Majlis 2024

ރައީސް ސޯލިހުގެ ކެމްޕޭން އޮފީސް ހުޅުވުމަށް ފަހު މޭޔަރު އިސްމާއީލްއާ ރައީސް ސޯލިހު ސަލާމް ކުރައްވަނީ (ފޮޓޯ/ރައީސް ސޯލިހުުގެ ކެމްޕޭން އޮފީސް)

ރައީސް ސޯލިހަށް ފުވައްމުލަކުން ދޭނީ އޭޕްލަސްއެއް: މޭޔަރު

މޭޔަރު ވިދާޅުވީ ރައީސް ސޯލިހާ އެއްކޮށް މަސައްކަތް ކުރަން ވަރަށް ފަސޭހަ ކަމަށާއި ރައްޔިތުންގެ އަޑު އައްސަވައި އެގޮތަށް އަމަލު ކުރައްވާ ކަމަށް
21 ޖެނުއަރީ 2023

ޏ. ފުވައްމުލައް - ފުވައްމުލަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް ދޭން އޮތީ އޭ ޕްލަސް ކަމަށް ވިދާޅުވީ މި ސިޓީގެ މޭޔަރު އިސްމާއިލް ރަފީގުގެ ތާއީދު ރައީސް އިބްރާހިމް ސޯލިހަށް އޮތްކަން ހާމަކުރައްވައިފި އެވެ.

ބުނީ ކީކޭ - ރައީސް ސޯލިހު މިހާރު މި ސިޓީއަށް ކުރައްވަމުން އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭން ދަތުރުގެ ތެރެއިން މި ސިޓީ މާދަޑު އަވަށުގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އިސްމާއިލް ވިދާޅުވީ އެހެން ސަރުކާރަކުން ނުކުރާ ވަރުގެ މަސައްކަތްތައް ފުވައްމުލަކުގައި ރައީސް ސޯލިހުގެ ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން އިސްމާއިލް ވިދާޅުވީ މީގެ ކުރީގެ ސަރުކާރުތަކުން ކަންކަން ކޮށްފައި ހުރި ގޮތުން އަލުން ބަލުން މަޝްރޫއުތައް ފުވައްމުލަކުގައި ހިންގަން ޖެހިފައި ހުރި ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ކަންކަން ކުރަނީ އަލުން ކަންކަން ކުރަން ނުޖެހޭ ގޮތަށް ރާވައިގެންކަމަށް އިސްމާއިލް ވިދާޅުވި އެވެ. އެކަމަށް ޓަކައި ވެސް ރައީސް ސޯލިހަށް ޕްރައިމަރީގައި ތާއީދުކުރަން ޖެހޭ ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ: ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކުރެއްވި (ފޮޓޯ/ ރައީސް ސޯލިހު ކެމްޕޭން އޮފީސް)

މީގެ އިތުރަށް، އިސްމާއިލް ވިދާޅުވީ އޭނާ ބޭނުން ވަނީ ފުވައްމުލަކަށް ވެސް މި ސަރުކާރުން ގެންނަ ތަރައްގީ ދަމަހައްޓަން ކަމަށެވެ. އެކަން ކުރަން އެމްޑީޕީގެ ވެރިކަން ދަމަހައްޓަން ޖެހޭކަން ފާހަގަ ކުރައްވައި އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ހަގީގަތް މިވަގުތު އޮތް ގޮތުން އެމްޑީޕިއަށް އެކަނި ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވޭނޭ ކަމަށެވެ. އަދި އެކަން ކުރުމަށް ބޭނުން ވަނީ ދޫދޭ އެހެން ފަރާތްތަކާ ވެސް ގުޅިގެން މަސައްކަތް ކުރާނޭ ބޭފުޅެއް ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"މިދިޔަ ހަތަރު އަހަރު ތެރޭގައި އަޅުގަނޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާ ކުރެވިއްޖެ. ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އެމަނިކުފާނަށް އޭޕްލަސްއެއް. އަޅުގަނޑުވެސް ބޭނުންވަނީ ފުވައްމުލަކަށް ޕްލޭންކޮށްފައި ހުރި މަސައްކަތްތައް ކުރިއަށް ގެންދަން،" މޭޔަރު އިސްމާއިލް ވިދާޅުވި އެވެ.

"ރައީސްއާ އެކު މަސައްކަތްކުރަން ފަސޭހަ. ރައީސް މި ރަށުގެ ރައްޔިތުންގެ އަޑު އައްސަވާ." 

ފުވައްމުލަކު މޭޔަރު އިސްމާއިލް ރަފީގު މިރޭގެ ހަފްލާގައި ވާހަކަ ދައްކަވަނީ: ރައީސް ސޯލިހަށް ތާއީދު ކުރާކަން ހާމަކުރެއްވި (ފޮޓޯ/ ރައީސް ސޯލިހު ކެމްޕޭން އޮފީސް)

އޭނާ ވިދާޅުވީ ރައީސް ސޯލިހަށް ތާއީދު ކުރަނީ މި ސަރުކާރުން ފުވައްމުލަކަށް ތަރައްގީ ގެނެސްދޭނޭ ކަމުގެ ޔަގީންކަން ލިބިފައި ވާތީ އެވެ. އެކަން މި ސަރުކާރުން އަމަލުން ދައްކާފައިވާކަން ފާހަގަ ކުރައްވައި މިސާލެއްގެ ގޮތުން އިސްމާއިލް ނެންގެވީ ފުވައްމުލަކުގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫ އެވެ.

މިދިޔަ ހަތަރު އަހަރު ތެރޭގައި އަޅުގަނޑަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަޖުރިބާ ކުރެވިއްޖެ. ހަމަ ގައިމުވެސް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަދި ފުވައްމުލަކު ރައްޔިތެއްގެ ހައިސިއްޔަތުން ވެސް އަޅުގަނޑު ދޭނީ އެމަނިކުފާނަށް އޭޕްލަސްއެއް

އިސްމާއިލް ރަފީގު، ފުވައްމުލަކު މޭޔަރު

ކޮވިޑްގެ ދަތީގެ ތެރޭގައި 18.5 ކިލޯމީޓަރުގެ މަގު ހެދުމުގެ މަސައްކަތް ފަށާނޭ ކަމަށް ވަރަށް ގިނަ ބަޔަކު އޭރު ގަބޫލެއް ނުކުރި އެވެ. އެހެން ނަމަވެސް އެ ދަތި ދަނޑިވަޅުގައި ވެސް މަގުތައް ހަދަން ފަށައި މިހާރު ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މީގެ ކުރީ ސަރުކާރުތަކުގައި ފުވައްމުލަކުގައި ވަރަށް މަދު މަގުތަކެއް ހަދަން އެދުމުން ވެސް އެކަން ކޮށްދެވިފައެއް ނުވެ އެވެ.

މީގެ އިތުރަށް އިސްމާއިލް ވިދާޅުވީ ފުވައްމުލަކު ކައުންސިލުން އެދޭ ގޮތަށް މަޝްރޫއުތައް ރައީސް ހިންގަވައި ދެއްވައި ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ނިންމީ ފުވައްމުލަކުގައި 200 ހައުސިން ޔުނިޓް އެޅުމަށް ކަމަށް ނަމަވެސް ކައުންސިލުން އެދުމާ އެކު އިތުރަށް 200 ޔުނިޓް އިތުރުކޮށް އެ މަޝްރޫއުގެ ދަށުން އަޅާ ފްލެޓްގެ ޖުމްލަ 400 ޔުނިޓަށް ބަދަލު ކުރި ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި މަގުތައް ހެދުން ވެސް އެންމެ ފުރަތަމަ ނިންމި ވަރަށް ވުރެ ބޮޑުކުރީ ކައުންސިލުން އެދިގެން ކަމަށް ވެސް އިސްމާއިލް ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް ރައީސް ފުވައްމުލަކަށް އިސްކަން ދެއްވައި. ރާއްޖޭގެ އެހެން ރަށްރަށަށް ވެސް އިސްކަން ދެއްވާ. އެހެންވެ، އެ ޔަގީންކަމާ އެކު އަޅުގަނޑު ރައީސް އިބޫއަށް ދެވަނަ ދައުރެއް ހޯދަން މި ނުކުތީ. މި ރަށުން ރައީސް ސޯލިހަށް އަޅުގަނޑުމެން މެޖޯރިޓީ ހޯދާނަން،" އިސްމާއިލް ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް