ދައުރު ޑެއިލީ ޕޮޑްކާސްޓުގެ ކަވަރު

ގުރައިދޫ މަރުކަޒުގެ ހާލަތު

13 އޮކްޓޯބަރު 2022

'ދައުރު ޑެއިލީ' ޕޮޑްކާސްޓަކީ ހަފުތާ ބަންދު ނޫން ކޮންމެ ދުވަހަކު ގެނެސްދޭ ޕޮޑްކާސްޓެކެވެ. މި ޕޮޑްކާސްޓްގައި ބަލާލާނީ އެ ދުވަހެެއްގައި ހުރި މައުލޫތަކުގެ ތެރެއިން މުހިންމު މައްސަލައެއްގެ މައްޗަށެވެ. މި ޕޮޑްކާސްޓް ހޮސްޓް ކުރާނީ 'ދައުރު'ގެ މެނޭޖިން އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) އެވެ. ޒާހިރާއެކު އެ ދުވަހެެއްގެ މައުލޫއެއްގައި ވާހަކަ ދައްކާނީ މި ނޫހުގެ ސީނިއާ އެއް އެޑިޓަރަކު ނޫނީ ޖާނަލިސްޓެކެވެ.

މިއަދުގެ ޕޮޑްކާސްޓުގައި ވާހަކަދައްކާނީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭވަރުގެ ބަލިމީހުންނަށް އަޅާލާ ފަރުވާދިނުމަށް ދައުލަތުން ގާއިމްކޮށްފައިވާ މަރުކަޒެއްގައި ކޮންމެހެން ހުންނަންޖެހޭނެ އަސާސީ ގިނަ ހިދުމަތްތަކެއް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ނެތް ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ބުނުމާ ގުޅޭ ގޮތުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް