(ފޮޓޯ/ ރޮއިޓާސް)

ސޯޝަލް މީޑިއާ

ސްނެޕް އިން 'ސްނެޕްޗެޓް+' ގެ ނަމުގައި ސަބްސްކްރިޕްޝަން ހިދުމަތެއް ޓެސްޓުކުރަނީ

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 83 ޑޮލަރުގައި ހުރި ސްނެޕް ކުންފުނީގެ ހިއްސާގެ އަގު އިއްޔެ ހުރީ 12 ޑޮލަރުގައި

ސޯޝަލް މީޑިއާ ކުންފުނިތަކުން އިތުރު އާމްދަނީ ހޯދުމަށް ސަބްސްކްރިޕްޝަން ހިދުމަތްތައް ފަށަމުންދާ ދުވަސްވަރެއްގައި މަޝްހޫރު ސްނެޕް ކުންފުނިން ވެސް މިފަދަ ހިދުމަތެއް ޓެސްޓު ކުރަމުންދާ ކަމަށް ބުނެފި އެވެ.

މަހަކު 5 ޑޮލަރު ދައްކަން ޖެހޭ ސަބްސްކްރިޕްޝަން ހިދުމަތެއް ސްނެޕް އިން ޓެސްޓު ކުރަމުންދާ ކަމުގެ ހަަބަރު މިދިޔަ ބުރާސްފަތި ދުވަހު ގިނަ ބަޔަކު ވަނީ ޓުވިޓާގައި އާއްމުކޮށްފަ އެވެ. އަދި ސްނެޕްގެ ތަރުޖަމާނު ލިޒް މާކްމަން ވަނި މިފަދަ ހިދުމަތެއް ޓެސްޓު ކުރަމުންދާކަން ސީއެންއެން އަށް ޔަގީން ވެސް ކޮށްދެއްވާފަ އެވެ. ނަމަވެސް މި ހިދުމަތުގައި ހިމެނޭނީ ކޮން ކަހަލަ ފީޗާތަކެއް ކަމެއް އަދި ހިދުމަތުގެ އަގާއި ފަށާނެ ތާރީހެއް މާކްމަން ހާމައެއް ނުކުރައްވަ އެވެ.

ސްނެޕްއިން މިފަދަ ހިދުމަތެއް ޓެސްޓު ކުރަމުންދާކަން މި އެނގުނީ ޓެކްނޮލޮޖީ ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތާ މަސްތަކެއް ވެފައި ވަނިކޮށެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 83 އެމެރިކާ ޑޮލަރުގައި ހުރި ސްނެޕް ކުންފުނީގެ ހިއްސާގެ އަގު އިއްޔެއާ ހަމައަށް އައިރު ވަނީ 12 ޑޮލަރަށް ވެއްޓިފަ އެވެ. އަދި މިއަ ހަރު ފުރަތަމަ ކުއާޓަރުގައި ސްނެޕް އަށް ވަނީ 350 މިލިއަން ޑޮލަރުގެ ގެއްލުމެއް ލިބިފަ އެވެ.

މި އަހަރު ދެވަނަ ކުއާޓަރުގައި ލިބޭނެ ކަމަށް ލަފާކުރެވިފައިވާ އާމްދަނީ ވެސް އިތުރަށް ދަށްވާނެ ކަމަށް ސްނެޕް އިން އިންވެސްޓަރުންނަށް މިދިޔަ މަހު އިންޒާރުދީފައި ވާއިރު، އިތުރު މުވައްޒަފުން ކުންފުންޏަށް ނެގުން މަޑުޖައްސާލާފައިވާކަން އަންގަވައި ސީއީއޯ އިވާން ސްޕީގެލް މެމޯއެއް ފޮނުއްވާފައިވާ ކަމަށް ބްލޫމްބާގް އާއި ނިއު ޔޯކް ޓައިމްސް އިން ވަނީ ރިޕޯޓުކޮށްފަ އެވެ.

ކޮމެންޓް

Placeholder

ސޯޝަލް މީޑިއާ

ސޯޝަލް މީޑިއާ