ފޭދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކުރަނީ. (ފޮޓޯ/ޕްލޭނިން މިނިސްޓްރީ)

ސ. ފޭދޫ

ފޭދޫގައި 75 ހައުސިން ޔުނިޓު އަޅަން 121 މިލިއަނަށް އެސްޖޭއާ ހަވާލުކޮށްފި

އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށް

އައްޑޫ ފޭދޫގައި 75 ޔުނިޓު އަޅަން ޖުމްލަ 121.5 މިލިއަން ރުފިޔާއަށް އެސްޖޭ ކޮންސްޓްރަކްޝަންއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފޭދޫގައި ހައުސިން ޔުނިޓު އެޅުމުގެ އެއްބަސްވުމުގައި އެސްޖޭ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ.

ތަފްސީލް - މިއީ:

  • ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގާ މަޝްރޫއެއް 

  • އެއް އަހަރުގެ ތެރޭގައި ނިންމަން ޖެހޭ

ފޭދޫގައި 75 ހައުސިން ޔުނިޓު އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނު ކުރީ މިދިޔަ އޭޕްރީލް މަހު އެވެ. 

ގުޅުން ހުރި ކަމެއް - ފޭދޫގައި 75 ހައުސިން ޔުނިޓު އަޅަން އެސްޖޭއާ ހަވާލުކުރި އިރު، އެ ރަށުން ދޫކުރާ 1،500 އަކަފޫޓުގެ 300 ގޯއްޗަށް ކުރިމަތިލާން މިދިޔަ ހޯމަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް