މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް ސޯލިހު. (ފޮޓޯ/ރައީސް އޮފީސް)

25 ގައުމަކުން ބައިވެރިވާ ބައިނަލްއަގުވާމީ ބެޑްމިންޓަން މުބާރާތް ފަށައިފި

18 އޮކްޓޯބަރު 2022

ބެޑްމިންޓަން ވޯލްޑް ފެޑަރޭޝަން (ބިޑަބްލިއުއެފް)ގެ ކޮންޓިނެޓަން ސާކިޓުގައި ހިމެނޭ 'މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު' މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި މުބާރާތް ފެށުން ފާހަގަގަކުރުމަށް މާލޭ ކުޅިވަރު އެކުވެނި، ބެޑްމިންޓަން އިންޑޯ ހޯލްގައި މިއަދު ހެނދުނު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެ ރަސްމިއްޔާތަށް ފަހު ރައީސް ސޯލިހު ވަނީ، މުބާރާތުގެ ބައެއް މެޗުތައް ވެސް ބައްލަވާލައްވާފަ އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ ރައީސް އޮފީސް)
މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖުގެ މުބާރާތްތައް ފަށައިގެން ކުރިއަށްދަނީ. (ފޮޓޯ/ ރައީސް އޮފީސް)

ތަފްސީލް - މި އަހަރު ރާއްޖޭގައި ބާއްވާ ބައިނަލްއަގުވާމީ ހަތް ވަނަ މުބާރާތް ކަމަށްވާ 'މޯލްޑިވްސް އިންޓަނޭޝަނަލް ޗެލެންޖު" އަކީ:

  • މިއަދުން ފެށިގެން އަންނަ އާދީއްތަ ދުވަހަށް މެޗުތައް ކުރިއަށްދާނެ

  • 25 ގައުމަކުން 200އަށް ވުރެ ގިނަ ކުޅުންތެރިން ބައިވެރިވޭ

  • ބެޑްމިންޓަންގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިން ވެސް ބައިވެރިވޭ

  • މި މުބާރާތުގެ ކުރިން ބޭއްވި އަތޮޅު މުބާރާތުގެ ސްޕޮންސަރެއްގެ ގޮތުގައި ލިޓަސް އިން ހަރަކާތްތެރިވެފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް