Majlis 2024

ބަޖެޓާ ގުޅޭ ހިސާބުތަކެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބައްލަވަނީ: ލޯނު ދައްކަން ކުރަން ޖެހޭ ހޭދަ ވަރަށް ބޮޑު. (ދައުރު ފައިލް ފޮޓޯ/އަނާމް އަޒްމީލް)

ބަޖެޓް 2023

ފުރަތަމަ ހަފްތާ: ހަރަދަށް 664 މިލިއަން؛ ބޮޑީ ދަރަނި ދެއްކުން

ދައުލަތަށް ނަގާފައިވާ ލޯނު ދައްކަން 386 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުނު
15 ޖެނުއަރީ 2023

އަހަރުގެ ފުރަތަމަ ހަފްތާގައި ދައުލަތުގެ ހަރަދުތަކަށް 664 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު އެ ހަރަދުގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހޭދަވީ ދަރަނި ދެއްކުމަށް ކަން ތަފާސްހިސާބުތަކުން އެނގިއްޖެ އެވެ.

ވީ ކިހިނެއް؟ - ފިނޭންސް މިނިސްޓްރީއިން މިދިޔަ ބުދަދުވަހު އާންމުކުރި ސަރުކާރުގެ މި އަހަރުގެ ފުރަތަމަ ހަފްތާގެ އާމްދަނީ އާއި ހަރަދުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި:

  • ޖެނުއަރީ 1 އިން 5 އަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބުނީ 61.9 މިލިއަން ރުފިޔާ

  • ނަމަވެސް އެ މުއްދަތުގައި 664.5 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ހަރަދުކޮށްފައި؛ ދުވާލަކަށް 132.9 މިލިއަން

  • އެއީ، 600 މިލިއަނެއްހާ ރުފިޔާގެ ޑެފިސިޓެއް

  • 386 މިލިއަން ރުފިޔާ ވަނީ ލޯނު ދެއްކުމަށާއި ލޯނުގެ އިންޓަރެސްޓަށް ހަރަދުކޮށްފައި؛ ހަރަދުގެ %58

  • އުމްރާނީ މަޝްރޫއުތައް ނުވަތަ ޕީއެސްއައިޕީއަށް 89.3 މިލިއަން ރުފިޔާ

  • ރިކަރަންޓް ހަރަދު ނުވަތަ ދުވަހަށް ދުވަހަށް ހިނގާ އިދާރީ ހަރަދުތަކަށް 295.6 މިލިއަން ރުފިޔާ

ފައިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ބަޖެޓާ ގުޅޭ ހިސާބުތަކެއް ބައްލަވަނީ -- ދައުރު ފޮޓޯ/ އިބްރާހީމް އާދަމް

ސަބްސިޑީއަށް 171 މިލިއަން

ފިނޭންސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އަހަރުގެ ފުރަތަމަ ހަފްތާގައި ސަބްސިޑީއަށް 171 މިލިއަން ރުފިޔާ ހޭދަކުރި އެވެ.

އެއް އިދާރާއަކަށް ބަލާ ނަމަ އެންމެ ބޮޑު ހޭދައެއް ކުރަން ޖެހުނީ ހައުސިން މިނިސްޓްރީއަށެވެ. އެގޮތުން ޕީއެސްއައިޕީއަށް ކުރި 89 މިލިއަން ރުފިޔާގެ ހޭދައަކީ ހައުސިންނަށް ދިން ފައިސާ އެވެ.

ދެން އެންމެ ބޮޑަށް ހަރަދެއް ކުރަން ޖެހުނީ އައިޖީއެމްއެޗް އާއި މާލޭ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށެވެ. އެގޮތުން އެ ހަރަދުތަކަށް 4.2 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ދެން އެންމެ ބޮޑު ހޭދައެއް އަހަރުގެ ފުރަތަމަ ހަފުތާގައި ހިނގީ:

  • އެމްއެންޑީއެފް 3.1 މިލިއަން ރުފިޔާ

  • ފުލުހުންގެ އިދާރާ 1.2 މިލިއަން ރުފިޔާ 

ފުލުހުންނާއި ސިފައިން މާލޭގެ މަގެއްގައި ފޯރިމަރަނީ: އެ ދެ މުއައްސަސާއަށް ހިނގާ ހޭދަ ވަރަށް ބޮޑު (ދައުރު ފޮޓޯ)

ބޮޑު އާމްދަނީއެއް ޖީއެސްޓީ އާއި ރިސޯޓް ކުލިން

އަހަރުގެ ފުރަތަމަ ހަފްތާގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ރިސޯޓް ކުލިންނާއި ޖީއެސްޓީންނެވެ. އެގޮތުން އާމްދަނީ ލިބުނު މައިގަނޑު ދާއިރާތަކަކީ:

  • ރިސޯޓްތަކުގެ ކުލިން 32.6 މިލިއަން ރުފިޔާ

  • ޖީއެސްޓީ 14.5 މިލިއަން ރުފިޔާ

  • އެއާޕޯޓް ޑިވަލޮޕްމަންޓް ފީ (އޭޑީއެފް) އިން 4.7 މިލިއަން ރުފިޔާ 

  • ޑިޕާޗާ ޓެކްސްއިން 4.6 މިލިއަން ރުފިޔާ 

ފިނޭންސްގެ ހިސާބުތަކުން ދައްކާ ގޮތުގައި އާމްދަނީއަށް ލިބުނު ފައިސާގެ ތެރެއިން 8.3 މިލިއަން ރުފިޔާ ވަނީ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކޮށްފަ އެވެ. އަހަރު ފެށުނު އިރު އިންވެސްޓްކޮށްފައިވާ އަދަދާ އެކު ސޮވަރިން ފަންޑްގެ ޖުމްލަ އަދަދު 6.4 ބިލިއަން ރުފިޔާއަށް އަރައިފަ އެވެ. އެކަމަކު ސޮވަރިން ފަންޑްގެ ބޭންކް އެކައުންޓްގައި ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުރީ 1.8 ބިލިއަން ރުފިޔާ އެވެ.

މިއަހަރު ތެރޭ 871.4 މިލިއަން ރުފިޔާ ސޮވަރިން ފަންޑަށް ޖަމާކުރާނޭ ކަމަށް ސަރުކާރުން ލަފާކުރެ އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އާމްދަނީގެ ގޮތުގައި ލިބޭނޭ ކަމަށް ލަފާކޮށްފައި ވަނީ 32.1 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއަ ހަރުގެ ބަޖެޓް ދަރަނި ބުވަތަ ޑެފިސިޓް ހުންނާނީ 8.6 ބިލިއަން ރުފިޔާގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް