އެމްޕީއެލްގެ ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ސީނިއަ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާއަށް، ރޭ ދިގު މުއްދަތުގައި ހިދުމަތްކުރުމުގެ އެވޯޑް ދެނީ(ފޮޓޯ/އެމްޕީއެލް)

އެމްޕީއެލް

އެމްޕީއެލްއަށް ދިގު މުއްދަތެއްގައި ހިދުމަތް ކުރި އަންހެން މުވައްޒަފުންނަށް އެވޯޑު ދީފި

އެ ހަފްލާގައި އެމްޕީއެލްއަށް ދިގު މުއްދަތަކަށް ހިދުމަތް ކޮށްދިން 12 އަންހެން މުވައްޒަފުންނަށް އެވޯޑު ދީފައިވޭ

މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްއެޕީއެލް)އަށް ގިނަ ދުވަހު ހިދުމަތްކޮށްދީފައިވާ އަންހެން މުވައްޒަފުންނާއި އެ ކުންފުނީގެ އެކި ކޮމިޓީތަކުގެ ސެކްރެޓޭރިއެޓުންނަށް ހާއްސަ އެވޯޑެއް ރޭ ދީފި އެވެ.

ވީ ކިހިނެއް؟ - ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ކްރޮސްރޯޑްސްގައި ބޭއްވި ހާއްސަ ހަފްލާއެއްގައި އެވޯޑު ލިބުނު މީހުންނަށް އެވޯޑު ހަވާލުކޮށްދެއްވީ، އެ ހަފްލާގެ ޝަރަފުވެރި މެހެމާނު، ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ.

ތަފްސީލު - ދިގު މުއްދަތަކަށް ހިދުމަތް ކުރުމުގެ އެވޯޑު ޖުމްލަ 12 މުވައްޒަފަކު ވަނީ ހާސިލުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ކުންފުންޏަށް 20 އަހަރަށް ވުރެ ދިގު މުއްދަތަކަށް ހިދުމަތް ކޮށްދީފައިވާ މުވައްޒަފުން ވެސް ހިމެނެ އެވެ.

  • އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި އެމްޕީއެލްއިން ބޭއްވި ހަފްލާގެ ތެރެއިން. (ފޮޓޯ/އެމްޕީއެލް)
  • އެމްޕީއެލްގެ އެކި ޑިޕާޓްމަންޓްތަކުގެ އިސް މަގާމުތައް އަންހެނުން އަންނަނީ ފުރަމުން (ފޮޓޯ/އެމްޕީއެލް)
  • އަންހެނުންގެ ދުވަހު އެމްޕީއެލްގެ އަންހެން މުވައްޒަފުން ބޮޑު ހިތްހަމަޖެހުމެއް ލިބުނު (ފޮޓޯ/އެމްޕީއެލް)
  • އެމްޕީއެލްގެ އެކި ދާއިރާތަކުގައި އަންހެން މުވައްޒަފުން ގިނަ (ފޮޓޯ/އެމްޕީއެލް)
  • އެމްޕީއެލް އިން އަންހެނުންގެ ދުވަސް ފާހަގަކުރީ އަގުވަޒަންކުރުމުގެ ހާއްސަ ހަފުލާއަކުން(ފޮޓޯ/އެމްޕީއެލް)

އެ ހަފްލާގައި ދިން އެންމެ ޝަރަފުވެރި އެއް އެވޯޑު ލިބުނީ އެމްޕީއެލްއަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ، އެ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ސީނިއާ ޗީފް މެނޭޖަރު ރަޒިއްޔާ މޫސާ އަށެވެ.

ދިގު މުއްދަތަކަށް ހިދުމަތް ކޮށްދިނުމުގެ އެވޯޑް ލިބުނު މީހުން:

  • ރަޒިއްޔާ މޫސާ – ސީނިއާ ޗީފް މެނޭޖަރު – ކާގޯ އޮޕަރޭޝަންސް ޑިޕާޓްމަންޓް

  • ފާތިމަތު ސާދުނާ – ސީނިއާ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް

  • ފާތިމަތު ބަދޫރާ – މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް

  • ރަހުމަތު – ސީނިއާ މެނޭޖަރު – ފައިނޭންސް ޑިޕާޓްމަންޓް

  • ފާތިމަތު އަލީ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު - އެޗް.އާރު. ޑިޕާޓްމެންޓް

  • ފާތިމަތު ނާޝިދާ – ސީނިއާ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް

  • ފާތިމަތު ނާޒިމާ – މެނޭޖަރު – މާލެ ނޯތު ހާބަރު

  • އަޒްލީމާ އަބްދުލް ސަމަދު – އެޑްމިނިސްޓްރޭޓިވް އޮފިސަރު – ސެކިއުރިޓީ، ސޭފްޓީ އެންޑް އިމަޖެންސީ ސާވިސަސް

  • އަމީޒާ އަލީ – ސީނިއާ މެނޭޖަރު - މެކޭނިކަލް އެންޑް އިލެކްޓްރިކަލް އިންޖީނިއަރިން ޑިޕާޓްމަންޓް

  • ބިޝާރާ އަބްދުލްލަތީފު – އޮފީސް އެޓެންޑެންޓް – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

  • އައިޝަތު ސުނީޒާ – ސީނިއާ މެނޭޖަރު – ހުޅުމާލެ ޓާމިނަލް އޮޕަރޭޝަންސް

  • އައިޝަތު ޝިމްލާ – އެސިސްޓެންޓް ޖެނެރަލް މެނޭޖަރު – އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓް

އެ ހަފްލާގައި ކުންފުނީގެ ސެކްރެޓޭރިއެޓުންގެ ގޮތުގައި މަސައްކަތް ކުރާ އެކި ފަރާތްތަކަށް ދިން އެވޯޑު، ހަތަރު އަންހެން މުވައްޒަފުން ވަނީ ހޯދައިފަ އެވެ. އެއީ:

  • ފާތިމަތު ސިޔާނާ - ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ކޮމިޓީ ސެކްރެޓެރީ - އެޗް.އާރު ޑިޕާޓްމެންޓް

  • މަރިޔަމް ފަރީޝާ - ޕޮލިސީ ރިވިއު ކޮމިޓީ ސެކްރެޓެރީ - އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓް

  • އައިޝަތު އަރީން އިލްޔާސް - ޑިސިޕްލެނެރީ ކޮމިޓީ އެންޑް ސެކްޝުއަލް ހެރެސްމަންޓް ކޮމިޓީ ސެކްރެޓަރީ - އެޗް.އާރު ޑިޕާޓްމެންޓް

  • ސުހާ ޝަރީފު - އިންޓަވިއު ޕެނަލް ސެކްރެޓަރީ - އެޗް.އާރު ޑިޕާޓްމެންޓް

އެ އެވޯޑްތައް ހަވާލުކޮށްދެއްވީ އެމްޕީއެލްގެ ޑެޕިއުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ އެވެ.

އެނގުން މުހިންމު - އެ ހަފްލާގައި އަންހެނުންނަށް ހާއްސަކޮށްގެން އެޕްރެންޓިސްޝިޕް ޕްރޮގްރާމެއް ވަނީ އިފްތިތާހުކޮށްފަ އެވެ. އަދި މުވައްޒަފުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ޓަކައި "ޓްރައުމާ ލީވް ޕޮލިސީ" އެއް ވެސް ވަނީ ތައާރަފުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް