މި މަހުގެ 4 ގައި ބޭއްވި މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް ހަރަކާތުގައި ބޭއްވި ކުޑަކުދިންގެ ހަވީރުގެ ތެރެއިން (ފޮޓޯ/މީޑިއާނެޓު)

މީޑިއާނެޓް

ވޯލްޑް ކަޕްގެ ފޯރިގަދަކުރަން މީޑިއާނެޓުން އިތުރު ހަރަކާތެއް

ކޮންމެ ހަފުތާއެކު ނަސީބުވެރި އެއް ފަރާތަށް 10,000ރ.ގެ ފައިސާގެ އިނާމެއް ލިބޭ ޕްރޮމޯޝަނެއް ވެސް ކުރިއަށް ގެންދާނެ
18 ނޮވެމްބަރު 2022

ގަތަރުގައި އަންނަ ހަފްތާގައި ފަށާ ފީފާ ވޯލްޑް ކަޕް ފުޓުބޯޅަ މުބާރާތް ބެލުމުގެ ފޯރިގަދަކުރަން މީޑިއާނެޓުން އަނެއްކާވެސް ހާއްސަ ހަރަކާތެއް ބާއްވަން ނިންމައިފި އެވެ.

ވީ ކިހިނެއް؟- ވޯލްޑްކަޕްގެ ރާއްޖޭގެ ލައިސެންސްޑް ބްރޯޑްކާސްޓަރު މީޑިއާނެޓުން އިންތިޒާމްކުރާ 'މީޑިއާނެޓް ވޯލްޑްކަޕް ކިކްއޮފް އިވެންޓް' ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ހުޅުމާލެ ރުއްގަނޑު ސަރަހައްދުގަ އެވެ. މިއީ މީޑިއާނެޓުން ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް ބާއްވާ މިފަދަ ދެވަނަ ހަރަކާތެވެ.

ތަފްސީލް - އެ ކުންފުނިން ބުނީ، އެ ހަރަކާތުގައި:

  • މީޑިއާނެޓްގެ ކަނެކްޝަނެއް ގަންނަ ފަރާތްތަކަށް ޑިސްކައުންޓެއް ލިބޭނެ

  • މީޑިއާނެޓްގެ ކޮންމެ ހިދުމަތަކަށް ސަބްސްކްރައިބްކޮށްގެން ކޮންމެ ހަފުތާ އެކު ނަސީބުވެރި އެއް ފަރާތަށް 10,000ރ.ގެ ފައިސާގެ އިނާމެއް ލިބޭނެ

އޭގެ އިތުރުން، އެ ހަރަކާތުގައި:

  • ކުޑަކުދިންގެ ހަވީރެއް ކުރިއަށްދިއުމަށް ހަމަޖެހިފައިވޭ

  • ތަފާތު ހަރަކާތްތަކުގައި ބައިވެރިވެ، ހަދިޔާ ލިބޭނެ

  • ރޭނގަޑު 8 އިން ފެށިގެން ބޮޑުބެރުގެ ހަރަކާތްތައް ވެސް ފެނިގެންދާނެ

އެނގުން މުހިއްމު - އަންނަ އާދީއްތަ ދުވަހު ފަށާ ވޯލްޑް ކަޕްގެ ފޯރިގަދަ ކުރުމަށް މީޑިއާނެޓުން ވަނީ މި މަހު ސޯޝަލް ސެންޓަރުގައި ވެސް 'ވޯލްޑް ކަޕް ކިކްއޮފް' އިވެންޓެއް ކުރިއަށް ގެންގޮސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް