Majlis 2024

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާ ދެކޮޅަށް އަޑުއުފުލި މީހުން.

ބިރުވެރިކަން އުފެދި ބައެއް ޔޯގާ ކްލާސްތައް މެދުކަނޑާލައިފި

ސޯޝަލް މީޑިއާގައި ހިންގާ ޔޯގާ ޕޭޖުތަކަށް އިންޒާރުގެ މެސެޖުތައް ފޮނުވާ ކަމަށް ވެސްވޭ

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސްއަޅައި ހިންގި ހަމަނުޖެހުމާ ގުޅިގެން، މާލޭގައި ހިންގާ ބައެއް ޔޯގާ ކްލާސްތައް މެދުކަނޑާލައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ޔޯގާ ދުވަހުގެ ހަރަކާތަށް ބަޔަކު ވަދެގަތީ ޔޯގާ އަކީ ޝިރުކުގެ އަމަލެއް ކަމަށް ބުނެ އެވެ. ދަނޑުގައި ހަމަނުޖެހުން ހިންގައި ޔޯގާ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީ ތަކެއްޗަށް ވެސް ގެއްލުން ދިނެވެ.

ތަފްސީލް - މާލޭގައި ޔޯގާ ކްލާސްތައް ހިންގާ ބައެއް ފަރާތްތަކުން، ނަން ނުޖެހުމަށް އެދި 'ދައުރު'އަށް މިއަދު ބުނި ގޮތުގައި، އަންގާރަ ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމާ ހެދި އެ މީހުން ވަނީ ކްލާސްތައް މެދުކަނޑާލައިފަ އެވެ. ކްލާސްތައް މެދުކަނޑާލީ، އެ ފަރާތްތަކުން ކިޔައިދިން ގޮތުގައި، އެ މީހުންގެ ކްލާސްތަކަށް ވަދެ އެފަދަ ހަމަނުޖެހުމެއް ހިންގައިފާނެތީ އެވެ.

އޭގެ އިތުރުން، ޔޯގާ ކްލާސްތައް ހިންގާ ބައެއް މީހުންގެ ސޯޝަލް މީޑިއާ ޕޭޖުތައް މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ފޮނުވާ ކަމަށް ވެސްވެ އެވެ. އިންސްޓަގްރާމްގައި ހިންގާ ބައެއް ޔޯގާ ޕޭޖުތައް މިހާރު ވަނީ 'ޕްރައިވެޓް' ވެސް ކޮށްފަ އެވެ.

އެނގުން މުހިންމު - ޔޯގާއާ ދެކޮޅަށް ހަމަނުޖެހުމެއް ހިންގި އިރު، ގިނަ އަދަދެއްގެ ދިވެހި ޔޯގާ އިންސްޓްރަކްޓަރުން މާލޭގައި ގަވައިދުން ޔޯގާ ކްލާސްތައް ކުރިއަށް ގެންދެ އެވެ.

ގަލޮޅު ދަނޑުގައި ހިންހި ހަމަނުޖެހުމާ ގުޅިގެން މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައި ވާއިރު، އެއީ އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގި ނުރައްކާތެރި އަމަލެއް ކަމަށް ކަމާ ބެހޭ ހުރިހާ އިދާރާއަކުން ވެސް ވަނީ ބުނެފަ އެވެ.

ކޮމެންޓް (3)

މުޙައްމަދު

23 ޖޫން 2022
ޔޯގާ އަކީ ފައިދާ ބޮޑު ކަސްރަތެއް.
2 2

ހިތަދޫ 2

23 ޖޫން 2022
މާ މައްޗަށް ތިދަނީ، ފުރަތަ އިސްތިހާރު ކޮއްގެން ހިނގާ ނާސިގެތަށް ހުއްޓުވަބަލަ ތިހާ ދީނަށް އުޅެންޔާ، ކަލޭމެން މިހާރު ސިޔާސި މަގްސަދެއްގަ މީހެއްގެ އަވައިގަ ޖެހިގެން އަތުން ފައިން ގޯސްތިހެދެނީ. ވަރަށް ހިތިވާނެ ނަތީޖާ. އަހަރެމެންވެސް މީ މުސްލިމުން، އަހަރެމެނަށްވެސް ނުކުމެވޭނެ އަމިއްލަ ދިފާއުގަ އަދި ދީނުގެ ދިފާއުގަ.
2 2

ޙާމިންް

23 ޖޫން 2022
@ހިތަދޫ 2 އެހެންތަ ކަލޭތީ މުސްލިމެއްދޯ. މަހީކުރީ ކާފަރެއް ކަމަށް.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް