ޑްރަގު ނައްތާލުމަށް ކ. ދޫނިދޫގައި 28 ޑިސެމްބަރު 2021ގައި ބޭއްވި ހަރަކާތެއްގައި ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އިސް ރޭންކުތަކުގެ ފުލުހުންނާ އެކު (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ފުލުހުން

އިންޓަޕޯލް ހެޑްކުއާޓަރުގައި މަސައްކަތްކުރުމަށް ދިވެހި ޗީފް އިންސްޕެކްޓަރަކު ފޮނުވަނީ

ތިން އަހަރަށް ފްރާންސަށް ދާ އޮފިސަރު މަސައްކަތްކުރާނީ ސްޕެޝަލިސްޓް ކްރައިމް ޔުނިޓެއްގައި
18 އޮކްޓޯބަރު 2022
1

ފްރާންސްގެ ލިޔޯންގައި ހުންނަ އިންޓަޕޯލްގެ މައި މަރުކަޒުގައި މަސައްކަތްކުރުމަށް ދިވެހި ފުލުހުންގެ ޗީފް އިންސްޕެކްޓަރަކު ފުރަތަމަ ފަހަރަށް ފޮނުވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ތަފްސީލް - ހަމީދު ޓްވިޓާގައި ވިދާޅުވިގޮތުގައި ތިން އަހަރު ދުވަހަށް ފޮނުވާ ފުލުސް އޮފިސަރު މަސައްކަތްކުރާނީ ސްޕެޝަލިސްޓް ކްރައިމް ޔުނިޓެއްގަ އެވެ. 

ފޮނުވާނެ މީހަކު އިންޓަޕޯލް އިން ހޮވާފައިވާ ކަމަށާއި މި އަހަރު ނިމެންވާ އިރަށް އޭނާ ފުރާނެ ކަމަށް ހަމީދު ވިދާޅުވި އެވެ. ނަމަވެސް އެއީ ކާކު ކަމެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.

ޕޮލިސް ކޮމިޝަނަރު ހަމީދުގެ ޓްވީޓް

ހަމީދު ވިދާޅުވީ ފުލުހުންގެ ގާބިލްކަން އިތުރުކޮށްދޭނެ މި ފުރުސަތުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ދިވެހި ފުލުހުންގެ ދަރަޖަ އުފުލިގެންދާނެ ކަމަށެވެ. އަދި މިއީ ކުށްކުުރުން ހުއްޓުވުމުގެ ބައިނަލްއަގުވާމީ މަސައްކަތުގައި ރާއްޖެ އިން އަދާކުރަމުން އަންނަ ދައުރު އަންގައިދޭ ކަމެއްކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

ފަސްމަންޒަރު - އެކި ގައުމުތަކުގެ ފުލުހުންގެ ހިދުމަތްތައް ގުޅިގެން މަސައްކަތްކުރުމަށް އުފައްދާފައިވާ އިންޓަޕޯލްއަކީ 195 މެމްބަރު ގައުމު ހިމެނޭ ޖަމާއަތެކެވެ. ރާއްޖެ އިންޓަޕޯލްގެ މެމްބަރަކަށް ވީ 4 ސެޕްޓެމްބަރު 1984ގަ އެވެ.

ކޮމެންޓް (1)

އިބުރާ

19 އޮކްޓޯބަރު 2022
ތިވާނީ ގަވާއިދާއި ޚިލާފަށް ސިޓީ ކައުންސިލް ވިޔަފާރިކޮށްގެން ކުރި ޖޫރިމަނާ ކަމުގައި. މުއިއްޒު އައި ރުޅީގައި މަގުމައްޗަށް އެއްލާލީ ކަމަށް ވާނީ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް