ލ. އަތޮޅުގެ ފަސް ރަށެއް ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން (ފޮޓޯ/ ޕްލޭނިން މިނިސްޓްރީ)

އެމްޓީސީސީ

ލ. އަތޮޅުގެ 5 ރަށެއް ކޯޒްވޭއަކުން ގުޅާލަން ހަވާލުކޮށްފި

ކޯޒްވޭއަކުން ގުޅާލަނީ ލ. ހިތަދޫ، މެންދޫ އަދި ކުނަހަންދޫގެ އިތުރުން، ކަލައިދޫ އަދި ދަނބިދޫ
22 ޖެނުއަރީ 2023

ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު، ޖުމްލަ 236.2 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ލ. އަތޮޅުގެ ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލާ ދެ މަޝްރޫއެއް އެމްޓީސީސީއާ ހަވާލުކޮށްފައިވެ އެވެ. އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ:

  • މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގު

  • އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

ތަފްސީލް - އެމްޓީސީސީއާ ހަވާލުކުރި މަޝްރޫއުތަކުގެ ދަށުން، ލ. އަތޮޅުގައި ކޯޒްވޭއަކުން ގުޅާލަނީ:

  • ލ. ހިތަދޫ، މެންދޫ އަދި ކުނަހަންދޫ

  • ލ. ކަލައިދޫ އަދި ދަނބިދޫ

ލ. ހިތަދޫ، މެންދޫ އަދި ކުނަހަންދޫ 

  • މިއީ 81.2 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

  • މި މަޝްރޫއު ހަވާލުކުރީ 500 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ލ. ކަލައިދޫ އަދި ދަނބިދޫ

  • މިއީ 155 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

  • މި މަޝްރޫއު ހަވާލުކުރީ 550 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

އެނގުން މުހިއްމު - ލ. އަތޮޅުގައި ފަސް ރަށެއް ކޯޒްވޭއަކުން ގުޅާލުމަށް މިއަދު ހަވާލުކުރިއިރު، އެ އަތޮޅުގެ ހަ ރަށެއްގެ މެދުގައި ތިން ކޯޒްވޭއެއް އެޅުމަށް ތިމާވެއްޓަށް ކުރާ އަސަރު ދެނެގަންނަ ރިޕޯޓު (އީއައިއޭ) ހަދަން 2019ގައި ޕްލޭނިން އިން ހަވާލުކުރި އެވެ. އޭރު ކޯޒްވޭ އަޅަން ނިންމީ:

  • ލ. މެންދޫ އާއި ލ. ހިތަދުއާ ދެމެދު

  • ލ. ކަލައިދޫ އާއި ލ. ދަނބިދުއާ ދެމެދު

  • ލ. ކުނަހަންދޫ އާއި ލ. މެންދުއާ ދެމެދު

ފާހަގަކޮށްލެވޭ ކަމެއް - 2019ގައި އީއައިއޭ ހަދަން ހަވާލުކުރި އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޓީސީސީއާ ސަރުކާރުން ހަވާލުކުރިއިރު، ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޕްރައިމަރީއަށް ބާކީ އޮތީ އެންމެ ފަސް ދުވަހެވެ. ޕްރައިމަރީއާ ދިމާކޮށް ސަރުކާރުން ދަނީ އިތުރު މަޝްރޫއުތައް ވެސް އިއުލާނުކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް