ދެ ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

އެމްޓީސީސީ

2 ރަށެއްގެ ގޮނޑުދޮށް ހިމާޔަތްކުރަން 58 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

ފިޔޯރީ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތް ވެސް އެ ކުންފުންޏާ މިއަދު ވަނީ ހަވާލުކޮށްފައި

ށ. ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން، ގދ. ފިޔޯރީ ގޮނޑުދޮށް ހިމާޔަތްކޮށް އެ ރަށުގެ ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތުގެ އެއްބަސްވުމުގައި:

  • މިނިސްޓްރީގެ ފަރާތުން ސޮއިިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް 

  • އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމް

ތަފްސީލް - މިއަދު ސޮއިކުރި ދެ އެއްބަސްވުމުގެ ދަށުން:

  • ފުނަދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކުރީ ގާތްގަނޑަކަށް ނުވަ މަސްދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 20 މިލިއަން ރުފިޔާއަށް

  • ފިޔޯރީ ގޮނޑުދޮށް ހިމާޔަތްކޮށް ބަނދަރު އަޕްގްރޭޑުކުރުމުގެ މަސައްކަތް ހަވާލުކުރީ 400 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، 38.9 މިލިއަން ރުފިޔާއަށް

އިތުރު އާޓިކަލް

އިތުރު އާޓިކަލް