ރަންވީރު ސިންގް

ރަންވީރު ސިންގް

ބަރަހަނާ ފޮޓޯތަކާ ގުޅިގެން ރަންވީރު ފުލުހަށް ހާޒިރު ކުރަނީ

ބަޔާން ނެގުމަށް ރަންވީރު މި މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުވާން ނޯޓިސް ފޮނުވި ނަމަވެސް އޭނާ ގޭގައި ނޫޅޭތީ ނޯޓިސް ހަވާލު ނުކުރެވޭ ކަމަށްވޭ
13 އޯގަސްޓު 2022

މެގަޒިންއެއްގައި ޖެހި ރަންވީރު ސިންގުގެ ބަރަހަނާ ފޮޓޯތަކަކާ ގުޅިގެން އޭނާ ފުލުހަށް ހާޒިރުވާން ނޯޓިސް ފޮނުވައިފި އެވެ.

އެ މައްސަލާގައި ބަޔާން ނެގުމަށް ރަންވީރު މި މަހުގެ 22 ވަނަ ދުވަހު ފުލުހަށް ހާޒިރުވާން ނޯޓިސް ފޮނުވި ނަމަވެސް އޭނާ ގޭގައި ނޫޅޭތީ ނޯޓިސް ހަވާލު ނުކުރެވޭ ކަމަށްވެ އެވެ.

ބައިނަލްއަގުވާމީ މެގަޒިނެއް ކަމަށްވާ 'ޕޭޕާ'ގައި ޝާއިއުކުރި ރަންވީރުގެ ބަރަހަނާ ފޮޓޯތައް އާންމު ކުރުމުން އަމިއްލަ ޖަމްއިއްޔާއަކުން ވަނީ އެ މައްސަލަ ފުލުހަށް ހުށަހަޅައިފަ އެވެ. އިންޑިއާގެ ޕީނަލް ކޯޑާއި އައިޓީ ގާނޫނުގެ ދަށުން ރަންވީރުުގެ މައްސަލަ ބަލައިދިނުމަށް އެދި އެ ޖަމްއިއްޔާއިން މައްސަލަ ހުށަހެޅީ ރަންވީރު ސޯޝަލް މީޑިއާގައި އެ ފޮޓޯތައް އާއްމުކުރުމަކީ އަންހެނުންގެ ކަރާމާތަށް އުނިކަން އަންނަ އަމަލެއް ކަމަށް ބުނެ އެވެ.

އެ މައްސަލަ ހުށަހެޅުމާ ގުޅިގެން ގިނަ އަދަދެއްގެ ފަންނާނުން ވަނީ ރަންވީރުގެ ދިފާއުގައި ވާހަކަ ދައްކައިފަ އެވެ. އޭނާގެ ފޮޓޯ ޝޫޓުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ތަރިން ބުނެފައިވެ އެވެ.

ރަންވީރުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ ' ރޮކީ އޯރް ރާނީ ކީ ޕްރޭމް ކަހާނީ' ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް