Majlis 2024

'އާރްއާރްއާރް' އިން ޖަޕާނުގައި 'ބާހޫބަލީ'ގެ މައްޗަށް ކުރި ހޯދައިފި

ޖަޕާނުގެ 44 ސިޓީއެއްގެ 200 އަށް ވުރެ ގިނަ ސްކްރީނުގައި ފިލްމު އެޅުވި އިރު މިއީ މިހާ ފުޅާކޮށް އެ ގައުމުގައި އިންޑިއާގެ ފިލްމެއް އެޅުވި ފުރަތަމަ ފަހަރު
27 ނޮވެމްބަރު 2022

އެސްއެސް ރާޖުމޯލީގެ ފިލްމު 'އާރްއާރްއާރް' އިން ޖަޕާނުގައި 'ބަހޫބަލީ 2' ގެ މައްޗަށް ކުރި ހޯދައިފި އެވެ.

ޖަޕާނުގައި މިހާތަނަށް އިންޑިއާގެ ފިލްމަކަށް އެންމެ ބޮޑު ތަރުހީބެއް ލިބުނީ 'ބާހޫބަލީ 2' އަށެވެ. އެކަމަކު މި ފަހުން އެޅުވި 'އާރްއާރްއާރް' އިން ވަނީ 'ބާހޫބަލީ 2'ގެ ރެކޯޑު މުގުރާލައިފަ އެވެ.

ރިޕޯޓުތައް ބުނާގޮތުން 'އާރްއާރްއާރް' އަށް 300 ޖަަޕަނީޒް ޔެން (17.9 ކްރޯޑު ރުޕީސް)ގެ އާމްދަނީއެއް ލިބިފައިވެ އެވެ. އެ ފިލްމު ޖަޕާނުގައި ރިލީޒް ކުރީ އޮކްޓޯބަރު 21 ވަނަ ދުވަހު އެވެ.

ޖަޕާނުގެ 44 ސިޓީއެއްގެ 200 އަށް ވުރެ ގިނަ ސްކްރީނުގައި ފިލްމު އެޅުވި އިރު މިއީ މިހާ ފުޅާކޮށް އެ ގައުމުގައި އިންޑިއާގެ ފިލްމެއް އެޅުވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

'އާރްއާރްއާރް' ޖަޕާނުގައި އެޅުވީ އެ ގައުމުގައި ފިލްމު ޕްރޮމޯޓު ކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް ފަހު އެވެ. 

މި އަހަރުގެ މާޗު މަހު އެޅުވި އެ ފިލްމަށް ޖުމްލަ ލިބުނު އާމްދަނީ 1،000 ކްރޯޑު ރުޕީސް ފަހަނަޅާފައިވާއިރު ބައެއް ގައުމުތަކުގައި ދެވަނަ ފަހަރަށް ވެސް އެ ފިލްމު ސިނަމާތަކުގައި އަޅުވާފައިވެ އެވެ.

'އާރްއާރްއާރް' އަކީ އިންޑިއާ ދެ ބައި ކުރުމުގެ ކުރީގެ ހިޔާލީ ކަންތައްތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް