރު ޕްރަބަލް ގުރުންގް އެވެ. ތީމާ ގުޅުމެއް ނެތުމުގެ އިތުރުން ހެދުމުގެ ފިޓު، ބޭނުންކޮށްފައިވާ ފޮތިގަނޑު އަދި ކުލަތަކާއި މުޅި ސްޓައިލު ވެސް ވަރަށް ހުތުރެވެ. ކަމިލާގެ މި ހެދުމަށް މަލާމަތްކޮށް އެތައް މީމެއް ވެސް ހަދައިފައިވެ އެވެ.

  • ކައިލީ ޖެނާ
  • ކައިލީ ޖެނާ
  • ކައިލީ ޖެނާ

ކާޑޭޝިއަން އާއިލާގެ އެންމެން މެޓް ގާލާއަށް ދިޔަ އިރު އޭގެ ތެރެއިން އެކަކު ވެސް ތީމާ ގުޅޭ ސްޓައިލަކަށް ހެދުން ލާފައެއް ނެތެވެ. ކިމް ކާޑޭޝިއަންގެ ކޮއްކޮ ކައިލީ ޖެނާގެ ހެދުމަށް ވަކިން ބޮޑެތި ފާޑުކިޔުންތަކާއި މަލާމާތް ރައްދުވި އެވެ.

ކައިލީ ލައިގެން ހުރީ ބޮޑު ހުދު ހެދުމެކެވެ. އެއީ ޑިޒައިނާ ވާޖިލް އަބްލޮ ފަރުމާކުރި އޮފް ވައިޓު ބްރޭންޑުގެ ހެދުމެކެވެ. އެކަމަކު މި ހެދުމާއި މެޓް ގާލާގެ ތީމާ ގުޅުމެއް ނެތްކަން ގިނަ ބަޔަކު ފާހަގަކުރި އެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ސެލެބްރިޓީން އެއް ތަނަކުން ފެނުނު މި ބޮޑު ހަފްލާގައި ފެޝަން ޑިޒައިނަރުންނާއި ސްޓައިލިސްޓުންގެ މިންނެތް މަސައްކަތް ފެނިގެންދިޔަ އެވެ. އެންމެ ރީތި އަދި ހުތުރު ލިސްޓުގައި ނުހިމެނޭ އެކަމަކު ހިތްގައިމު ހެދުންތަކެއް ލައިގެން ތިބި ގިނަ އަދަދެއްގެ ސެލެބްރިޓީން ފެނުނެވެ. އެ ހެދުންތަކަކީ މެޓް ގާލާއާ ނުގުޅޭ ހެދުންތަކަކަށް ވިޔަސް އެހެން މުނާސަބަތަކަށް ޗާލު ލުކްސް ކަމަށް ބުނެވިދާނެ އެވެ.

  • ނިކީ މިނާޖް ބާބަރީ ހެދުމެއްގައި
  • ކިމް ކާޑޭޝިއަން، ބޮބް މެކީ 60ގެ އަހަރުތަކުގައި އެކްޓްރެސް މެރިލިން މޮންރޯއަށް ފަރުމާކޮށްދިން ހެދުމެއް ލައިގެން
  • ކާޑީ-ބީ ވަސާޗޭ ހެދުމެއްގައި
  • މޮޑެލް އެމްބާ ވެލެޓާ ވިންޓޭޖު އައްޒާރޯ ހެދުމެއްގައި
  • ޓިއާނާ ޓޭލާ، އައިރިސް ވޭން ހާޕަން ހެދުމެއްގައި
  • ޖީޖީ ހަދީދު ވަސާޗޭ ހެދުމެއްގައި
  • ކޯޑީ ސްމިތް މެކްފީ، ބޮޓެގާ ވެނެޓާ ހެދުމެއްގައި
  • އެލީޝިއާ ކީޒް ރަލްފް ލޯރެން ހެދުމެއް ލައިގެން
  • ޕަލޮމާ އެލިސާ، ކޯޗު ހެދުމެއް ލައިގެން
  • ލޯރާ ހެރިއާ، ގްލެމައުޑް ހެދުމެއް ލައިގެން
  • އިވަން މޮކް، ހެޑް އޮފް ސްޓޭޓް ޑިޒައިނެއްގައި
  • ޖެނެލް މޮނޭ، ރަލްފް ލޯރެން ހެދުމެއްގައި
  • ކަޔާ ގާބާ، އެލެގްޒޭންޑާ މެކުއީން ގައުނެއް ލައިގެން
  • އެމާ ޗޭމްބަލެއިން، ލުއި ވުޓަން ހެދުމެއް ލައިގެން
  • ނިކޮލާ ކޯލަން، ރިޗަޑް ކުއިން ފަރުމާކުރި ހެދުމެއް ލައިގެން
  • ބެލާ ހަދީދު ބާބަރީ ޑިޒައިނެއް ލައިގެން

އިތުރު އާޓިކަލް

އިތުރު އާޓިކަލް