Majlis 2024

ވެލާނާ އެއާޕޯޓްގައި ފްލައިޓެއް ޖައްސާފައި: ވިއްސާރަވެ ފްލައިޓްތައް ވަނީ ނުޖެއްސިފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދު)

މޫސުން

ގިނަ ފްލައިޓްތަކެއް ނުޖެއްސި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫއަރައިފި

ވަރަށް ބޮޑަށް ވައިގަދަވެ ވިއްސާރަވުމުގެ ސަބަބުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)އަށް ޖައްސަން އުޅުނު ގިނަ ފްލައިޓްތަކެއް ނުޖެއްސި އެއާޕޯޓްގެ އޮޕަރޭޝަންތަކަށް ބުރޫ އަރައިފި އެވެ.

ވީ ކިހިނެއް؟ - މިއަދު މެންދުރު ފަހު 3ގެ ފަހުން ވީއައިއޭއަށް ޖައްސަން ޝެޑިއުލްކޮށްފައި ހުރި ވަރަށް ގިނަ ފްލައިޓްތައް އެއާޕޯޓް ނުޖެއްސި ވައިގެ ތެރޭގައި މަޑު ކުރަން ޖެހުނެވެ. އެ ގޮތުން ހަތަރު ފްލައިޓެއް ނުޖެއްސި ވައިގެ ތެރޭގައި މަޑު ކުރަން ޖެހުނެވެ. އެގޮތުން ނުޖެއްސުނު ފްލައިޓްތަކަކީ:

  • އިންޑިގޯ

  • ފްލައިދުބާއީ

  • އެމިރޭޓްސް

ބުނީ ކީކޭ؟ - ވީއައިއޭގެ އޮފިޝަލަކު ވިދާޅުވީ ބޯޓުތައް ނުޖެއްސިގެން އުޅެނީ އެއާޕޯޓަށް ވަރަށް ބޮޑަށް ވައިގަދަވުމުގެ ސަބަބުން ކަމަށެވެ. އަދި މި ވަގުތަކީ ގިނަ ފްލައިޓްތައް ޖައްސާ ވަގުތަކަށް ވާތީ ފްލައިޓްތައް ޑިލޭވެ އުނދަގޫތަކާ ކުރިމަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ މޫސުން:

  • ބޯކޮށް ވާރޭވެހި، ގަޑިއަކު 25 މޭލާއި 30 މޭލު ބާރުމިނުގައި އަންނަނީ ވައިޖެހެމުން

  • ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ

  • ކަނޑުތައް ވަރަށް ގަދަވާނެ

އިތުރު އާޓިކަލް

އިތުރު އާޓިކަލް